Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ ސައޫދީއަށް

މާޒިޔާ ސައޫދީ އަރަބިއްޔާގައި ކޭމްޕްކޮށްފި

ސައޫދީގައި މާޒިޔާއިން ދެ ހަފުތާގެ ތަމްރީނު ހޯދާނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 23 ފެބުރުއަރީ 2023 | ބުރާސްފަތި 16:51
ފުރުމުގެ ކުރިން މާޒިޔާ ޓީމް: ފޮޓޯ-ބައްސާމް ޓްވިޓަރ

ފުރުމުގެ ކުރިން މާޒިޔާ ޓީމް: ފޮޓޯ-ބައްސާމް ޓްވިޓަރ

ވަރުގަދަ ސްކޮޑަކާއެކު އާސީޒަނަށް އެންމެ ފުރަތަމަ ތައްޔާރުވާން ފެށި މާޒިޔާއިން މިއަދު ސައޫދީ އަރަބިއްޔާގައި ކޭމްޕްކޮށްފިއެވެ.

މާޒިޔާ ސައުދީއަށް ފުރީ މިއަދު ހެނދުނުއެވެ. އާއްމުގޮތެއްގައި ވަރަށް "އަޕްޑޭޓް" މާޒިޔާގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން ޓީމް ފުރިކަމަށް ބުނެފައި ނެތްނަމަވެސް, އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މާޒިޔާއަށް ކާމިޔާބު ކޭމްޕަކަށް އެދި ޓްވީޓް ކުރައްވާފައެވެ. ބައްސާމްގެ ޓްވީޓްގައި ވާގޮތުން މާޒިޔާއިން ސައުދީ އަރަބިޔާގައި ދެ ހަފުތާ ވަންދެން ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. މާޒިޔާއަކީ މިއަހަރުވެސް އޭއެފްސީ ކަޕްގެ ސީދާ ޖާގަ ލިބި ގްރޫޕް ސްޓޭޖްގައި ރާއްޖެއިން ވާދަކުރާނެ ހަމައެކަނި ޓީމެވެ. އޭއެފްސީކަޕްގައި ވާދަކުރާ ޓީމްތަކަށް ބައްސާމް އިސްވެ, އެފްއޭއެމްއިން ބޭރުގައި ކޭމްޕްކުރުމުގެ ފުރުސަތު އަންނަނީ ފަހިކޮށްދެމުންނެވެ. އެފުރުސަތު ހޯދައިދެމުން އަންނަނީ ސައޫދީ އަރަބިއްޔާއިންނެވެ.

މާޒިޔާއިން އާސީޒަނަށް ތައްޔާރުވާން ފުރުމުގެ އެއްދުވަސް ކުރިން ވަނީ ޗައިނީޒް ސުޕަރ ލީގުގައި ކުޅެފައިވާ ސާބިޔާގެ ފޯވާޑެއްގެ ސޮއިވެސް ހޯދާފައެވެ. 28 އަހަރުގެ ސެޓެފަން މިހަލޮވިޗްއަކީ ސާބިއާ ލީގުގައިވެސް ކުޅެފައިވާ ތަޖުރިބާ ބޮޑު ފޯވާޑެކެވެ. ގައުމީ ޓީމްގެ ފޯވާޑުންކަމަށްވާ އަލީ ފާސިރު (ސެންޓޭ)އާއި, ހަމްޒާ މުހައްމަދު (ހަމްޕު)އާއި ނާއިޒު ހަސަން (ދާދު)އާއި ހަންނަވެސް ހުރީ މާޒިޔާގައެވެ. އެކަމަކު މިދިޔަ އަހަރުތަކުގައި މާޒިޔާގެ ކުރި ބެލެހެއްޓި ކެޕްޓަން އަސަދުﷲ އަބްދުﷲ ޓީމާއެކު ނުދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަސަދުﷲ ކުރިއަށް އޮތް ސީޒަންގައި ފެންނާނީ ވެލެންސިޔާއިންނެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު