Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކާވާ ފިރިހެން ވޮލީބޯޅަ ޗެމްޕިއަންޝިޕު

ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ރާއްޖެ އަށް ނިމިފައިވާއިރު، ރާއްޖެ ދެން ކުޅެނީ ކްލެސިފިކޭޝަން މެޗުގައި ތަޖަކިސްތާނާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2024 | ބުރާސްފަތި 05:00
ރާއްޖެ އިން ކުޅުނު މެޗުގެ ތެރެއިން

ރާއްޖެ އިން ކުޅުނު މެޗުގެ ތެރެއިން

ކާވާ ފިރިހެން ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ލީގު ބުރުގައި ދިވެހި ރާއްޖެ އިން ކުޅުނު ފަހު މެޗުގައި ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި އެވެ.

މުބާރާތުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ތުރުކެމިނިސްތާން އަތުން ބަލިވީ ފަސް ސެޓު ކުޅެގެންނެވެ. ތިން ވަނަ މެޗުގައި އަފްޣާނިސްތާނާ ދެކޮޅަަށް ނިކުތްއިރު، އެ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އަދި ހަތަރު ވަނަ މެޗުގައި މުބާރާތް ބާއްވާ ޤައުމު އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ.

ލީގު ބުރުގައި ރާއްޖޭގެ ފަހު މެޗުގައި ބުދަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. މިއީ މިއަހަރުގެ މުބާރާތުގައި ރާއްޖެ އަށް ހޯދުނު ފުރަތަމަ މޮޅެވެ.

މެޗު ފުރަތަމަ ސެޓު ފަށައިގެން ރާއްޖެ އިން ލީޑުގައި ކުޅެމުން ދިޔަ ނަމަވެސް، ދެ ފަހަރެއްގެ މަތިން ތަޖަކިސްތާނުން ވަނީ ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ލީޑު ނަގައި، ރާއްޖެ އިން ފުރަތަމަ ސެޓު ކާމިޔާބު ކުރީ 25-20ންނެވެ. ދެ ވަނަ ސެޓު ފަށައިގެން ވެސް ލީޑުގައި ކުޅެމުން ދިޔައީ ރާއްޖެ އިންނެވެ. ނަމަވެސް ސެޓުގެ މެދަކާ ހަމައިން ތަޖަކިސްތާނުން ވަނީ އެއްވަރުކޮށް، ލީޑު ވެސް ނަގައިފަ އެވެ. އެ ލީޑުގައި އޮވެ އެ ޓީމުން ދެ ވަނަ ސެޓު ކާމިޔާބު ކުރީ 20-25ންނެވެ.

ރާއްޖެ އިން ވަނީ ޖެހިގެން ކުޅުނު ދެ ސެޓު ވެސް ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. ތިން ވަނަ ސެޓު ފަށައިގެން ތަޖަކިސްތާނުން ލީޑު ނެގި ނަމަވެސް، ރާއްޖެ އިން ވަނީ ވަކި ހިސާބަކުން ސެޓުގައި ކުރި ހޯދައިފަ އެވެ. ރާއްޖެ އިން ހޯދި ލީޑުގައި އޮވެ މި ސެޓު ކާމިޔާބު ކުރީ 25-23 އިންނެވެ. ފަހު ސެޓުގައި ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ސެޓުގެ ފަހު ވަގުތު ކުރި ހޯދައި ރާއްޖެ އިން ވަނީ 25-22ން ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ.

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ރާއްޖެ އަށް ނިމިފައިވާއިރު، ރާއްޖެ ދެން ކުޅެނީ ކްލެސިފިކޭޝަން މެޗުގައި ތަޖަކިސްތާނާ ދެކޮޅަށެވެ.

ކާވާ ވޮލީ ބޯޅަ ޗެމްޕިއަންޝިޕްގައުމީ ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ކާވާ މުބާރާތުގެ ޓޮޕް ސްކޯރާ އަކަށް ކުޑަކާއްޓެ

ކާވާ މުބާރާތުގެ ޓޮޕް ސްކޯރާ އަކަށް ކުޑަކާއްޓެ

26 އޮކްޓޯބަރު 2024
ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

23 އޮކްޓޯބަރު 2024
އަފްޣާނިސްތާން އިން ރާއްޖެ ބަލި ކުރީ ސީދާ ތިން ސެޓުން

އަފްޣާނިސްތާން އިން ރާއްޖެ ބަލި ކުރީ ސީދާ ތިން ސެޓުން

21 އޮކްޓޯބަރު 2024
ޤައުމީ ފިރިހެން ވޮލީ ޓީމާ ޖާޒީ ހަވާލުކޮށްފި

ޤައުމީ ފިރިހެން ވޮލީ ޓީމާ ޖާޒީ ހަވާލުކޮށްފި

10 އޮކްޓޯބަރު 2024
މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

14 މެއި 2024

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު