Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިސޯޓު މުވައްޒަފުން

ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!

ބައެއް ރިސޯޓުތަކުގައި ކޮންމެ ދުވަހަކު ތުނބުޅި ބާލަން މަޖުބޫރު ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2023 | ހޯމަ 14:08
ރިސޯޓު މުއައްޒަފެއް--

ރިސޯޓު މުއައްޒަފެއް--

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހި ފިރިހެން މުވައްޒަފުންގެ ޒަމާންވީ އެއް ޝަކުވާއަކީ ކޮންމެ ދުވަހަކު ތުނބުޅި ބާލަން ޖެހުމެވެ. ޑިއުޓީއަށް ނުކުތުމުގެ ކުރިން ކްލީން ޝޭވް ކުރަން ޖެހޭ ގޮތަށް ގިނަ ރިސޯޓުތަކުން މުވައްޒަފުންނަށް މަޖުބޫރު ކުރުމެވެ. ހުރިހާ މުވައްޒަފުން ވެސް އެދެނީ މިކަމަށް ހައްލެކެވެ. މިކަމާ ގުޅިގެން މިހާރު ރިސޯޓު މުވައްޒަފުންގެ ފަރާތުން ވަނީ ސަރުކާރަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.

މި މައްސަލައާ ގުޅިގެން "ރާއްޖެ އެމްވީ" އިން ވަނީ ބައެއް ރިސޯޓު މުވައްޒަފުންނާ ވާހަކަދައްކާފައެވެ. ކޮންމެ މުވައްޒަފަކު ވެސް ބުނަނީ މިއީ މިހާރު ދުނިޔޭގެ ޓްރެންޑުތައް ދާ ގޮތަށް ބަލާއިރު ބަދަލު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖޭގެ ގިނަ ރިސޯޓުތަކުން ތުނބުޅި ބާލަން މަޖުބޫރު ކުރަނީ ފަތުރުވެރިންގެ ހިތުގައި ބިރުވެރިކަން އުފެދިދާނެ ކަމަށް ބަލައެވެ. އެއީ ހުޅަނގުގެ ގިނަ ޤައުމުތަކުގައި ތުނބުޅި ބަހައްޓާ މީހުން ސިފަ ކުރަނީ "ޓެރަރިސްޓުން" ނުވަތަ ނުރައްކާތެރި މީހެއްގެ ގޮތުގައި ކަމަށްވާތީއެވެ. މިއީ ތުނބުޅިއާ ގުޅޭގޮތުން އެ މުވައްޒަފުން ސުވާލު އުފައްދާ ކޮންމެ ފަހަރަކު މެނޭޖްމަންޓުން އަންނަ ޖަވާބެވެ.

މީގެ ކުރިން މި ހާލަތު އޮތް ނަމަވެސް މިހާރު ހާލަތު މިވަނީ ބަދަލުވެފައެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ތުނބުޅި ބެހެއްޓުން ވަނީ ފެޝަނަކަށް ވެސް ވެފައެވެ. މިއާއެކު ހުޅަނގުގެ ޤައުމުތަކުން ގެންގުޅުނު ވިސްނުން ވެސް އަންނަނީ ބަދަލުވަމުންނެވެ.

ރިސޯޓު މުވައްޒަފަކު ބުނި ގޮތުގައި އޭނާއާ ދިމާވާ ބައެއް ފަތުރުވެރިން ރާއްޖޭގެ އެހެން ފިރިހެނުން ތުނބުޅި ބަހައްޓާއިރު އޭނާ މަސައްކަތް ކުރާ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި ފިރިހެން މުވައްޒަފުން ތުނބުޅި ނުބަހައްޓާ ސަބަބު އަހައެވެ. އަދި ސަބަބު ކިޔައިދިނުމުން އެއީ ކުރީގެ ވިސްނުމެއް ކަމަށާއި މިހާރު އެހެންދެކޭ މީހުން ވަރަށް މަދުވާނެ ކަމަށް އެ ފަތުރުވެރިން ބުނާ ކަމަށް ވެސް އޭނާ ބުންޏެވެ.

ބައެއް ރިސޯޓުތަކުގައި ތުނބުޅިއާ ގުޅިގެން ހަރުކަށި ގަވާއިދުތަކެއް ގެންގުޅެއެވެ. އެގޮތުން، އެންމެ އިސްތައްޓެއް ވެސް ފެންނަން ހުރުމަކީ މައްސަލައެއް ކަމަށް ދެކޭ ރިސޯޓުތައް ވެސް އެބަހުއްޓެވެ. އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންމެ ދުވަހެއްގެ ޝިފްޓަށް ނުކުތުމުގެ ކުރިން ޝޭވް ކުރަން އޮންނަނީ މަޖުބޫރު ކޮށްފައެވެ.

މިފަދަ ރިސޯޓުތައް ރާއްޖޭގައި ގިނަ ނަމަވެސް މަޑުމަޑުން ބަދަލުތައް އަންނަނީ ފެންނަމުންނެވެ. ރާއްޖޭގައި މިހާރު ތުނބުޅި ބަހައްޓަން ހުއްދަ ދޭ ރިސޯޓުތައް ވެސް އެހުއްޓެވެ. ނަމަވެސް ތުނބުޅި ބެހެއްޓޭނީ ވަކި ޝަރުތުތަކާއެކުގައެވެ. އެއީ ތުނބުޅި ރީއްޗަށް ގްރޫމް ކޮށްފައި ބެހެއްޓުމެވެ. މިއީ ރިސޯޓު މުވައްޒަފުން ވެސް ގަބޫލު ކުރާ ޝަރުތެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހަކީ ވެސް ރީއްޗަށް ހެދުންއަޅައިގެން ތިބެން ޖެހޭ ބަޔަކަށްވާއިރު ތުނބުޅިވެސް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގެ ތެރޭގައެވެ. އެގޮތުން، މާދިގުނުކޮށް، ރީއްޗަށް ފުނާ އަޅާފައި ބަހައްޓަން ބުނުމަކުން ގޯހެއް ނެތް ކަމަށް ރިސޯޓު މުވައްޒަފުން ދެކެއެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި ފިރިހެން މުވައްޒަފުން ގަބޫލު ކުރާ ގޮތުގައި މި ޝަރުތުތަކާއެކު ވެސް މިހާރު ރާއްޖޭގެ ހުރިހާ ރިސޯޓަކުން މުވައްޒަފުންނަށް ތުނބުޅި ބަހައްޓަން ހުއްދަ ދޭން ޖެހެއެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދީފައިވާ ރިސޯޓުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ބްރޭންޑުތަކުން ހިންގާ ރިސޯޓުތައް ހިމެނެއެވެ. އެ ފަރާތްތަކުން އެގޮތަށް ނިންމާނީ އެފަދަ ފިޔަވަޅަކުން ރިސޯޓަށް ގެއްލުން ނުވާނެ ކަމަށް ބަލައިގެން ކަން ޔަގީނެވެ. އެހެންކަމުން ދިވެހި ކުންފުނިތަކުގެ ރިސޯޓުތަކުން އިސްވެ ކުރީގެ މި ގަަވާއިދު ބަދަލު ކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ރިސޯޓު މުވައްޒަފުން ގަބޫލުކުރެއެވެ.

ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފައިވާ ގޮތުގައި މީގެ ކުރިން ރާއްޖޭގެ ރިސޯޓް މުވައްޒަފުންނަށް ހިންގި ސާވޭއެއްގައި ދައްކާ ގޮތުން 97 އިންސައްތަ ރިސޯޓް މުވައްޒަފުން ތުނބުޅި ބަހައްޓަން ބޭނުންވެއެވެ. މި ސާވޭގައި 7000 މުވައްޒަފުން ބައިވެރިވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަންފީޗަރ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު