Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތުރުކީ-ސީރިޔާ ބިންހެލުން

ހޯމަ ދުވަހުގެ ބިންހެލުމަށްފަހު އިތުރު 90 ލޮޅުން!

21 ފެބުރުއަރީ 2023 | އަންގާރަ 17:22

ބިންހެލުމަށްފަހު ސިލްސިލާކޮށް އައި ލޮޅުންތަކުގެ ސަބަބުން، ގިނަ ސަރަހައްދުތަކެއްގެ މަގުތައް ފުރިފައިވަނީ އެކި ކަހަލަ ކުނިބުންޏާއި ނަޖިހުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 21 ފެބުރުއަރީ 2023 | އަންގާރަ 17:22
ފެބްރުއަރީ 20 ވަނަ ދުވަހު ތުރުކީއަށް ވަނީ އަނެއްކާވެސް އިތުރު ދެ ބިންހެލުން އައިސްފައި

ފެބްރުއަރީ 20 ވަނަ ދުވަހު ތުރުކީއަށް ވަނީ އަނެއްކާވެސް އިތުރު ދެ ބިންހެލުން އައިސްފައި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރުކީއާއި ސީރިޔާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމަށް ދެ ހަފުތާވެ، އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމާތްކުރުމުގެ މަސައްކަތްތައް މަޑުޖެހެން ފަށާފައިވަނިކޮށް، ފެބްރުއަރީ 20 ވަނަ ދުވަހު އެސަރަހައްދަށް އިތުރު ދެ ބިންހެލުން ވަނީ އައިސްފައެވެ.

ފެބްރުއަރީ 20 ވަނަ ދުވަހު އައި ބިންހެލުންތަކުގެ ބާރުމިނުގައި 6.4 މެގްނިޓިއުޑް އަދި 5.8 މެގްނިޓިއުޑް ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. ތުރުކީގެ އިރު ދެކުނުން، ސީރިޔާގެ ބޯޑަރު ކައިރިން އައި ފަހުގެ ބިންހެލުންތަކަށް ފަހު 90 ލޮޅުން އައިސްފައިވާކަމަށް، ތުރުކީގެ ޑިޒާސްޓަރ އިމަރޖެންސީ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

މިއާއެކު މަހުގެ ކުރީކޮޅު 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އެގައުމަށް އައި ބާރުގަދަ ބިންހެލުންތަކުގެ އަސަރު ކުރި ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ، ގެދޮރު ގެއްލިފައިވާ މީހުންގެ ހިތްތަކަށް އިތުރު ބިރުވެރިކަން ގެނުވިއެވެ. ތުރުކީގެ އަންޓަކިޔާ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ސީރިޔާގެ އިތުރުން މިސްރާއި ލުބްނާނަށްވެސް ވަނީ ކޮށްފައެވެ.

ކުޑަ މުއްދަތެއްގެ ތެރޭގައި އެއް ސަރަހައްދަކަށް އައި ބާރުގަދަ ބިންހެލުންތަކާއެކު އެސަރަހައްދުތަކުގައި ދިރިއުޅެންވެސް ގިނަ މީހުން ޖެހިލުންވެއެވެ. ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެހެން ސަރަހައްދުތަކަށް ދިރިއުޅުން ބަދަލުކުރަން ފަށައިފައެވެ.

މިހާތަނަށް ރިޕޯޓުކޮށްފައިވާގޮތުން ފެބްރުއަރީ 20 ވަނަ ދުވަހު އައި ބިންހެލުންތަކުގައި ތުރުކީން މަރުވި މީހުންގެ އަދަދަކީ ހައެކެވެ. މިހާދިސާގައި 200ށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ފެބްރުއަރީ ހަވަނަ ދުވަހު އައި ބިންހެލުމުގައި ތުރުކީން އެކަނި މަރުވި މީހުންގެ އަދަދު 42،000ން މައްޗަށް އަރާފައިވާއިރު، އެތައް ހާސް ބަޔަކަށް ވަނީ އަނިޔާވެފައެވެ. އެގައުމުގެ އެތައް ހާސް އިމާރާތެއް ބިމާ ހަމަވެފައިވާއިރު، އެތައް މިލިއަން ބަޔަކު ވަނީ މަގުމަތިވެފައެވެ.

ގެދޮރު ގެއްލުމުގެ ސަބަބުން ގިނަ ބަޔަކު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާއިރު، އެސަރަހައްދުތަކުގައި ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ބިރު އެބައޮތްކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ފާޅުކޮށްފައެވެ.

އެ ސަރަހައްދުތަކުގެ ފެނާއި ނަރުދަމާ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސިއްހީ ދާއިރާވެސް އޮތީ އިނދަޖެހިފައެވެ. އާލާތާއި އިންސާނީ ވަސީލަތުގެ ގޮތުންވެސް ހީނަރުކަން ކުރިމަތިވެފައިވާއިރު، ގިނަ ހޮސްޕިޓަލްތަކެއްވެސް ވަނީ ބިމާ ހަމަވެފައެވެ.

ބިންހެލުމަށްފަހު ސިލްސިލާކޮށް އައި ލޮޅުންތަކުގެ ސަބަބުން، ގިނަ ސަރަހައްދުތަކެއްގެ މަގުތައް ފުރިފައިވަނީ އެކި ކަހަލަ ކުނިބުންޏާއި ނަޖިހުންނެވެ. ސާފުކުރުމުގެ މަސައްކަތް ދުރާލައި ނުފެށިއްޖެނަމަ، ހަލުވިކަމާއެކު ގައިން ގަޔަށް އަރާ ބަލިމަޑުކަމެއް ފެށިދާނެކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ވަނީ ދެއްވާފައެވެ.

އެތައް ހާސް ބަޔެއްގެ ފުރާނަ ގެއްލި އެތައް ހާސް ބަޔެއްގެ ގެދޮރު ބިމާ ހަމަކޮށްލި ބިންހެލުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ އެފަދަ ދެވަނަ ބިންހެލުންތަކެއް ތުރުކީއަށް އައިސްފައިވާއިރު، މިފަދަ ބާރުގަދަ ބިންހެލުންތައް ތުރުކީގެ އެހެން ހިސާބުތަކަށް ވެސް އަންނާނެކަމުގެ އިންޒާރު ސައިންސްވެރިން ވަނީ ދީފައެވެ.

އެގޮތުން، މީގެކުރިން ތުރުކީއަށް އައިސްފައިވާ ބިންހެލުންތަކުގެ ޑާޓާތަކަށް ބެލުމަށްފަހު ސައިންސްވެރިން ވަނީ، މަރްމަރާ ކަނޑުގެ އަޑީގައި އޮންނަ ފޯލްޓް ލައިން އަންނަނީ ކައިރިވަމުންކަމަށް ފާހަގަކޮށްފައެވެ.

ފޯލްޓް ލައިނަކީ ދުނިޔޭގެ ފަށަލައިގައި ލާފައި ހުންނަ ދިގު ރެނދަކަށްވާއިރު، އާންމުކޮށް ބިންހެލުން އަންނާނީ މި ފޯލްޓް ލައިނަށް ގުޑުމެއް އަރައިގެންނެވެ. އެގޮތުން، ރިސަރޗްތަކުން އުތުރު އެނަޓޯލިއަން ފޯލްޓް ލައިން ހަރަކާތްކުރާ މިންވަރު އެނގޭކަމަށާއި، ފޯލްޓް ލައިން މިގޮތަށް ހަރަކާތްކުރާނަމަ ބިން ހެލުން އައުމަށް މަގުފަހިވެގެންދާ ލައިނަށް އޭގެ އަސަރުކުރާނެކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

ތުރުކީ އޮންނަ ހިސާބަކީ ޓެކްޓޯނިކް ޕްލޭޓްސްތަކުގެ ހަރަކާތްތެރިކަން އިތުރު ސަރަހައްދެކެވެ. އެހެންކަމުން އެސަރަހައްދަށް ބިންހެލުން އައުމަކީ ކައިރިކަމެކެވެ. އުތުރު އެނަޓޯލިއަން ފޯލްޓް ލައިން ދަނީ ޔުރޭޝަންއާއި އެނަޓޯލިއަން ޕްލޭޓްސް ދެބައިކޮށް މަރްމަރާ ކަނޑުތެރެއިންނެވެ. އެއީ ތުރުކީގެ އިސްތަންބޫލް ސިޓީގެ ދެކުނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
22 އޯގަސްޓު 2017

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
11 އޯގަސްޓު 2017

ޢަރަފާތް ދުވަހުގެ މާތްކަން

11 އޯގަސްޓު 2017
ޢަރަފާތް ދުވަހުގެ މާތްކަން
11 ޖޫން 2017

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
21 ފެބުރުއަރީ 2017

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
15 ޖެނުއަރީ 2017

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

15 ޖެނުއަރީ 2017
ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް