Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރު: ތުހުމަތުވާ އެންމެންގެ ކިބައިން މުޖުތަމައަށް އޮތް ނުރައްކާ ވަކިވަކިން ކިޔާދީފި

ދައުލަތުން މީގެ ކުރިންވެސް ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބަހައްޓަންޖެހޭ ޙާލަތްތައް ކިޔާދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2023 | އާދީއްތަ 09:48
ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން

ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ސަލާމަތްވި މީހުން، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުންތައް ނިމެންދެން ބަންދު ނުކޮށްދޭން ހައިކޯޓުން ނިންމި ނިންމުމާ ގުޅޭ އަޑުއެހުމެއް އާދިއްތަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ސަލާމަތްވި މީހުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުންތައް ނިމެންދެން ބަންދުކޮށްދޭން ދައުލަތުން އެދުމުން، އެމީހުން ބަންދު ކުރެވެން ނެތްކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.

އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް މި މައްސަލަ ހައިކޯޓަށް ތަހުވީލުކޮށްފައެވެ. ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ ތުހުމަތުވާ މީހުންގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ވަކިވަކިން ދެނެގަނެ، ބަންދާމެދު އަލުން ގޮތެއް ނިންމަން އަންގާފައެވެ.

އެމީހުންގެ މައްޗަށް ކުރެވެނީ ޖަމާއަތް ހަދައިގެން މީހަކު މަރާލުމުގެ ކުށްކަމަށްވާއިރު، މި މައްސަލައިގައި ހިމެނޭ ވަކިވަކި މީހުންގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލެއް ވަކިވަކިން ބެލެވިފައި އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުން ވަނީ އެގޮތުގެ މަތިން، ކޮންމެ މީހެއްގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ވަކިވަކިން ދެނެގަނެ، ވަޒަންކޮށްގެން އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް ޙުކުމް ކުރައްވާފައެވެ.

ހައިކޯޓުގައި އާދިއްތަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމަކީ އެގޮތުގެ މަތިން ބޭއްވުނު އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން މީގެ ކުރިންވެސް ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބަހައްޓަންޖެހޭ ޙާލަތްތައް ކިޔާދީފައިވާނެކަމަށެވެ. އެގޮތުން އެމީހުން ބަންދުގައި ބައިތިއްބަން އެދޭ މައިގަނޑު ސަބަބަކީ އެމީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތުމުންކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ހައްޔަރު އަދި ބަންދު ރެކޯޑާއި، ދައުވާ ކުރެވިފައިވާ މައްސަލަތަކުގެ ރެކޯޑަށް ބަލާއިރު މަފާޒަކީ މި މައްސަލައިގެ ކުރިންވެސް އަދި މައްސަލަ އިސްތިއުނާފު ކުރެވިފައިވަނިކޮށްވެސް އެކި މައްސަލަތަކުގައި ހައްޔަރު ކުރެވިފައިވާ ފަރާތެއްކަމަށެވެ.

އަދި މިފަހުން އޭނާ ހައްޔަރުކުރި މައްސަލަތަކުގެ ތެރެއިން 3 މައްސަލައެއްގައި ބަންދުގެ މުއްދަތުވެސް ޖަހާފައިވާކަމަށާއި، އޭގެ ތެރެއިން 2 މައްސަލައެއްގައި ދައުލަތުން ދައުވާވެސް ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.  

ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ 2 ދައުވާގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެއްވެސް ހިމެނޭ ކަމަށެވެ.

ނަދީމަކީ މަފާޒް ސީދާ ގޮތުން ދިން ޙަމަލާއެއްގެ ސަބަބުން އަނިޔާވެ ދުނިޔެ ދޫކޮށްފައިވާ ފަރާތެއްކަން ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިތަކުންވެސް އެނގޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ވީއިރު، މަފާޒު ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތައް ހުރިކަމަށާއި، އޭނާގެ ފަރާތުން މުުޖުތަމައަށް ފެންނަން އޮތް ނުރައްކާ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްކަމަށް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ އަލީ ނިފާޒާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާއަކީވެސް މިފަހުންވެސް ހައްޔަރު ރެކޯޑުތައް ހުރި މީހެއްކަމަށެވެ.  އޭގެ ތެރޭގައި 2022 ޑިސެމްބަރުން ފެށިގެން 2023 ވަނަ އަހަރުގެ ޖުލައި މަހާއި ދޭތެރޭގައި ހުރި ހައްޔަރު ރެކޯޑުތައް ހިމެނޭކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކަކާއި، ކޯޓަށް ހާޒިރުނުވުމުގެ މައްސަލަތަކެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އަލީ ނިފާޒަކީ ކުށް ސާބިތުނުވާކަމަށް ޙުކުމް ކުރި ފަހުންވެސް ތަކުރާރުކޮށް ކުށުގެ ވެށީގައި އުޅެމުންދާ މީހެއް ކަމަށާއި، އޭނާއަކީ ނަދީމަށް ޙަމަލާ ދިނުމަށް ކެފޭ ތެރެއަށް ވަން ދެމީހުންގެ ތެރެއިން އެކަކުކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ ހުސައިން ޝާމީންއާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާއަކީވެސް މި މައްސަލައިގެ ޙާދިސާގެ ކުރީގެ ރެކޯޑުތަކެއް ހުރި ފަރާތެއްކަމަށެވެ.

މި މައްސަަލައިގައި އޭނާއަށް ކޮށްފައިވާ ތުހުމަތަށް ބަލާއިރު، މަފާޒް ޓާމިނަލް ކެފޭއަށް ގެންގޮސް، އޭނާ އަނބުރާ ގެންދިއުމުގައި އެހީތެރިވެދީފައިވަނީ ޝާމީން ކަމަށާއި، މަފާޒް އިން ސައިކަލު ދުއްވީ ޝާމީންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. މިއީ ރާވައިގެން އެންމެން އެކުގައި ހިންގާފައިވާ އަމަލެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ މުހައްމަދު ކަރަމް ސުހައިލްއަކީވެސް މި އަމަލު ރޭވުމާއި، ޖަމާއަތް ހަދައިގެން ޓާމިނަލް ކެފޭއަށް ދިއުމާއި، ފާރަލުމުގައި ޙަރަކާތްތެރިވެފައިވާ ފަރާތެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭނާއަކީ ކުރިން ތަފާތު އެކި ކުށްތަކުގައި 6 ފަހަރަށް ހައްޔަރު ކޮށްފައިވާ ފަރާތެއްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް، މި މައްސަލައިގައި ހިމެނޭ ހުސައިން ޝާމީންއާއި ކަރަމް ސުހައިލްއަކީ ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމި ފަހުން އެއްވެސް މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފަރާތްތަކެއް ނޫންކަންވެސް ދައުލަތުގެ ވަކީލު ފާހަގަ ކުރައްވާފައިވެއެވެ.

ދެން ކުރިއަށްދިޔައީ ތުހުމަތުވާ މީހުންގެ ފަރާތުން ވާހަކަ ދެއްކުމެވެ. އެގޮތުން ކަރަމް ސުހައިލްގެ ވަކީލު ވިދާޅުވީ، އޭނާގެ ހައްޔަރު ރެކޯޑުތަކެއްގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައިވާއިރު، އޭނާ ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު ޖަހާފައިވަނީ ހަމައެކަނި ނަދީމްގެ މަރުގެ މައްސަލައިގައި އެކަނި ކަމަށެވެ. ވީއިރު ކުށުގެ ރެކޯޑާ ގުޅުވައި އޭނާ ބަންދުގައި ބަހައްޓަންޖެހޭކަމަށް ދެކިނުލައްވާކަމަށް ވަކީލު ވިދާޅުވިއެވެ.

އޭނާ ކުށް ކުރުމުގައި އަމަލުކުރި ގޮތެއް، ނުވަތަ ކުށުގައި ބައިވެރިވި ގޮތެއްވެސް ދައުލަތުގެ ހެކިތަކުން އެނގެން ނެތްކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ޝާމީންގެ ވަކީލު ވިދާޅުވީ، ޝާމީންގެ މައްޗަށް ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމި ފަހުން މިއަދާ ހަމައަށް އޭނާ އެއްވެސް މައްސަލައެއްގައި ހައްޔަރުކޮށްފައިނުވާ ކަމަށާއި، އޭނާ ވަޒީފާގައި އުޅޭކަމުގެ ލިއުންވެސް ހުށަހަޅާފައިވާނެކަމަށެވެ.

އަލީ ނިފާޒް މި އަޑުއެހުމުގައި ބުނީ، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.

އެއަށްފަހު މަފާޒްގެ ވަކީލު ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާގެ ވަކީލު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމުގައި އޮތީ (ޝަހީބް އިބްރާހިމް ވ ޕީޖީ އޮފީސް) ގަޒިއްޔާގެ އުސޫލުތަކުގެ އަލީގައި ބަންދާމެދު ގޮތެއް ނިންމުމަށް އަންގާފައި ކަމަށެވެ. އެ ގަޒިއްޔާގެ އަލީގައި މަފާޒްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭ ކަންކަން ވަކީލު މި އަޑުއެހުމުގައި ފާހަގަ ކުރެއްވިއެވެ.

މަފާޒް މިހާރުވެސް ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަންދުގައި ކަމަށާއި، އޭނާއަކީ މުޖުތަމައުގައި ހުރި މީހަކަށް ނުފޫޒެއް ފޯރުވުމުގެ ބާރެއް އޮތް މީހެއް ނޫންކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.

މައްސަލައެއްގައި ފަސް ހަ އަހަރު ވަންދެން ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަން ޖެހުމަކީވެސް އެ ގަޒިއްޔާ ތަސައުވުރު ކުރާ ކަމެއް ނޫންކަމަށް ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު ފަނޑިޔާރުންވެސް ބައެއް ސުވާލުތައް އަމާޒު ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ޤާނޫނާއި ޤަވާއިދުގައިވާ ގޮތްތަކުގެ މަތިން މައްސަލަތައް ތަހުވީލު ކުރުމާގުޅޭ ސުވާލުތައް ހިމެނެއެވެ.

ނަދީމުކްރިމިނަލް ކޯޓްހައި ކޯޓުމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު