Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތުރުކީ-ސޫރިޔާ ބިންހެލުން

ތަސްވީރު ބުނި ވާހަކަ: "އެހީވި މީހުން ހަނދާން ނައްތައެއް ނުލާނަން، އެހީ ނުވި މީހުންވެސް ހަނދާނެއް ނުނެތޭނެ"

ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސަރަޙައްދަކީ ސޫރިޔާގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޖަންދާރީސް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2023 | އާދީއްތަ 06:13
ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމާ ގުޅިގެން ސޫރިޔާގެ ހުޅަނގު އުތުރު ސަރަޙައްދުން މަރުވި މީހުންގެ ޢަދަދު ގާތްގަނޑަކަށް 5000 އަށް އަރާކަމަށް އދއިން ބުނޭ

ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމާ ގުޅިގެން ސޫރިޔާގެ ހުޅަނގު އުތުރު ސަރަޙައްދުން މަރުވި މީހުންގެ ޢަދަދު ގާތްގަނޑަކަށް 5000 އަށް އަރާކަމަށް އދއިން ބުނޭ

މުޅި ދުނިޔެ އިނދަޖައްސާލި އާލަމީ ބަލިމަޑުކަމަކުން ރަނގަޅަށް އަރައިނުގަނެވި އުޅެނިކޮށް، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި 3 ވަނަ ބޮޑު ހަނގުރާމައިގެ އިންޒާރުގެ ރަނގަބީލު ޖެހިތާ އަހަރެއް ވާން ދަނިކޮށް، މުޅި ދުނިޔެއް ސިއްސުވާލީ، ތުރުކީވިލާތާއި ސޫރިޔާ ހިއްސާ ކުރާ ބޯޑަރު ސަރަޙައްދަށް، ފެބުރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ޚަބަރާއެކީގައެވެ. ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ބައްލައްކައިގެ ފާހަގަ ހުރަސް ކޮށްފައި ވާ އިރު، ސުންނާފަތިވެފައި ވާ އެ މަސްރަހުން އިވެމުންދާ ގަދަ ހިތްވަރާއި ޢަޒުމުގެ ވާހަކަތަކުން، ދިރިއުޅުމާ މެދު ކުރެވޭ ޢުއްމީދުތައްވެސް އާ ވެދާ ފަހަރު އާދެއެވެ. މިއީވެސް އެ ކަހަލަ ވާހަކައެކެވެ.

ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސަރަޙައްދަކީ ސޫރިޔާގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޖަންދާރީސްއެވެ. ޖަންދާރީސްގައި ވެއްޓިފައިވާ އިމާރާތްތަކަށް އާ ދިރުމެއް ގެނެސްދިނުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރަމުން ދަނީ ސޫރިޔާއަށް ނިސްބަތްވާ 2 ކުރެހުންތެރިއެކެވެ. ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ގާކުނޑިތަކުގައި އެ ފަންނުވެރިން ކުރަހަމުންދާ ކުރެހުންތަކުން ދެނީ ޢުއްމީދީ މެސެޖުތަކެކެވެ. މި ދަނޑިވަޅުގައި ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ޝުކުރުގެ ޖިޒީތައް ބަންޑުންކޮށްލާ ފަދައިން، ސޫރިޔާއަށް ހިތްދަތިކަން ކުރިމަތި ކުރުވާ މީހުންނަށްވެސް މެސެޖުތައް ދީފައި އެބަހުއްޓެވެ.

ބޮޑު ފިޔަގަނޑެއް އަޅައިގެން ހުރި ކުޑަ އަންހެން ކުއްޖަކު، ފުއްޕާހަންތަކެއްގެ އެހީގައި ވައިގެ ތެރެއަށް އުދުހިގެންދާ މަންޒަރު ސިފަވާ ކުރެހުން ފުރިހަމަ ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމަމުން ދިޔައީ ކުރެހުންތެރިޔާ ސަލާމް ހަމީދުއެވެ. ހަމީދު ބުނި ގޮތުގައި ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ މަތިން، އެމީހުން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ.

ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމާ ގުޅިގެން ސޫރިޔާގެ ހުޅަނގު އުތުރު ސަރަޙައްދުން މަރުވި މީހުންގެ ޢަދަދު ގާތްގަނޑަކަށް 5000 އަށް އަރާކަމަށް އދއިން ބުނެއެވެ. ޙަޤީޤީ ޢަދަދުތައް އެއަށްވުރެ މާ މައްޗަށް ދިއުންވެސް އެކަށީގެންވެއެވެ. ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ސަރަޙައްދަކީ، ސޫރިޔާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސަރަޙައްދެއް ކަމުން، އެހީގެ އޮޕަރޭޝަންތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކާ ކުރިމަތިވެއެވެ. އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރަނީ އަސަދުގެ ސަރުކާރުން ކަމަށް އަޑު ފެތުރިފައިވެއެވެ.

މި ފަހުގެ ތާރީޚުގައި މެދުއިރުމައްޗަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ކާރިޘާއިން އަދިވެސް އަރައިގަނެވިފައި ނުވާ އިރު، އެތައް މިލިއަން ބަޔަކު ވަނީ އިންސާނީ އެހީއަށް ބޭނުންވެފައެވެ. މި ދުވަސްވަރަކީ މެދުއިރުމައްޗަށް ފިނި މޫސުމުގެ ދުވަސްވަރެވެ. ނަތީޖާއެއްގެ ގޮތުން، އެތައް ބަޔަކަށް ގަދަ ފިނީގައި ދިރިއުޅެން ޖެހިފައި ވަނީ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާވެސް ނުލައެވެ.

ތުރުކީ-ސޫރިޔާ ބިންހެލުންތުރުކީ-ސިރިއާ ބިންހެލުންތުރުކީދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު