Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫމަޑި މައްސަލަ

މުއިއްޒުއަށް ކުރާ ދައުވާއާ ގުޅިގެން ހެކިބަސް ނެގުން ކުރިއަށް

ދައުލަތުން ވަނީ އެ ހެކިވެރިޔާގެ ކްރެޑިބިލިޓީއާ ގުޅޭގޮތުން ސުވާލުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ފެބުރުއަރީ 2023 | ހޯމަ 11:12
ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

ނޫމަޑި މައްސަލާގައި ދޮގު ބަޔާނެއް ދެއްވާފައިވާތީ, ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހު ހާޒިރުވި ހެކިވެރިޔާ ވަނީ މުއިއްޒުގެ ސޮޔާ ބެހޭގޮތުން ހެކިބަސް ދީފައެވެ. އެގޮތުން އެ ހެކިވެރިޔާގެ ކުރިމަތީގައި ޑރ. މުއިއްޒު ކުރައްވާފައިވާ ސޮއިތަކާ ގުޅޭގޮތުން ހެކިބަސް ދީ، މުއިއްޒުގެ ސޮއި އަޅައިކިޔާފައިވެއެވެ. އެގޮތުން ދެ ލިއުމެއްގައިވާ ދެ ސޮޔެއް ތަފާތުކަން އެ ހެކިވެރިޔާ ވަނީ ފާހަގަކޮށްފައެވެ.

އެ ހެކިވެރިޔާއަކީ މީގެ ކުރިން ކޯޓަށް ހެކިބަހެއް ދިނުމަށް ހާޒިރުވި ފަރާތެއްނޫނެވެ. ވީއިރު މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުގެ ފޯލިއޯ ނަންބަރު ފަދަ މައުލޫމާތުތައް ހެކިވެރިޔާއަށް އެނގެނީ ކީއްވެތޯއާއި، ދިފާއުން ހެކިވެރިޔާއާ ބައްދަލުކުރީތޯ ދައުލަތުން ސުވާލުކުރިއެވެ. ނަމަވެސް އެ ހެކިވެރިޔާ ބުނެފައިވަނީ އޭނާ މީގެ ކުރިން މުއިއްޒުގެ ވަކީލުންގެ ޓީމާ ބައްދަލުވެފައި ނުވާނެކަމަށެވެ.

ދައުލަތުން ވަނީ އެ ހެކިވެރިޔާގެ ކްރެޑިބިލިޓީއާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

ދައުލަތުން އިތުރަށް ކުރި ސުވާލުތަކުގެ ޖަވާބުދެމުން ހެކިވެރިޔާ ބުނީ، ޑރ. މުއިއްޒު ގުޅުއްވިކަމަށާއި، އޭނާއާ ގުޅޭ މައްސަލައެއްގައި ހެކިބަހެއް ދޭން ޖެހިދާނެކަމަށް މުއިއްޒު ވިދާޅުވި ކަމަށެވެ.

މިދިޔަ ހަފުތާގައި މުއިއްޒު ގުޅުއްވިކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނީ، ޑރ. މުއިއްޒު ސޮއިކުރައްވާނީ ކަނާތުން ވާތަށް ކަމަށެވެ. ދެ ސޮޔަށް ބަލާއިރު އެއް ސޮއިގެ ރޮނގުތައް ފަލަކަމަށާއި، އަނެއް ސޮއިގެ ރޮނގުތައް ހިމަކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ނަމަވެސް ދައުލަތުން ވަނީ، ބޭނުންކުރާ ގަލަމުގެ ސަބަބުންވެސް ސޮޔަށް އެފަދަ ބަދަލެއް އަތުވެދާނެ ނޫންތޯ ސުވާލުކުރައްވާފައެވެ.

ހެކިވެރިޔާ ބުނީ، މި މައްސަލައާ ގުޅޭ މައުލޫމާތު ލިބެނީ މީޑިއާ މެދުވެރިކޮށް ކަމަށެވެ. އެނޫން ވަސީލަތެއް މެދުވެރިކޮށް މި މައްސަލައާ ގުޅޭ މައުލޫމާތެއް ލިބިފައިނުވާކަމަށް ހެކިވެރިޔާ ބުންޏެވެ.

އެ ހެކިވެރިޔާ ހާޒިރުކުރި ކަންކަން ދިފާއަށް އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދެވިފައިވާތީ، މުއިއްޒުގެ ސޮޔާ ބެހޭގޮތުން ހެކިބަސް ނެގުމަށް ދިފާއުން ދެން ހުށަހެޅި ހެކިވެރިޔާގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ޕްރޮޖެކްޓުތަކުގެ ޝެޑިއުލާ ގުޅޭގޮތުންވެސް ދިފާއީ ހެތްކެއްގެ ހެކިބަސް ނަގާފައިވެއެވެ. އެގޮތުން އާންމު އުސޫލުން، މައްސަލަތައް ލަސްވާ ހާލަތްތަކުގައި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ ދަށުން އަމަލުކުރާ ގޮތް އެ ހެކިވެރިޔާ ވަނީ ކިޔައިދީފައެވެ.

އޭނާއަކީ މިހާރު މާލެ ސިޓީ ކައުންސިލުގެ ކޮންސަލްޓަންޓެކެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި)ން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލާގައި، އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން، ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވިކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި ނޫމަޑިއަށް ލަގްޜަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ، އެކަމުގައި ދޮގު ބާޔަނެއް ދެއްވާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ނޫމަޑި މައްސަލަ ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު