Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީ-ސިރިއާ ބިންހެލުން

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 8700ށް

ތުރުކީގައި ބުދަ ދުވަހު އިތުރު 349 މީހުން މަރުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2023 | ބުދަ 07:46
ތުރުކީގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން މީހަކު ނެރެގެން ގެންދަނީ

ތުރުކީގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން މީހަކު ނެރެގެން ގެންދަނީ

ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ މިހާރު މަދުވެގެން 8764 އަށް އަރާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ތުރުކީގައި ބުދަ ދުވަހު އިތުރު 349 މީހުން މަރުވެފައިވާއިރު، އެގައުމުގައި ޖުމްލަ 6،234 މީހުން މަރުވެފައިވާ ކަމަށް ތުރުކީގެ އޮފިޝަލުން ބުނެއެވެ. ތުރުކީގައި 34،810 މީހުން ޒަޚަމްވެފައިވާ ކަމަށް ތުރުކީގެ ނައިބު ރައީސް ފުއަތު އޮކްޓޭ ވިދާޅުވެފައިވެއެވެ.

ސީރިއާގައި ސަރުކާރުން ކޮންޓްރޯލްކުރާ ސަރަހައްދުތަކާއި ހަނގުރާމަވެރި ޖަމާތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން ވެސް ވަނީ 2،530 މީހުން މަރުވެފައެވެ. މުޅި ސީރިއާގައި ޖުމްލަ 4،654 މީހަކަށް އަނިޔާވެފައިވެއެވެ.

އެޖެންސީތަކާއި ރެސްކިއު ވޯކަރުން އިންޒާރު ދީފައި ވަނީ މި އަދަދުތައް އިތުރަށް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށާއި ހާއްސަކޮށް ސީރިއާގައި އަދިވެސް ގިނަ ބަޔަކު ތިބީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމަށެވެ.

ގާޒިއަންޓެޕްގައި ސަލާމަތްވި މީހުން ހޯދުމުގެ ބޮޑު މިޝަން ކުރިއަށްދާތާ 50 ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާއިރު، ތުރުކީގެ ދެކުނުގެ ސިޓީގައި ކޮންކްރީޓާއި ކުނި ކޮނެގެން މީހުން ސަލާމަތްކުރާ މީހުން އަތް ފިޔަވައި އިތުރު އެއްޗެއް ބޭނުން ނުކުރެއެވެ.

ބިންމަތީގައި ތިބި ސީއެންއެންގެ ޓީމަކުން ބުނީ ސަލާމަތް ކުރާ މީހުންނަށް އަދިވެސް ދިރިއުޅުމުގެ އަލާމާތްތައް ލިބެމުން އަންނަނީ އެމީހުން ގަބޫލުކުރާ ގޮތުގައި ބޮޑު އިމާރާތެއްގެ ދަށުގައި ހުރި "ހުސްތަނެއް" ހުރުމުން ކަމަށެވެ.

ބުލްޑޯޒަރު ބޭނުންކުރަމުންދާ މީހުން ހެލްމެޓް އަޅައިގެން ތިބެ މަސައްކަތް ކުރަމުންދަނީ ފަރުބަދަތަކެއްގެ ގޮތަށް ޖަމާވެފައި ހުރި ކޮންކްރީޓްގެ ތެރެއިން މީހުން ސަލާމަތްކުރުމަށެވެ. އަދި މަސައްކަތަށް އިތުރު ގޮންޖެހުންތައް ދިމާވަނި ވެއްޓިފައިވާ އިމާރާތްތައް ކޮންނަވަރަކަށް ހިރަފުސްބޯވެ މަސައްކަތަށް ހުރަސްދިމާވާތިއެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުންްދާ މީހުން ކަންބޮޑުވަނީ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ވެއްޓިފައިވާ އިމާރާތްތަކުގެ ދެފަރާތުގައި ހުރި އިމާރާތްތައް ވެއްޓިދާނެކަމުގެ ބިރުއޮތުމުންނެވެ.

ބައިނަލްއަގްވާމީ ތާއީދާއި އެހީގެ ބޮޑު ބައެއް ތުރުކީއާއި ސީރިއާއަށް ފޮނުވާފައިވީ ނަމަވެސް، އެކަމުގެ އަސަރު ކުރި ގިނަ ސަރަހައްދުތަކަށް ވަނުމަށް އަދިވެސް ގޮންޖެހުން ބޮޑެވެ. ސަރޗް ޓީމުތަކަށް ބަންދުކޮށްފައިވާ މަގުތަކާއި ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން ދަތުރުކުރަން ދަތިވެފައިވާއިރު، ވަރުގަދަ އަފްޓާޝޮކްތަކެއް ކުރިމަތިވަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ތުރުކީސީރިޔާތުރުކީ-ސިރިއާ ބިންހެލުން

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު