Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑަށް ހުއްޓުމެއް ނެތް، ވިދާލީ ރަޝްފޯޑު

މެޗުގައި ރަޝްފޯޑު ވަނީ ދެ ލަނޑު ޖަހާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ފެބުރުއަރީ 2023 | ހޯމަ 06:13
ލެއިސްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަޝްފޯޑު ދެ ވަނަ ލަނޑު ޖަހަނީ

ލެއިސްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަޝްފޯޑު ދެ ވަނަ ލަނޑު ޖަހަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލެއިސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑުގެ މޮޅުވެއްޖެ އެވެ.

ލީގުގައި މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔުނައިޓެޑުން އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލެއިސްޓާގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ. މި މެޗުގައި ވެސް ވިދާލީ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑު އެވެ. މިފަހަކަށް އައިސް އޭނާ އަންނަނީ ރަނގަޅު ފޯމެއްގައި ހުރެ މޮޅަށް ކުޅެމުންނެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ރަޝްފޯޑު އެވެ. އެއީ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ޖައްސާލި ބޯޅައެއް ހުސްކޮށް ހުރެ، ލެއިސްޓާގެ ގޯލް ކީޕަރު ކައިރިން ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ޔުނައިޓެޑުގެ އަނެއް ދެ ލަނޑު ވެސް ފެނުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގެ 56 ވަނަ މިނެޓުގައި ރަޝްފޯޑު ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. އެއީ ފްރެޑް ދިން ބޯޅައެއް ލެއިސްޓާގެ ކީޕަރުގެ ފައި ދަށުން ގޯލަށް ފޮނުވާލައިގެންނެވެ. އެ ލަނޑު ބަލައި ގަންނަން ރެފްރީ ނިންމީ ވީއޭއާރުން ބެލުމަށްފަހު އެވެ. އެއީ ލަނޑު ޖެހި ވަގުތު ރަޝްފޯޑު ހުރީ އޮފްސައިޑުގައިތޯ ޔަޤީން ކުރުމަށެވެ. ޔުނައިޓެޑުގެ ތިން ވަނަ ލަނޑު 61 ވަނަ މިނެޓުގައި ފެނާންޑޭސް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯ އެވެ.

މެޗުން މޮޅުވެ ޔުނައިޓެޑު ވަނީ ތިން ވަނަ މަގާމު ދަމަހައްޓައިފަ އެވެ. ކުޅުނު 24 މެޗުން އެ ޓީމަށް ލިބެނީ 49 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ލިބެނީ 52 ޕޮއިންޓެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އާސެނަލް އޮތީ 54 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު