Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ އެވޯޑު

އަހަރުގެ އެންމެ މޮޅު ކޯޗަކަށް އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި ސްކަލޯނީ

އޭނާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އިން ވަނީ ކޮޕަ އެމެރިކާ މުބާރާތައި، ފައިނަލިސިމާގެ އިތުރުން ވޯލްޑް ކަޕް ކާމިޔާބުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ފެބުރުއަރީ 2023 | އަންގާރަ 02:20
ފީފާ ބެސްޓް އެވޯޑުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު ސްކަލޯނީ

ފީފާ ބެސްޓް އެވޯޑުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު ސްކަލޯނީ

ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗަކަށް އާޖެންޓީނާގެ ލިއޮނަލް ސްކަލޯނީ ހޮވިއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުރިއަށް ދިޔަ އެވޯޑު ހަފްލާގައި ސްކަލޯނީ މި އެވޯޑު ހާސިލްކުރީ ސްޕެއިންގެ ޕެޕް ގާޑިއޯލާ އާއި އިޓަލީގެ ކާލޯ އަންޗެލޮޓީ ފަހަތަށް ޖައްސައިލުމަށްފަހު އެވެ. އުމުރުން 44 އަހަރުގެ ސްކަލޯނީ ވަނީ އާޖެންޓީނާއާއެކު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ވޯލްޑް ކަޕާ ހަމައަށް އައި އިރު، އާޖެންޓީނާ ވަނީ ބަލިނުވެ 36 މެޗު ހަމަކޮށްފަ އެވެ. ނަމަވެސް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިޔާ އަތުން ބަލިވުމުން، އިޓަލީން ޤާއިމުކޮށްފައިވާ ރެކޯޑު މުގުރާލެވޭ ގޮތެއް ނުވި އެވެ. އާޖެންޓީނާގެ ކޯޗުކަމާ ސްކަލޯނީ ހަވާލުވި ފަހުން އެ ޓީމުން އައީ ރަނގަޅު ނަތީޖާތެއް ވެސް ނެރެމުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އިން ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ކޮޕަ އެމެރިކާ މުބާރާތާއި ފައިނަލިސިމާގެ އިތުރުން ވޯލްޑް ކަޕް މުބާރާތެވެ. މިއީ ސްކަލޯނީ މިއެވޯޑުގެ ގަދަ ތިނެއްގައި ވެސް ހިމެނުނު ފުރަތަމަ ފަހަރެވެ. ގަދަ ތިނެއްގައި ހިމެނުނު ގާޑިއޯލާ ވަނީ މީގެ ކުރިން ދެ އަހަރަކު މި އެވޯޑުގެ ގަދަ ތިނެއްގައި ހިމެނިފަ އެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ކޯޗުކަމުގެ މަގާމު އިންގްލެންޑު ޤައުމީ ޓީމުގެ ކޯޗު ސަރީނާ ވިއެމަން ހޯދީ ލިއޯންގެ ސޯނިއާ ބޮމްޕަސްޓޯ އާއި ބްރެޒިލް ޤައުމީ ޓީމުގެ ޕިއާ ސުންދޭގާ ވާދަކޮށެވެ. މިއީ ސަރީނާ ވިއެމަން މި އެވޯޑު ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. މިއީ ސޯނިއާ ބޮމްޕަސްޓޯ މި އެވޯޑުގެ ގަދަ ތިނެއްގައި ހިމެނުނު ފުރަތަމަ ފަަހަރެވެ. ޕިއާ ސުންދޭގް ވަނީ 2016 ވަނަ އަހަރު އޮތް އެވޯޑުގެ ގަދަ ތިނެއްގައި ހިމެނިފަ އެވެ.

ފީފާދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްލިއޮނަލް ސްކަލޯނީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު