Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ޤައުމީ ފިރިހެން އަދި އަންހެން ވޮލީ ޓީމަށް ޖާޒީ ހަވާލުކޮށްފި

އެ ރަސްމިއްޔާތުގައި ވަނީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ޚާއްސަ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 02:32
ޤަައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށާއި، ހިތްވަރު ދިނުމަށް ބޭއްވި އިވެންޓުގެ ތެރެއިން

ޤަައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށާއި، ހިތްވަރު ދިނުމަށް ބޭއްވި އިވެންޓުގެ ތެރެއިން

ބުރާސްފަތި ދުވަހު ރާއްޖޭގައި ފަށާ ފޯ ނޭޝަންސް ކަޕް ވޮލީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން އަދި އަންހެން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި އެވެ.

މިއީ މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތެވެ. މީގެ އިތުރުން މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އިންވިޓޭޝަނަލް ފުރަތަމަ ވޮލީ މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ އަފްޣާނިސްތާން، މެލޭޝިޔާ އަދި ސިންގަޕޫރު އެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓީމުތަކުން ވަނީ ތައިލެންޑުގައި ތަމްރީނު ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ އެކަމަށްޓަަކައި ޒުވާނުންގެ މަރުކަޒުގައި ބުދަ ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް އެވެ. އެ ރަސްމިއްޔާތުގައި ވަނީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ޚާއްސަ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ސެޝަން ކުރިއަށް ގެންގޮސްދިނީ ޙުސެއިން ޢަފީފް އެވެ. އެ ސެޝަންގައި އޭނާާ ވަނީ ޓީމެއްގެ ގޮތުގައި ކުރިއަށް ގޮސް، ކާމިޔާބީ ހާސިލްކުރުމަށް ބޭނުންވާ ނަމަ، ސަމާލުކަން ދޭންވީ ކަންކަމާއި، ކޯޓު މަތީގައި ހުންނަ އިރު ކޮންމެ ކުޅުންތެރިޔަކު ވެސް ސަމާލުކަން ދޭންވީ ބައެއް ކަންކަމަށް އަލި އަޅުވައިފަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު މަޚްލޫފް ވެސް ވަނީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފަ އެވެ.

މުބާރާތް ރާއްޖޭގައި ފަށާނީ ބުރާސްފަތި ދުވަހުގެ މެންދުރު އެވެ. ބުރާސްފަތި ދުވަހުގެ މެންދުރު 14:30 ގައި އޮންނަ ފިރިހެން މެޗުގައި ބައްދަލުކުރާނީ އަފްޣާނިސްތާނާއި ސިންގަޕޫރު އެވެ. އަދި 16:30 ގައި އޮންނަ އަންހެން މެޗުގައި ބައްދަލު ކުރާނީ ރާއްޖެ އާއި މެލޭޝިޔާ އެވެ. ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ރާއްޖޭގެ ޤައުމީ ފިރިހެން ޓީމުން ވެސް ނުކުންނާނީ މެލޭޝިޔާއާ ދެކޮޅަށެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ރައުންޑްރޮބިން އުސޫލުންނެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައުމީ ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު