Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސީރިޔާ ބިންހެލުން

ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކަށް ތުރުކީގެ ރައީސް އުރުދުޣާން ޒިޔާރަތްކުރައްވައިފި

އުރުދުޣާން ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް 5.3 ބިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 ފެބުރުއަރީ 2023 | ބުދަ 11:56
ރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ކުރި  ކަހްރަމަންމަރަސް ސިޓީއަށް އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ޒިޔާރަތްކުރައްވައިފި

ރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ކުރި ކަހްރަމަންމަރަސް ސިޓީއަށް އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ޒިޔާރަތްކުރައްވައިފި

ހޯމަ ދުވަހުގެ ފަތިހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކަށް އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ޒިޔާރަތްކުރައްވައިފިއެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ބިންހެލުމުގެ އަސަރު ކުރި ކަހްރަމަންމަރަސް ސިޓީއަށް ބުދަ ދުވަހު ޒިޔާރަތްކުރައްވާފައެވެ. އަދި ވަނީ އެސަރަހައްދުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވާފައެވެ. މީގެ އިތުރުން އެސިޓީގައި ގާއިމުކޮށްފައިވާ އިމަޖެންސީ ޓެންޓުތަކަށްވެސް އުރުދުޣާން ވަނީ ޒިޔާރަތްކުރައްވާފައެވެ.

ހޯމަ ދުވަހު ގެ ފަތިހު އެތާގަޑިން 4 ޖަހާއެހާކަންހާއިރު 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުން އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ތުރުކީގެ ދެކުނުއިރުމަތީގެ ސަރަހައްދުތަކަށެވެ.

މިބިންހެލުމަކީ ފާއިތުވި ގަރުނުގެ ތެރޭގައި ތުރުކީގެ މެދުތެރެއަށް އައި މިފަދަ އެންމެ ނުރައްކާތެރި ބިންހެލުމަށް ވެގެންދިޔަ އިރު، ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި 7.7 މެގްނިޓިއުޑްގެ ދެވަނަ ބިން ހެލުމެއްވެސް ތުރުކީއަށް ވަނީ އައިސްފައެވެ.

މިބިންހެލުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ 10 ޕްރޮވިންސްގައި ރައީސް އުރުދުޣާން ވަނީ ތިން މަސް ދުވަހުގެ ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކުރައްވާފައެވެ.

ހޯމަ ދުވަހުގެ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންލިބުނު ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ ބައެއް މީހުން ދަނީ ހާދިސާއާ ގުޅިގެން ސަރުކާރުގެ ރެސްޕޮންސް ވަރަށް ލަސްކަމަށާއި ދޯދިޔާކަމަށް ބުނެ އުރުދުޣާންގެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކުރެއްވީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުންކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިމަރޖެންސީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާއިރު، އިންސާނީ އެހީތެރިކަމަށް މަސައްކަތްކުރާ މީހުންނަށް ބިން ހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކަށް ދިޔުމުގަޔާއި ފައިސާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އަޅުއްވާނެކަމުގެ ޔަގީންކަން އުރުދުޣާން ވަނީ ދެއްވާފައެވެ.

ސްޓޭޓް އޮފް އިމަރޖެންސީ އާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުންނާއި ރައީސް އޮފީހުން ފުރިހަމަކުރަންޖެހޭ ކަންކަން ވީއެންމެ އަވަހަށް ކޮށްނިންމަވާނެކަމަށްވެސް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

އުރުދުޣާން ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް 5.3 ބިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސާފައިވާކަން ހާމަ ކުރައްވާފައެވެ.

އުރުދުޣާންގެ 20 އަހަރުވީ ވެރިކަމުގައި ކުރިމަތިވި ގުދުރަތީ އެންމެ ބޮޑު ކާރިސާ ކުރިމަތިވެފައިމިވަނީ އެގައުމުގެ ރިޔާސީ އަދި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު މެއި 14 ގައި ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.

ތުރުކީތުރުކީ-ސިރިއާ ބިންހެލުންބިން ހެލުންތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު