Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން ނިމުނީ އެއްބަސްވުމަކަށް ނާދެވި

ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރަޝިޔާގެ ރައީސް ޕުޓިން ވެސް ވިދާޅުވެފައި ވަނީ، އެ ބައްދަލުވުމަކީ އުންމީދީ ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގުޅޭ ގޮތުން ޕުޓިން ވަކި އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.

ޓްރަމްޕް އަދި ޕިއުޓިންގެ މުހިންމު ސަމިޓުގައި ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ އެއްވެސް އެއްބަސްވުމަކާ ހަމައަށް ވާސިލުނުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޯގަސްޓު 2025 | ހޮނިހިރު 11:27
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން، ޕުޓިން އެލަސްކާ އަށް ވަޑައިގެންނެވުމުން ޓްރަމްޕް ޕުޓިން އަށް މަރުޙަބާ ވިދާޅުވަނީ

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން، ޕުޓިން އެލަސްކާ އަށް ވަޑައިގެންނެވުމުން ޓްރަމްޕް ޕުޓިން އަށް މަރުޙަބާ ވިދާޅުވަނީ

ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ބޭއްވެވި ބައްދަލުވުން، އެއްވެސް އެއްބަސްވުމަކަށް ނާދެވި ނިންމާލައިފި އެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ޕުޓިން ވަނީ ހުކުރު ދުވަހު އެލަސްކާ އަށް ވަޑައިގެންފަ އެވެ. އެލަސްކާ އިން ޕުޓިން އަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ވެސް ޓްރަމްޕް އެވެ. އަދި އެއަށް ފަހު ދެ ބޭފުޅުން ވަނީ އެކުގައި މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.

ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން ގާތް ގަނޑަކަށް ތިން ގަޑިއިރުގެ ދިގު މިނަކަށް ދެމިގެން ދިޔަ ނަމަވެސް، ބައްދަލުވުން ނިމުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ނުކުރެވި އެވެ. އެ ބައްދަލުވުމުގެ ކުރިން ޓްރަމަޕް ވިދާޅުވެފައި ވަނީ، އޭނާ ބޭނުން ވަނީ "މިއަދުން މިއަދަށް" ހަނގުރާމަށް ހުއްޓާލުމަށް ކަމަށެވެ. ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުމުގައި ދެ ރައީސުން ވެސް ވަނީ ގިނަ ވާހަކަ ތަކެއް ދައްކަވައިފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް އަދި ވާސިލު ނުވެވޭ ކަމަށެވެ. އެހެން ނަމަވެސް، އެ މަޝްވަރާތަކުން ގިނަ ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ޓްރަމްޕް ސިފަ ކުރެއްވި އެވެ. އަދި ޓްރަމްޕް ވިދާޅުވީ، މިހާތަނަށް އެއްވެސް އެއްބަސްވުމެއް ނެތް ކަމަށާއި، އެއްބަސްވުމެއް އޮންނާނީ އެކަމާ ހަމައަށް ވާސިލުވެވުމުން ކަމަށެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރަޝިޔާގެ ރައީސް ޕުޓިން ވެސް ވިދާޅުވެފައި ވަނީ، އެ ބައްދަލުވުމަކީ އުންމީދީ ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގުޅޭ ގޮތުން ޕުޓިން ވަކި އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.

ޕުޓިން ވިދާޅުވެފައި ވަނީ ލިބުނު ފުރުސަތުގައި ސުލްޙަވެރި ކަމަށް މަގު ފަހި ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕާ އެކު ރަނގަޅު ވާހަކަ ތަކެއް ދެކެވިފައިވާ ކަމަށާއި، އެއީ ފައިދާ ހުރި ބަައްދަލުވުމެއްގެ ގޮތުގައި ވެސް ޕުޓިން ވަނީ ސިފަ ކުރައްވައިފަ އެވެ.

ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުވުމުގައި ޕުޓިން ވިދާޅުވެފައި ވަނީ، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ފެށުނީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ދައުރުގައި ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ ރައީސް ކަމުގައި އޭރު ޓްރަމްޕް ހުންނެވި ނަމަ، އެ ހަނގުރާމަ ނުހިނގާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެ އެވެ. މީގެ ކުރިން ޓްރަމްޕް ވެސް ވަނީ އެ ފަދަ މޭރުމަކުން ތަކުރާރުކޮށް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އެ ހަނގުރާމަ ފެށުނީ ބައިޑަންގެ ދައުރުގައި ކަމަށާއި، އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ބައިޑަން ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އަދި ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވަނީ ބައިޑަންގެ ދައުރުގައި ހާވާފައިވާ އޮތް ހަޑި ސާފު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް އާއި ޕުޓިން އާ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ދައުވަތު ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އަށް ދީފައި ނުވެ އެވެ. އެއީ އެ ބައްދަލުވުމުގައި ޒެލެންސްކީ ބައިވެރި ކުރަން ޕުޓިން ބޭނުންފުޅު ނުވާތީ އެވެ. ބައްދަލުވުމުގައި ޒެލެންސްކީ ބައިވެރިވެފައި ނުވާއިރު، އޭނާ ވިދާޅުވަމުން ގެންދަވަނީ ރަޝިޔާ އިން ބޭނުންވާ ގޮތަށް ޔުކްރެއިން އިން އެ ޤައުމުގެ ސަރަހައްދުން ބައެއް ދޫކޮށް ނުލާނެ ކަމަށެވެ.

ޒެލެންސްކީ އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ މިހާރު ނިންމަން ވެއްޖެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފިޔަވަޅުތައް އަޅަން ވާނީ ރަޝިޔާ އިން ކަމަށާއި، އެމެރިކާ އިން އެކަމަށް ބާރު އަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ޕުޓިންގެ ފޮރިން ޕޮލިސީ އެޑްވައިޒަރު ޔޫރީ އުޝަކޯވް ވިދާޅުވެފައި ވަނީ، ޕުޓިން އާއި ޓްރަމްޕް އަދި ޒެލެންސްކީ ހިމެނޭހެން ތިން ރައީސުންގެ ބައްދަލުވުމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ. އަދި ޓްރަމްޕް އާއި ޕުޓިން ދެ ވަނަ ފަހަރަށް ދެން ބައްދަލު ކުރައްވާނެ ތާރީޚެއް ވެސް ކަނޑައަޅާފަައި ނުވާ ކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ޓްރަމްޕް އާއި ޕުޓިން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. އަދި ރަޝިޔާ ހަނގުރާމަ ފެށުނު ފަހުން، ޕުޓިން ހުޅަނގުގެ ޤައުމަކަށް ވެސް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ހަނގުރާމަ ހުއްޓާލުމުގެ މުހިންމު މަޝްވަރާތައް ކުރެއްވުމަށް ފަހު މިހާރު ޕުޓިން ވަނީ އެލަސްކާ އިން އެނބުރި ޤައުމަށް ވަޑައިގެންފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު