Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

ޖޭޕީގެ ނައިބު ލީޑަރުން ހޮވައިފި، އެންމެ ގިނަ ވޯޓު ނަހުލާއަށް

26 ފެބުރުއަރީ 2023 | އާދީއްތަ 03:15

ޑެޕިއުޓީ ލީޑަރުކަމަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ވެސް ނަހުލާއަށް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 26 ފެބުރުއަރީ 2023 | އާދީއްތަ 03:15
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ނަހުލާ ވަނީ އިންތިހާބުވެވަޑައިގެންފައި --

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ނަހުލާ ވަނީ އިންތިހާބުވެވަޑައިގެންފައި --

ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު އިންތިހާބުކޮށްފިއެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެންބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ މެންބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ ޕާޓީގެ ކައުންސިލަށް 25 މެންބަރުން ހޮވަން އިންތިހާބު ބާއްވައިފައިވެއެވެ.

Advertisement - newsAdvertisement

ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ކުރިމަތިލައްވައިފައި ތިއްބެވި 12 ބޭފުޅުންގެ ތެރެއިން އެ މަގާމު އެންމެ ފުރަތަމަ ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އޭނާއަށް ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވި 588 މަންދޫބުން ވޯޓުދެއްވިއެވެ. އަދި އެންމެ ގިނަ ވޯޓު ވެސް ލިބިވަޑައިގަތީ ނަހުލާއަށެވެ.

ނަހުލާގެ އިތުރުން ޑެޕިއުޓީ ލީޑަރުންގެ މަގާމަށް އިތުރު ހަތަރު ބޭފުޅަކު އިންތިހާބުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުރިން ވެސް ޑެޕިއުޓީ ލީޑަރުގެ މަގާމު ފުރައްވާފައިވާ އަމީން އިބްރާހީމް އާއި މިދިޔަ ދައުރުގައި ޖޭޕީގެ ނައިބު ރައީސްގެ މަގާމުގައި ފުރުއްވި އަހުމަދު ސައުދު ހިމެނެއެވެ. އިތުރަށް ހިމެނެނީ އިގުބާލު އާދަމް އާއި އަލީ ޝާހުއެވެ.

ހުކުރު ދުވަހު ފެށި ޖޭޕީގެ ގައުމީ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުން އިންތިހާބުކުރަން ވޯޓުލުން ހޮނިހިރު ދުވަހު ހެނދުނު ފެށި ގޮތަށް އެ ރޭ ފަތިސްވަންދެން ވޯޓުގުނުން ކުރިއަށް ގެންދިޔައެވެ. އެންމެ ފަހު ފޮށީގެ ވޯޓުގެ ނަތީޖާ އިއުލާންކުރީ ފަތިސް ނަމާދު ބަންގީގެ ވެސް ފަހުންނެވެ.

ޖޭޕީގެ މަގާމުތަކުގެ ތެރެއިން ވޯޓަކާ ނުލައި ހަތަރު މަގާމަކަށް ބޭފުޅުން ވަނީ އިންތިހާބުވެފައެވެ. އެއީ އެ ޕާޓީގެ ލީޑަރުގެ މަގާމާއި ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމު އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމެވެ. ހަތަރުވަނަ ދައުރަކަށް ގާސިމް ވަނީ އެ ޕާޓީގެ ލީޑަރުގެ މަގާމަށް ހޮވިވަޑައިގެންފައެވެ. ޒުވާނުންގެ ލީގުގެ ރައީސަކަށް ޔާމީން ރަޝީދު އިންތިހާބު ވީއިރު ނައިބު ރައީސަކަށް ހޮވުނީ ޝުއައިބު ޝިފާޒް ޝަރީފެވެ. އަންހެނުންގެ ލީގުގެ ސެކްރެޓަރީއަކަށް ހޮވުނީ އައިޝަތު ޝޫޒާ އަޙްމަދުއެވެ.

ޖުމްހޫރީ ޕާޓީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

06 ޖުލައި 2026

2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ

06 ޖުލައި 2026
2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ
16 ފެބުރުއަރީ 2026

ކޮންމެ ސަރުކާރެއްގައި މަންފާ ހޯދާ، ވެރިންނަށް ފާޑު ވިދާޅުވާ ގާސިމްގެ ސިޔާސީ ހަޔާތަށް ވާނީ ކިހިނެތް؟

16 ފެބުރުއަރީ 2026
ކޮންމެ ސަރުކާރެއްގައި މަންފާ ހޯދާ، ވެރިންނަށް ފާޑު ވިދާޅުވާ ގާސިމްގެ ސިޔާސީ ހަޔާތަށް ވާނީ ކިހިނެތް؟
06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
10 ޑިސެމްބަރު 2023

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
22 ނޮވެމްބަރު 2023

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
20 ސެޕްޓެމްބަރު 2023

ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި

20 ސެޕްޓެމްބަރު 2023
ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި
17 ސެޕްޓެމްބަރު 2023

ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން

17 ސެޕްޓެމްބަރު 2023
ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން
16 ސެޕްޓެމްބަރު 2023

ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން

16 ސެޕްޓެމްބަރު 2023
ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް