Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތުރުކީ - ސީރިޔާ ބިންހެލުން

ބިންހެލުމަށް 6 މަސް: އިމާރާތަކަށް ވަންނަން ނުކެރި، މުޅި ދިރިއުޅުން ޓެންޓެއްގައި

ބިންހެލުމުގެ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ސިޓީތަކުގެ ތެރޭގައި ހިމެނޭ ޖަންދާރީސްގެ އެންމެންގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2023 | ބުދަ 14:04
ބިންހެލުމަށް 6 މަސް: އިމާރާތަކަށް ވަންނަން ނުކެރި، މުޅި ދިރިއުޅުން ޓެންޓެއްގައި

ބިންހެލުމަށް 6 މަސް: އިމާރާތަކަށް ވަންނަން ނުކެރި، މުޅި ދިރިއުޅުން ޓެންޓެއްގައި

ސޫރިޔާއާއި ތުރުކީވިލާތް ހިއްސާކުރާ ބޯޑަރު ސަރަހައްދަށް ވަރުގަދަ ބިންހެލުމެއް އައިސް، އެތައް ބައެއްގެ ފުރާނަ ގެއްލި، އެއަށްވުރެ ގިނަ ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ މީގެ 6 މަސްދުވަސް ކުރިންނެވެ. ބިންހެލުމުގެ ކާރިސާގައި ފުރާނަ ސަލާމަތްވި އެކަކީ ޖުމާ ބިއާޒީދުއެވެ. އޭނާގެ ދަރިފުޅު، އިބްރާހީމާނުލައި ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތެއް، އޭނާގެ ޚިޔާލަކަށް ނުގެނެވެއެވެ.

އިބްރާހީމަކީ ބިންހެލުމުގެ ކާރިސާގައި، ޖުމާގެ 4 މެންބަރުންގެ އާއިލާއިން ސަލާމަތްވި ހަމައެކަނި ކުއްޖަކީ އިބްރާހީމެވެ. ޖުމާގެ އަންހެނުންނާއި އަނެއް 2 ދަރިން މަރުވެދިޔައީ އެ ކާރިސާގެ ތެރޭގައެވެ.

ސޫރިޔާގެ އަޒާޒް ސިޓީގެ މައިދާނީ ހޮސްޕިޓަލެއްގައި އިބްރާހީމާ އަލުން ބައްދަލުވުމުގެ ކުރިން، ޚުދު ޖުމާވެސް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި 4 ދުވަސް ހޭދަކޮށްފައެވެ.

ބިންހެލުމުގެ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ސިޓީތަކުގެ ތެރޭގައި ހިމެނޭ ޖަންދާރީސްގެ އެންމެންގެ ހާލަކީވެސް މިއީ ކަމުގައި ދެންނެވުމަކުން ގޯހެއް ނެތެވެ.

އެފަދަ އެކަކީ އަހުމަދު މޫސާ އަހުމަދުއެވެ. އާންމުކޮށް ހަދާފައި މި ހުންނަ ފަދަ އިމާރާތެއްގައި ދިރިއުޅެން އަދިވެސް އަހުމަދު ބިރުގަނެއެވެ. އޭނާގެ 9 ދަރިންނާއެކު އަހުމަދު މިއަދުވެސް ދިރިއުޅެމުންދަނީ އޭނާގެ ދަނޑުގައި ޓެންޓު ޖަހައިގެންނެވެ.

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތުގައި، ހުޅަނގުއުތުރު ސޫރިޔާއާއި ދެކުނު ތުރުކީވިލާތް ހިއްސާކުރާ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 21000ށް އަރާފައެވެ. އެތައް ލައްކަ ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި ވަނީ އޭގެ އެންމެ އިންތިހާއަށެވެ.

ދުނިޔެތުރުކީ-ސިރިއާ ބިންހެލުން

ކޮމެންޓް

އިތުރަށް ކިޔާލަން

ކައިވެނީގެ ދުވަހު ހޮނުއަޅައިގެން އާއިލާގެ 16 މީހުން މަރުވި ޒުވާނެއްގެ ވާހަކަ

ކައިވެނީގެ ދުވަހު ހޮނުއަޅައިގެން އާއިލާގެ 16 މީހުން މަރުވި ޒުވާނެއްގެ ވާހަކަ

31 ޑިސެމްބަރު 2023
ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

10 ޑިސެމްބަރު 2023
 ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭ، ސުލްހައަށް ދާން ކޮންފަރެންސެއް ބޭނުންވޭ: ފަލަސްތީނުގެ ރައީސް

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭ، ސުލްހައަށް ދާން ކޮންފަރެންސެއް ބޭނުންވޭ: ފަލަސްތީނުގެ ރައީސް

09 ޑިސެމްބަރު 2023
ހަނގުރާމަ ހުއްޓާލުމުގެ ޤަރާރު އެމެރިކާއިން ވީޓޯކުރުމުން، ފަލަސްޠީނުގެ އޮފިޝަލުން ފާޑުކިޔައިފި

ހަނގުރާމަ ހުއްޓާލުމުގެ ޤަރާރު އެމެރިކާއިން ވީޓޯކުރުމުން، ފަލަސްޠީނުގެ އޮފިޝަލުން ފާޑުކިޔައިފި

09 ޑިސެމްބަރު 2023
2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޕޫޓިން ކަށަވަރުކޮށްދެއްވައިފި

2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޕޫޓިން ކަށަވަރުކޮށްދެއްވައިފި

08 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު