Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގާސިމް އިބްރާހީމް

ކޮންމެ ސަރުކާރެއްގައި މަންފާ ހޯދާ، ވެރިންނަށް ފާޑު ވިދާޅުވާ ގާސިމްގެ ސިޔާސީ ހަޔާތަށް ވާނީ ކިހިނެތް؟

ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވެ، މިހާރުގެ ސަރުކާރަށް ތައުރީފު ކުރައްވައި ގާސިމް ދައްކަވާ ވާހަކަފުޅުތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައި. އަމިއްލަ ފައިދާއަށްޓަކައި ސިޔާސީ އޮއިވަރު ހުރި ގޮތަށް ބަސްމަގު ބަދަލުކުރައްވާއިރު، މީގެ ސަބަބުން އެމަނިކުފާނުގެ މަގުބޫލުކަން ކުޑަވެ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރެވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 11:23
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ގާސިމް އިބްރާހިމް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ގާސިމް އިބްރާހިމް | ރާއްޖެއެމްވީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތައާރަފެއް މިއަދު ދިވެހީން ބޭނުމެއް ނުވާނެ އެވެ. އެއީ މުޅި ރާއްޖެއަށް މަޝްހޫރު ވިޔަފާރިވެރި އެކެވެ. ބައެއް ރައްޔިތުންގެ ހިތުގައި ވަރަށް ލޮއެއްބާއި، އިހުތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެ އެވެ. ހުރިހާ ދާއިރާއަކުން ވެސް ރައްޔިތު މީހާއަށް އެމަނިކުފާނުގެ ފަރާތުން އެހީތެރިކަން ލިބި ގައުމަށް ވެސް އެކި ގޮތްގޮތުން ކުރިއެރުންތައް ގާސިމް ހޯއްދަވައި ދެއްވި އެވެ. ނަތީޖާއެއް ގޮތުން ގިނަ ބައެއްގެ މެދުގައި ގާސިމް މަގުބޫލުވެ، ވެރިކަމަށް ވެސް އެމަނިކުފާނު އިންތިޚާބު ކުރުމަށް ބަޔަކު ބޭނުންވި އެވެ.

ނަމަވެސް މިއަދުގެ ހާލަތު މުޅިން ތަފާތެވެ. ރައްޔިތުންގެ މެދުގައި ގާސިމްގެ މަގުބޫލުކަން ވެއްޓިގެންދާ މަންޒަރު މުޅި ސޯޝަލް މީޑީއާއިން ދަނީ ފެންނަމުންނެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ގައި ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިއްޔާއި ފެންފުށީ ކައުންސިލަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފްކުރުމާއި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ކުރީ ސަރުކާރުތަކާއި، ކުރީގެ ވެރީންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އެގޮތުން އެންމެ ބޮޑަށް ފާޑު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ވެރި ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ވެސް އެވެރިކަން ނިމެންދެން ކޯލިޝަން ހުންނެވި ބޭފުޅެކެވެ. ވެރިކަމުގެ 33 އިންސައްތަ ހިއްސާ ކުރީ އެމަނިކުފާނުގެ ޕާޓީންނެވެ. ސަރުކާރުގެ ތެރޭގައި ގާސިމްގެ ބޭފުޅުން ވަރަށް ގިނަ އެވެ. އަދި ގާސިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއަކީ ވެސް އެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރެވެ. 

ކަންމިހެން އޮތް ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރަށް ހައްދެއް ނެތް މިންވަރަށް ފާޑު ވިދާޅުވިއިރު، އެމްޑީޕީ ސަރުކާރުގައި 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ޖެހެންދެން ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ހުންނެވިކަން ގާސިމް ހަނދާން ނެތް ކަހަލަ އެވެ.  ރައީސް ސޯލިހުގެ ސަރުކާރުގެ އިތުރުން، ކުރީގެ ދެ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުالله ޔާމީންގެ ސަރުކާރުތަކުން ވަނީ ދައުލަތް ދަރުވާލާފައި ކަމަށާއި އެ ހުރިހާ ބުރައެއް މި ސަރުކާރުން އުފުލަންޖެހިފައިވާ ކަމަށް 2008ގެ ފަހުން އައި ހުރިހާ ސަރުކާރުތަކެއްގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އުޅުއްވި ގާސިމް ވިދާޅުވި އެވެ. އަދި އިސްލާމް ދީނާއި ގުޅުވައި ވާހަކަ ދައްކަވައި، މިސްކިތްތަކަށް ގެއްލުންދިން މީހުންނަށް ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް އަދަބެއް ދީފައިނުވާ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ގާސިމް ގޮވާލެއްވި އެވެ. މިއާއެކު ޖޭޕީ މިއަދު ކޮބައިތޯއާއި ޖޭޕީގެ ކެންޑިޑޭޓުން ކޮބައިތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ރައީސް މުއިއްޒުގެ ގެކޮޅު ދިއްމާޔަތު ހަދާފައިވަނީ ސިނަމާލެ ބްރިޖުގެ އެއްލޭނުން ކަަމަށް ތުހުމަތު ކުރައްވައި ގާސިމް މީގެ ކުރިން ރައީސް މުއިއްޒަށް ފާޑު ވިދާޅުވުމުން ރަނގަޅަށް ގާސިމް ކުޑަ ކޮށްލާފައިވާ ކަަމަށް ބުނެ މަލާމާތް ކުރާ ދޫތައް މިއަދު މަދެއް ނޫނެވެ.

މިއަދު ރައީސް މުއިއްޒަށް އެހައި ވަރަށް ތައުރީފް ކުރައްވަނީ ސަރުކާރުގެ ގޭސް ކުންފުނި ކަމަށްވާ މޯލްޑިވް ގޭސް ކުންފުންޏަށް ގެއްލުން ވާ ގޮތަށް ގާސިމްގެ އަމިއްލަ ކުންފުނި ވިލާ ގޭހުން ގޭސް ގަންނާތީ ކަމަށް ބައެއް މީހުން ތުހުމަތު ކޮށްފައިވެ އެވެ. އަދި އެމްއޭސީއެލްގެ ބޯޑުގެ މެންބަރުކަން ވެސް ދަރިކަލުންނަށް ދީފައިވުމާއި، ކާޑެއްދޫ އެއަރޕޯޓު ތަރައްގީ ނުކޮށް  ވިލާ އެއަރ ކުންފުންޏަށް ދީގެން ގިނަ ދުވަސްތަކެއް ވަންދެން ހިންގުމުގެ ފުރުސަތު ދިނުމަށްފަހު، އެއަރޕޯޓު ސަރުކާރަށް ނަގާފައިވަނީ ވެސް ގާސިމް ބޭނުންފުޅުވާ ގޮތަށް ޑީލެއްގެ ދަށުން ކަަމަށް ވެސް ރަށު ތެރޭގައި ކިޔަ އެވެ. 

ގިނަ ތުހުމަތުތަކެއް މިހާރު ގާސިމަށް ކުރެވޭއިރު، މުވައްޒަފުންނަށް ވެސް މުސާރަ ނުދިނުމާއި، އަނިޔާވެރިކަމުގެ ވާހަކަތައް ސޯޝަލް މީޑީއާގައި ފެންމަތިވަމުން ދެ އެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވެސް ބަގާވާތަކުން ވައްޓާލުމުގައި އިސްދައުރެއް އަދާ ކުރެއްވި ކަމަށް ގާސިމްގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. 

މިފަދަ ގިނަ ސަބަބުތަކާއެކު މިއަދު އެމަނިކުފާނަށް ގިނަ ރައްޔިތުންގެ މެދުގައި މަގުބޫލު ކަމެއް ނެތެވެ. ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުއްވި ގާސިމްގެ ބަސްމަގު ހުންނަވާ ގޮތުން މިއަދު އެބޭފުޅާ ދައްކަވާ ވާހަކަތައް ގިނަ ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. އެމަނިކުފާނުގެ މަގުބޫލު ކަމާއި، ރައްޔިތުން ކުރި އިތުބާރު ގެއްލުމުންދާކަން 2023 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ މޭރުމަކުން ގާސިމްގެ ބަސްމަގު ބައްޓަން ކުރާނަމަ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ބަރުދަނެއް ނުހުންނާނެއްނުންތޯ އެވެ!

ގާސިމް އިބްރާހީމްޖުމްހޫރީ ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

03 އޮކްޓޯބަރު 2025
ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

22 އޯގަސްޓު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު