Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބައިޑެން ކީވްއަށް ވަޑައިގަތުން

ބައިޑެން ކީވްއަށް ކުރެއްވި ސިއްރު ދަތުރުފުޅު: 10 ގަޑިއިރު ޓްރެއިންގައި، ފޯނުތައް މަނާ

ބައިޑެން ޔޫކްރެއިނަށް ދަތުރު ކުރައްވަން އުޅުއްވާކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ފެބުރުއަރީ 2023 | އަންގާރަ 03:23
އެމެރިކާގެ ރައީސް ޖޯ ބައިޑެން ޔޫކްރެއިންގެ ކީވްއަށް ވަޑައިގެންނެވުން

އެމެރިކާގެ ރައީސް ޖޯ ބައިޑެން ޔޫކްރެއިންގެ ކީވްއަށް ވަޑައިގެންނެވުން

އެމެރިކާގެ ރައީސް ޖޯ ބައިޑެން ޔޫކްރެއިންގެ ކީވްއަށް ވަޑައިގެންނެވީ ނުހަނު ސިއްރިއްޔާތުގައެވެ.

މީގެ ކުރިންވެސް އެމެރިކާގެ ރައީސުން ހަނގުރާމަ ހިނގަމުންދާ ޤައުމުތަކަށް ދަތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި އިރާޤާއި އަފްޣާނިސްތާނު ހިމެނެއެވެ. ނަމަވެސް އެ ދަތުރުފުޅުތަކަކީ އެމެރިކާގެ އަސްކަރިއްޔާގެ ބޮޑު ބެކަޕެއްވެސް ހިމެނިގެން ކުރައްވާފައިވާ ދަތުރުފުޅުތަކެކެވެ.

ބައިޑެން ޔޫކްރެއިނަށް ދަތުރު ކުރައްވަން އުޅުއްވާކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އެކަމަށް އަމަލީ ސިފަ އައިސްފައިމިވަނީ އެހާމެ ސިއްރިއްޔާތުގައެވެ. މުޅި ދަތުރުގެ ޚަބަރުވެސް ފެންމަތިވީ ބައިޑެން ޔޫކްރެއިނަށް ވަޑައިގެންނެވުމުންނެވެ.

ހޯމަ ދުވަހު ބައިޑެން އެމެރިކާއިން ޕޮލެންޑުގެ ވެރިރަށް ވާރސޯއަށް ވަޑައިގެންނެވުމަށް އޮތީ ތާވަލު ކޮށްފައެވެ. އެހެންނަމަވެސް، އާދިއްތަ ދުވަހުގެ ހެނދުނު އެއާފޯސް 1 ވަނީ އެ ދަތުރު ފަށާފައެވެ.

އޭރު އޮން ބޯޑުގައި ތިބީ ބައިޑެންގެ އެންމެ އަރިސް ބޭފުޅުންނާއި، މެޑިކަލް ޓީމަކާއި، ސެކިއުރިޓީންނެވެ.

އޭގެ އިތުރުން 2 ނޫސްވެރިއެއްވެސް ތިއްބެވެ. ނަމަވެސް ދަތުރު ނިމެންދެން އެމީހުންގެ ފޯނުތައް ހުރީ ސީކްރެޓް ސަރވިސްގެ ބެލުމުގެ ދަށުގައެވެ.

މި ދަތުރުފުޅުގެ ގަޑިއިރުތަކެއް ކުރިން އެމެރިކާއިން ވަނީ ރަޝިއާއަށް ދަތުރުފުޅުގެ މައުލޫމާތު އަރުވާފައެވެ. އެކަން އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިސަރ ޖޭކް ސުލިވަން ޔަޤީންކޮށްދެއެވެ. އެއީ ދެ ޤައުމެއްގެ މެދުގައި ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއާއި ރަޝިއާއާމެދު ނުތަނަވަސްކަމެއް ނުބޭއްވުމަށްޓަކައި އެޅި ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.   

ޕޮލެންޑަށް ވަޑައިގެންނެވުމަށްފަހު، ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަޑައިގެންނެވުމަށްޓަކައި ބައިޑެން ވަނީ 10 ގަޑިއިރު ރޭލުގައި ދަތުރު ކުރައްވާފައެވެ. މިއީ މީގެ އެއްއަހަރު ކުރިން ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާތައް ދޭންފެށިފަހުން ބައިޑެން ޔޫކްރެއިން އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ފަހުން ޒެލެންސްކީގެ އަރިހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ބައިޑަން ދެއްކެވި ވާހަކަފުޅުގައި ވަނީ، ނާއިބު ރައީސަކަށް ހުންނެވިއިރު ހަ ފަހަރު ޔޫކްރެއިނަށް ވަޑައިގެންނެވިކަން ފާހަގަކުރައްވައި، އޭރުވެސް އަދި އެނބުރި އެ ގައުމަށް ވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއިން ދޭ އިތުރު 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އަންގާރަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ހަނގުރާމައަށް އަހަރެއް ފުރެން ތައްޔާރުވެފައިވާ މި ދަނޑިވަޅާ ދިމާކޮށް އެމެރިކާގެ ރައީސްގެ ދަތުރުފުޅުގެ ސަބަބަބުން ޔޫކްރެއިންގެ އާންމު ރައްޔިތުންގެ ހިތްވަރު ވަރަށް ބޮޑަށް އާވެގެން ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީވެސް ވަނީ މިދިޔަ ޑިސެމްބަރުމަހު އެމެރިކާއަށް ކުއްލި ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ ޔޫކްރެއިނަށް އިތުރު ހަތިޔާރާއި އެހީ ފޯރުކޮށްދިނުމަށް ކޮންގްރެސްގެ ކިބައިން އެދިވަޑައިގެންނެވުމަށެވެ.

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2018

ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު: ވިސާގެ މައްސަލައަށް ބޮޑު އުއްމީދެއް!

14 ޑިސެމްބަރު 2018
ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު: ވިސާގެ މައްސަލައަށް ބޮޑު އުއްމީދެއް!
11 ޑިސެމްބަރު 2018

ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް

11 ޑިސެމްބަރު 2018
ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް
12 އޮކްޓޯބަރު 2018

ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!

12 އޮކްޓޯބަރު 2018
ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!
21 ސެޕްޓެމްބަރު 2018

އިބޫގެ ކެމްޕެއިން ދަތުރުފުޅުތައް: ތާއީދު ފެނުނީ ކިހިނެއް؟

21 ސެޕްޓެމްބަރު 2018
އިބޫގެ ކެމްޕެއިން ދަތުރުފުޅުތައް: ތާއީދު ފެނުނީ ކިހިނެއް؟
17 ސެޕްޓެމްބަރު 2018

އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!

17 ސެޕްޓެމްބަރު 2018
އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު