Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސީރިއާ ބިންހެލުން

ބިންހެލުމުގައި އިމާރާތްތައް ވެއްޓުމުގެ ތަހުގީގު ތުރުކީން ފުޅާކޮށްފި، ހައްޔަރުކުރި މީހުންގެ އަދަދު 184ށް

މިހާތަނަށް 600ށް ވުރެ ގިނަ މީހުން ވަނީ ތަހުގީގުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 ފެބުރުއަރީ 2023 | އާދީއްތަ 02:41
ފެބްރުއަރީ މަހުގެ ބިންހެލުންތަކުގެ ސަބަބުން ތުރުކީން 520،000 އެޕާޓްމެންޓް ހިމެނޭ 160،000ށް ވުރެ ގިނަ އިމާރާތް ވަނީ ވެއްޓިފައި

ފެބްރުއަރީ މަހުގެ ބިންހެލުންތަކުގެ ސަބަބުން ތުރުކީން 520،000 އެޕާޓްމެންޓް ހިމެނޭ 160،000ށް ވުރެ ގިނަ އިމާރާތް ވަނީ ވެއްޓިފައި

ފެބްރުއަރީ މަހު ތުރުކީއަށް އައި ބިންހެލުންތަކުގައި އިމާރާތްތައް ވެއްޓުމުގެ ޒިންމާ އުފުލަންޖެހޭކަމަށް ޝައްކު ކުރެވޭ 184 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި މިކަމުގެ ތަހުގީގު ފުޅާވަމުންދާކަމަށް އެގައުމުގެ ޖަސްޓިސް މިނިސްޓަރ ބެކިރް ބޮޒްޑަގް ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ ހަ ވަނަ ދުވަހު ތުރުކީ އަދި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު 44،128ށް އަރާފައިވާއިރު، މި ބިންހެލުމުގައި ސީރިއާ އަދި ތުރުކީން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 50،000ން މައްޗަށް އަރައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ފެބްރުއަރީ މަހުގެ ބިންހެލުންތަކުގެ ސަބަބުން ތުރުކީން 520،000 އެޕާޓްމެންޓް ހިމެނޭ 160،000ށް ވުރެ ގިނަ އިމާރާތް ވަނީ ވެއްޓިފައެވެ.

މިހާ ގިނަ އަދަދެއްގެ އިމާރާތްތައް މިހާ ފަސޭހައިން ވެއްޓެން މެދުވެރިވި ސަބަބާއި މިކަމުގައި ޒިންމާވާ މީހުން ދެނެގަނެ ފިޔަވަޅު އެޅުމަށް ތުރުކީން ތަހުގީގުތައް ކުރަމުންދާއިރު، މިހާތަނަށް 600ށް ވުރެ ގިނަ މީހުން ތަހުގީގުކޮށްފައިވާނެ ކަމަށް އެގައުމުގެ ޖަސްޓިސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 79 ކޮންސްޓްރަކްޝަން ކޮންޓްރެކްޓަރުންނާއި އިމާރާތްތަކުގެ ގާނޫނީ ޒިންމާ އުފުލާ 74 މީހުންނާއި 13 ޕްރޮޕަޓީ އޯނަރުންނާއި އިމާރާތްތަކަށް ބަދަލު ގެނެސްފައިވާ 18 މީހުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތުރުކީގެ ގިނަ ބަޔަކު ވަނީ އިމާރާތްކުރުމުގެ ކޮރަޕްޓު އުސޫލުތަކާމެދު ނުރުހުން ފާޅުކޮށްފައެވެ. މިއާއެކު އެގައުމުގެ ރައީސް ތައްޔިބު އުރުދުޣާން ވަނީ މިކަންތައް ރަނގަޅަށް ތަހުގީގުކޮށް، މިކަމުގައި ޖަވާބުދާރީވާންޖެހޭ މީހުން ހޯދާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ގާޒިއަންޓެޕް ޕްރޮވިންސްގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ތަހުގީގުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ނުރްޑަގީ އަވަށުގެ މޭޔަރުވެސް ހިމެނޭކަމަށް ތުރުކީގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ އަކީ ރައީސް އުރުދުޣާންގެ ވެރިކަންކުރާ އޭކޭ ޕާޓީގެ މެންބަރެކެވެ.

މި ހިތާމަވެރި ކާރިސާއަށް ތިން ހަފްތާއެއްހާ ދުވަސް ވެފައިވާއިރު، ތުރުކީގައި މަރުވި މީހުންގެ ޖުމުލަ އަދަދެއް ނެތްއިރު، އަދިވެސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮވެދާނެކަމަށް ލަފާކުރާ ހަށިގަނޑުތަކުގެ އަދަދެއް ވެސް އޮފިޝަލުން ބުނެފައެއް ނުވެއެވެ.

ތުރުކީތުރުކީ-ސިރިއާ ބިންހެލުންތުރުކީ-ސޫރިޔާ ބިންހެލުން

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
21 އޯގަސްޓު 2025

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު