Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބްދުއްރަހުމާންގެ މަރު

އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަނީ

މިހާދިސާ ހިނގީ 12 ޖުލައި 2025 ވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޖުލައި 2025 | ބުރާސްފަތި 08:02
އއ. މާޅޮހުގައި މާރާލާފައި އޮއްވާ ފެނުނު އަބްދުއްރަހުމާނުގެ ހަށިގަނޑު ބޮޑީބޭގަކަށް ލައިގެން ގެންދަނީ

އއ. މާޅޮހުގައި މާރާލާފައި އޮއްވާ ފެނުނު އަބްދުއްރަހުމާނުގެ ހަށިގަނޑު ބޮޑީބޭގަކަށް ލައިގެން ގެންދަނީ

އއ.މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ އޮޓޮޕްސީ ހެދުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު 21 ޖުލައި 2025 ވަނަ ދުވަހު އިންޑިއާގެ ތްރިވަނަންތަޕޫރަމް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

65 އަހަރުގެ އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާ، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ޖުލައި މަހުގެ 13 ގައެވެ. އަދި މި ނިންމުމަކީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފުލުހުން ބުނެއެވެ.

12 ޖުލައި 2025 ވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ އަބްދުއްރަހުމާނަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އެރޭގެ ފަތިހު ވަނީ ނިޔާވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯ އޮތީ ޗަސްކޮށްލާފައެވެ.

މި ހާދިސާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، އަބްދުއްރަހްމާން ދިރިއުޅުނު ގެ، މާހިޔާ، އއ. މާޅޮސް ކައިރި ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފައެވެ. އަދި މާޅޮހުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ އެ ރަށަށް އަރައިފައިބާ މީހުން މޮނީޓާ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ. ނަމަވެސް ބައެއް މީހުންނާ ސުވާލުކޮށް މައުލޫމާތު ނަގަމުންދާ ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.

އަބްދުއްރަހުމާން އާދަމްއއ. މާޅޮސްތްރިވަނަންތަޕޫރަމްމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަންގެ އެންމެ ޑިމާންޑް ބޮޑު، ޓްރިވެންޑްރަމް އަށް އިންޑިގޯއިން ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ އެންމެ ޑިމާންޑް ބޮޑު، ޓްރިވެންޑްރަމް އަށް އިންޑިގޯއިން ދަތުރުތައް ފަށަނީ

25 ސެޕްޓެމްބަރު 2025
އަބްދުއްރަހުމާން މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މާޅޮހު 3 ޒުވާނުން

އަބްދުއްރަހުމާން މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މާޅޮހު 3 ޒުވާނުން

22 އޯގަސްޓު 2025
މާޅޮހު މަރުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

މާޅޮހު މަރުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

21 އޯގަސްޓު 2025
ބީއެމްއެލްއިން މުޅި އއ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

ބީއެމްއެލްއިން މުޅި އއ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

21 އޯގަސްޓު 2025
މާޅޮހު މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ނަމަ ތާރު ނާޅާ، ގައު ވެސް ނުއަތުރާ ގޮތައް ކަމަށް ރައީސް ވިދާޅުވެއްޖެ

މާޅޮހު މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ނަމަ ތާރު ނާޅާ، ގައު ވެސް ނުއަތުރާ ގޮތައް ކަމަށް ރައީސް ވިދާޅުވެއްޖެ

20 އޯގަސްޓު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު