Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިއާއުގެ މަރު

ޝިއާއުގެ މަރު: ޝާހިލް އިއުތިރާފެއް ނުވޭ، ވާހަކައެއްވެސް ނުދައްކާ

ޝިއާއުގެ މަރުގެ ތަހުގީގުވެސް ވަރަށް ދިގުލައިގެން ދިޔަ

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 26 ފެބުރުއަރީ 2023 | އާދީއްތަ 11:44
ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް

ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް

މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަވަނަ ދުވަހު މާލޭގެ އެޕާޓްމެންޓެއް ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ތުހުމަތުކުރެވޭ އަލީ ސާހިލް، 23 އެކަމަށް އިއުތިރާފްވެފައި ނުވާކަމަށާއި ޝަރީއަތުގައި ވާހަކަވެސް ނުދައްކާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ޝިއާއުގެ މަރުގެ ތުހުމަތުކުރެވޭ ޝާހިލް އެ ކަމަށް އިއުތިރާފްވެފައި ނުވާކަމަށާއި ޝަރީއަތުގައި ވާހަކަވެސް ދައްކާފައި ނުވާކަމަށެވެ. އަދި އެ މައްސަލަ އޮތީ އަދި ފުރަތަމަ މަރުހަލާގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހ. ޝީރީންވިލާގޭގެ ނުވަވަނަ ބުރީގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ޝިއާއު ފެނުނުއިރު، ހަމަ އެރޭ ކުށުގެ ވެށިން ހައްޔަރުކުރީ ޒުވާން ސްކޭޓަރު ސާހިލްއެވެ. އޭނާގެ މައްޗަށް ފަސް ދައުވާއެއް ކުރުމަށް ޕީޖީ އޮފީހުން ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައި ވަނީ ނިންމާފައެވެ.

އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އާއިލާއަށް އިހުތިރާމްކުރުމަށް ކަމަށް ބުނެ، ބާކީ ދެ ދައުވާގެ ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ.

ޝިއާއުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެކެވެ. އެ މައްސަލަ ދައުވާކުރުމަށް ފޮނުވަންވެސް ގިނަ ދުވަސްތަކެއް ނެގިއެވެ. ފުލުހުން އޭރު ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވީ ޝިއާއު މަރާލި "މޯޓިވް" ނުހޯދިގެން ކަމަށެވެ. ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އޭނާ މަރުވެފައިވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި މަރުވި ފަހުންވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށްވެސް ފުލުހުން އޭރު ވަނީ ބުނެފައެވެ.

ޝިއާއުގެ މަރަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި މަރެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ އެ ކުށުގެ ތުހުމަތު ކުރެވޭ ޝާހިލްގެ އެޕާޓްމަންޓުންނެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޮތީ ބޮލާއި އަތާއި ފައިވެސް ބުރިކޮށްލާފައެވެ.

މަރު

އިތުރަށް ކިޔާލަން

17 ޖުލައި 2025

އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަނީ

17 ޖުލައި 2025
އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަނީ
24 ޑިސެމްބަރު 2023

ނަދީމްގެ މަރު: ތުހުމަތުވާ އެންމެންގެ ކިބައިން މުޖުތަމައަށް އޮތް ނުރައްކާ ވަކިވަކިން ކިޔާދީފި

24 ޑިސެމްބަރު 2023
ނަދީމްގެ މަރު: ތުހުމަތުވާ އެންމެންގެ ކިބައިން މުޖުތަމައަށް އޮތް ނުރައްކާ ވަކިވަކިން ކިޔާދީފި
10 ޑިސެމްބަރު 2023

މާފަންނު ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި މައްސަލަ: ފައިހްއާއި އިތުރު މީހަކަށް ދައުވާކޮށްފި

10 ޑިސެމްބަރު 2023
މާފަންނު ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި މައްސަލަ: ފައިހްއާއި އިތުރު މީހަކަށް ދައުވާކޮށްފި
10 ޑިސެމްބަރު 2023

18 އަހަރުނުވާ ކުއްޖަކު ވިހެއުމުން، ވިހެއި ތުއްތު ކުއްޖާ މަރާލި މައްސަލަ: އެކަކު ދައުވާއަށް އިންކާރުކޮށްފި

10 ޑިސެމްބަރު 2023
18 އަހަރުނުވާ ކުއްޖަކު ވިހެއުމުން، ވިހެއި ތުއްތު ކުއްޖާ މަރާލި މައްސަލަ: އެކަކު ދައުވާއަށް އިންކާރުކޮށްފި
30 ނޮވެމްބަރު 2023

ޝިއާއުގެ މަރުގެ ދައުވާ އުފުލާފައިވާ ޝާހިލް އޭނާގެ ވަކީލުންނާ ވާހަކަނުދައްކާތީ މައްސަލަ ކުރިއަށް ނުގެންދެވިފައި

30 ނޮވެމްބަރު 2023
ޝިއާއުގެ މަރުގެ ދައުވާ އުފުލާފައިވާ ޝާހިލް އޭނާގެ ވަކީލުންނާ ވާހަކަނުދައްކާތީ މައްސަލަ ކުރިއަށް ނުގެންދެވިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު