Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސޫރިއާ ބިންހެލުން

ތުރުކީ-ސީރިއާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ބައިލައްކައަށް އަރައިފި

ތުރުކީން 44،218 މީހުން ވަނީ މަރުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ފެބުރުއަރީ 2023 | އާދީއްތަ 02:17
ތުރުކީ އަށް އައި ބިން ހެލުން

ތުރުކީ އަށް އައި ބިން ހެލުން

މި މަހުގެ ހަވަނަ ދުވަހު ތުރުކީ އާއި ސީރިއާ ބޯޑަރު ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ބައިލައްކައަށް އަރައިފިއެވެ.

ރޮއިޓަރސް އިން ރިޕޯޓް ކޮށްފައިވާ ގޮޮތުގައި ތުރުކީން އާއްމުކޮށްފައިވާ ގޮތުގައި އެ ކާރިސާގައި އެ ޤައުމުން ހުކުރު ދުވަހުގެ ނިޔަލަށް މަރުވި މީހުންގެ އަދަދު ވަނީ 44،000 އަށްވުރެ އިތުރުވެފައެވެ. އެގޮތުން އެ ޤައުމުގެ ޑިޒަރސްޓަރ އެންޑް އިމަރޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ) އިން އާއްމު ކޮށްފައިވާ ގޮތުގައި ތުރުކީން 44،218 މީހުން ވަނީ މަރުވެފައެވެ.

މި ކާރިސާގައި ސީރިއާއިން މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ 5،914 މީހުންނެވެ. މިއާއެކު މި ކާރިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ ބައިލައްކައަށްވުރެ އިތުރުވެފައެވެ.

ތުރުކީ އާއި ސީރިއާ ބޯޑަރަށް އައި މި ބިންހެލުމަށްފަހު އެތައް އާފްޓަޝޮކެއް އެ ސަރަހައްދަށް އައިސްފައިވާއިރު އޭގެ ފަހުންވެސް ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. އެގޮތުން މިދިޔަ ހަފުތާގައި އައި އެ ބިންހެލުމުގައި ވެސް މީހުން ވަނީ މަރުވެފައެވެ.

މި މަހުގެ ހަވަނަ ދުވަހު އައި ބިންހެލުމަކީ 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. އެ ބިންހެލުމުގައި މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ހާސް އިމާރާތެއް ވަނީ ވެއްޓިފައެވެ.

ތުރުކީ-ސިރިއާ ބިންހެލުން

އިތުރަށް ކިޔާލަން

09 އޯގަސްޓު 2023

ބިންހެލުމަށް 6 މަސް: އިމާރާތަކަށް ވަންނަން ނުކެރި، މުޅި ދިރިއުޅުން ޓެންޓެއްގައި

09 އޯގަސްޓު 2023
ބިންހެލުމަށް 6 މަސް: އިމާރާތަކަށް ވަންނަން ނުކެރި، މުޅި ދިރިއުޅުން ޓެންޓެއްގައި
26 ފެބުރުއަރީ 2023

ތަސްވީރު ބުނި ވާހަކަ: "އެހީވި މީހުން ހަނދާން ނައްތައެއް ނުލާނަން، އެހީ ނުވި މީހުންވެސް ހަނދާނެއް ނުނެތޭނެ"

26 ފެބުރުއަރީ 2023
ތަސްވީރު ބުނި ވާހަކަ: "އެހީވި މީހުން ހަނދާން ނައްތައެއް ނުލާނަން، އެހީ ނުވި މީހުންވެސް ހަނދާނެއް ނުނެތޭނެ"
26 ފެބުރުއަރީ 2023

ބިންހެލުމުގައި އިމާރާތްތައް ވެއްޓުމުގެ ތަހުގީގު ތުރުކީން ފުޅާކޮށްފި، ހައްޔަރުކުރި މީހުންގެ އަދަދު 184ށް

26 ފެބުރުއަރީ 2023
ބިންހެލުމުގައި އިމާރާތްތައް ވެއްޓުމުގެ ތަހުގީގު ތުރުކީން ފުޅާކޮށްފި، ހައްޔަރުކުރި މީހުންގެ އަދަދު 184ށް
23 ފެބުރުއަރީ 2023

ބިންހެލުމުގައި ހިތް ކުދިކުދިވި މައުސޫމު ކުދިންގެ ޙައްޤުގައި ހީވަގި ވޮލަންޓިއަރުން އަވަދިނެތި!

23 ފެބުރުއަރީ 2023
ބިންހެލުމުގައި ހިތް ކުދިކުދިވި މައުސޫމު ކުދިންގެ ޙައްޤުގައި ހީވަގި ވޮލަންޓިއަރުން އަވަދިނެތި!
08 ފެބުރުއަރީ 2023

ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކަށް ތުރުކީގެ ރައީސް އުރުދުޣާން ޒިޔާރަތްކުރައްވައިފި

08 ފެބުރުއަރީ 2023
ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކަށް ތުރުކީގެ ރައީސް އުރުދުޣާން ޒިޔާރަތްކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު