Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޞާލިހު އާއި އެކު ކޯލިޝަން ހެދުން

ގާސިމް ހުންނެވީ ވަރަށް ޕޮޒިޓިވްކޮށް، ކޯލިޝަންގެ އުންމީދު ބޮޑު: ނިޔާޒް

19 ފެބުރުއަރީ 2023 | އާދީއްތަ 10:34

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ޤާސިމް އާއި ބައްދަލުކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ފެބުރުއަރީ 2023 | އާދީއްތަ 10:34
ރައީސް ޞާލިހުގެ ވަފުދުން ގާސިމާ ބައްދަލުކުރެއްވުން --

ރައީސް ޞާލިހުގެ ވަފުދުން ގާސިމާ ބައްދަލުކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު އާއި އެކު ކޯލިޝަން ހެއްދެވުމާއި މެދު ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ހުންނެވީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

ރައީސްގެ ފަރާތްޕުޅުން ޤާސިމް އާއި މަޝްވަރާކުރެއްވުމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ވަޑައިގަންނަވާފައެވެ. އެ ދެ ބޭފުޅުންނާއި ޤާސިމް އާއި އެކުގައި ސަން އައިލެންޑް ރިސޯޓްގައި ޤާސިމް އާއި ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯ އެއް ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފައެވެ. "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ އެ ބައްދަލުވުމަކީ ރަސްމީ ބައްދަލުވުމެއް ކަމަށާއި ޤާސިމް އާއި ބައްދަލުކުރައްވަން ވަޑައިގަތީ ރައީސްގެ ފަރާތްޕުޅުން މަންދޫބުންގެ ގޮތުގައި ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް މި ފަދަ ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ދާނެ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި ގާސިމް އާއި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ކޯލިޝަން ހެދުމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޞާލިހު އަށް ރިޔާސީ ޓިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށް ވިދާޅުފައެވެ. އަދި އޭގެ ކުރިން ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރޭގައި އެ މަނިކުފާނު ވަނީ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެ ފޯމިއުލާ އޮތް ކަމަށް ވިދާޅުވެފައެވެ. މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވަނީ ރިޔާސީ އިންތިޚާބާއި ހަމަައަށް ވަޑައިގަންނަވާނީ ކޯލިޝަން އަކާއި އެކުގައި ކަމަށް ވިދާޅުވެފައެވެ. ރައީސް ޞާލިހު ވަނީ އެއްވެސް ޕާޓީ އަކަށް އެކަނި ނުކުމެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ކުރި ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ވެރިކަމަށް ހޮވަންވީ އެހެން ޕާޓީތަކާއި އެކު މަސައްކަތްކުރުމުގެ ޤާބިލްކަން ހުރި ފަރާތެއް ކަމަށާއި އެ ގޮތަށް އެހެން ޕާޓީތަކާއި އެކު މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި ވެރިއަކީ އެމަނިކުފާނު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް