Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫކްރެއިން-ރަޝިއާ ހަމަނުޖެހުން

"ހަނގުރާމައިގެ އެންމެ ފުން އަނދަވަޅަށް މުޅި ދުނިޔެ ވައްޓާލަންވެސް ހުޅަނގުން ތައްޔާރު"

ރަޝިއާއިން ޔޫކްރައިންގައި ފެށި ހަނގުރާމައަށް ބަރާބަރު 1 އަހަރު ފުރޭއިރުވެސް ރަޝިއާ އޮތީ އިންޗިއެއްގެ މިންވަރުވެސް ފަހަތަށް ޖެހޭ ގޮތަށް ނޫން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 04:46
ޔޫކްރައިންއަށް ތާޢީދު ކުރާ ޤައުމުތަކުން އެކުލަވާލި ޤަރާރެއް ފާސް ކުރުމަށް އދގެ އާންމު މަޖިލީހުގައި ވޯޓަށް އެހުމަށް ތާވަލު ކޮށްފައި ވަނީ ފެބުރުއަރީ 23 ވާ ބުރާސްފަތި ދުވަހަށް

ޔޫކްރައިންއަށް ތާޢީދު ކުރާ ޤައުމުތަކުން އެކުލަވާލި ޤަރާރެއް ފާސް ކުރުމަށް އދގެ އާންމު މަޖިލީހުގައި ވޯޓަށް އެހުމަށް ތާވަލު ކޮށްފައި ވަނީ ފެބުރުއަރީ 23 ވާ ބުރާސްފަތި ދުވަހަށް

އެއީ 24 ފެބުރުއަރީ 2022 ވީ ބުރާސްފަތި ދުވަހެވެ. މުޅި ދުނިޔެ ސިއްސުވާލީ، ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތަކުގެ ތެރޭގައި ގުނާލެވޭ ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިންގެ ސީދާ ޢަމުރުފުޅަށް، އެ ޤައުމުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއް ހިންގުމުގެ ނަމުގައި، ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށި ފެށުމުންނެވެ. ރަޝިއާއިން އެފަދަ ކަމެއް ކުރަން އުޅޭ ކަމަށް އޭރު އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދިޔައި ތަކުރާރުކޮށް އިންޒާރު ދެމުން ކަމުގައި ވީ ނަމަވެސް، ރަޝިއާއިން ދިޔައީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނަމުންނެވެ. ހުޅަނގުން ދެއްކި ވާހަކަތަކުގައި ޙަޤީޤަތެއް އެކުލެވޭ ކަމަށް މުޅި ދުނިޔެއަށް ޤަބޫލު ކުރެވިގެން ދިޔައީ ވަރުގަދަ ކުރިމަތިލުންތައް، ސީދާ ގޮތުން ފަށާ، އެތައް ބަޔަކު މަރަން ފެށި ހިސާބުންނެވެ. އޭރު މުޅި ދުނިޔެވެސް އޮތީ، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން މުޅިން އަރައިނުގަނެވި، ހިންދެމިނުލެވިއެވެ.

ރަޝިއާއިން ޔޫކްރައިންގައި ފެށި ހަނގުރާމައަށް ބަރާބަރު 1 އަހަރު ފުރޭއިރުވެސް ރަޝިއާ އޮތީ އިންޗިއެއްގެ މިންވަރުވެސް ފަހަތަށް ޖެހޭ ގޮތަށް ނޫނެވެ. ފެބުރުއަރީ 22 ވަނަ ދުވަހު، އދގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން، ރަޝިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ވަސިލީ ނިބިންޒިޔާ ވިދާޅުވީ، ހަނގުރާމާގައި ޔޫކްރައިންއަށް ހުޅަނގުން ދޭ ތަރުޙީބުގެ ވަރުގަދަ ކަމުން، ހަނގުރާމައިގެ ފުން އަނދަވަޅުގެ ތެރެއަށް މުޅި ދުނިޔެވެސް ވައްޓާލުމަށްވެސް ހުޅަނގުގެ ބާރުތަކުން ތައްޔާރަށް އޮތް ކަމަށެވެ.

193 މެންބަރުން ހިމެނޭ އދގެ ޢާންމު މަޖިލީހުގައި ރަޝިއާއާއި ޔޫކްރައިނުން ބުދަ ދުވަހު ވަނީ، އެ ޤައުމެއްގެ ކޮޅަށް ވީހާވެސް ގިނަ ޤައުމެއްގެ ތާޢީދު ކަށަވަރު ކުރުމަށް ވާހަކަދައްކާފައެވެ. ރަޝިއާގެ މަންދޫބު ނިބިންޒިޔާ ވަނީ އެ ޤައުމުގެ ރަޢުޔު ދިފާއު ކުރައްވާފައެވެ. ޢާންމު މަޖިލީހާ މުޚާޠަބު ކުރައްވަމުން ނިބިންޒިޔާ ވިދާޅުވީ ރަޝިއާގެ ކަންބޮޑުވުންތަކަށް ހުޅަނގުން އަޅާ ނުލާ ދޫކޮށްލާފައި ވާ ކަމަށެވެ. އޭގެ ބަދަލުގައި ހުޅަނގުން ދަނީ ރަޝިއާގެ ބޯޑަރުތަކާ ކައިރިއަށް ނޭޓޯގެ އަސްކަރީ ބާރުވެރިކަން، ފަހަރަކަށް ވުރެ ފަހަރެއް ފުޅާ ކުރަމުން ކަމަށްވެސް ނިބިންޒިޔާ ވިދާޅުވިއެވެ.

ޔޫކްރައިންގައި ކުރަމުންދަނީ ހަނގުރާމައެއް ކަމަށް ރަޝިއާއިން ލަފުޒީ ސިފައެއްގައި އިޢުތިރާފެއް ނުވެއެވެ. ޢާންމު މަޖިލީހުގައި ވާހަކަ ކުރިއަށް ގެންދަވަމުން ނިބިންޒިޔާ ވިދާޅުވީ، ޔޫކްރައިންގެ އިރުމަތީގައި ތިބި (ރަޝިއާގެ ތާއީދު ލިބިފައިވާ) މީހުން ސަލާމަތް ކުރުމަށް، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު، "އަސްކަރީ ހާއްސަ އޮޕަރޭޝަން" ފެށުން ނޫން އިތުރު ގޮތެއް، ރަޝިއާގެ ސަރުކާރަށް ނެތުނީ ކަމަށެވެ. ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ، އަސްކަރީ ބާރުގެ ބޭނުން ކުރުން ނޫން އެހެން ގޮތެއް، ރަޝިއާގެ ސަރުކާރަށް ނެތުނީ ކަމަށް ބުނެ، ރަޝިއާގެ އދ މަންދޫބު ވަނީ ދިފާޢަށް ކުޅުއްވާފައެވެ.

ޔޫކްރައިންއަށް ތާޢީދު ކުރާ ޤައުމުތަކުން އެކުލަވާލި ޤަރާރެއް ފާސް ކުރުމަށް އދގެ އާންމު މަޖިލީހުގައި ވޯޓަށް އެހުމަށް ތާވަލު ކޮށްފައި ވަނީ ފެބުރުއަރީ 23 ވާ ބުރާސްފަތި ދުވަހަށެވެ.  އެ ޤަރާރަކީ، ދެމިގެންދާ ސުލްޙައެއް ޤާއިމު ކުރުމަށް ބާރުދޭ ޤަރާރެކެވެ. ޔޫކްރައިންއާއި ޔޫކްރައިންއަށް އެއްބާރުލުން ދޭ ޤައުމުތަކުން އަމާޒު ހިފާފައިވަނީ ސިޔާސީ މައިދާނުގައި ވީހާވެސް ބޮޑަކަށް ރަޝިއާ އެކަހެރި ކުރުމަށެވެ. އާންމު މަޖިލީހުގެ 4 ބައިކުޅަ 3 ބައި ނުވަތަ އެއަށްވުރެވެސް ބޮޑު ތާޢީދާއެކު ޤަރާރު ފާސް ކުރުމަށެވެ.

ހިމޭނުން އޮތް ޤައުމަކަށް އަސްކަރީ ބާރާއެކު ރަޝިއާއިން އެރި އެރުމަކީ ޣައިރު ޤާނޫނީ އަމަލެއް ކަމަށާ، އެއީ ހުޅަނގާ ދެކޮޅަށް ރަޝިއާއިން ކުރަމުންދާ "ޕްރޮކްސީ" ހަނގުރާމައެއް ކަމަށް ޔޫކްރައިންއާއި ޔޫކްރައިންގެ ސަޕޯޓަރުން ބުނެއެވެ. ކަން މިހެން އޮތް އިރު، ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ޔޫކްރައިންއަށް ހަތިޔާރު ސަޕްލައި ކުރަމުންދަނީ ހުޅަނގުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ރަޝިއާއެކުވެރި ދައުލަތްތައް (އ.ދ.)ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު