Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖިމީ ކާޓަރގެ ސިއްޙީ ހާލުކޮޅު

ޖިމީ ކާޓަރ އަށް ދެން އިތުރު މެޑިކަލް "އިންޓަރވެންޝަން" ތައް ނުދޭނެ

19 ފެބުރުއަރީ 2023 | އާދީއްތަ 04:39

އުމުރުފުޅުން 98 އަހަރުގެ ކާޓަރ އަކީ މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ އުމުރުފުޅުން ދޮށީ ކުރީގެ ރައީސް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 19 ފެބުރުއަރީ 2023 | އާދީއްތަ 04:39
ޖިމީ ކާޓަރ

ޖިމީ ކާޓަރ

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އަށް ދެން އިތުރު މެޑިކަލް "އިންޓަރވެންޝަން" ތައް ދިނުމުގެ ބަދަލުގައި ބޭނުންފުޅުވާ "ހޮސްޕިސް ކެއާ" އާ އެކު އޮންނަވާނީ ގެކޮޅުގައި އާއިލާއާ އެކު ކަމަށް ކާޓަރ ސެންޓަރުން ބުނެފި އެވެ. މެޑިކަލް "އިންޓަރވެންޝަން" ދިނުމަކީ ދިމާވާ ކުއްލި ސިއްހީ މައްސަލަތަކުގައި ބޭސްވެރިކަމުގެ ގޮތުން ޑޮކްޓަރުން ދޭ އަވަސް ފަރުވާއެވެ.

ކާޓަރ އަށް އާއިލާ އާއި ޚާއްސަ މެޑިކަލް ޓީމުގެ ފުރިހަމަ ސަޕޯޓު ލިބިވަޑައިގަންނަވާކަމަށާއި މި މުހިންމު ދަނޑިވަޅުގައި އާއިލާ އަށް ބޭނުންވަނީ "ޕްރައިވަސީ" ކަމަށް ކާޓަރ ސެންޓަރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ޖިމީ ކާޓަރ އަށް ކާފަ ވިދާޅުވާ ޖޯޖިޔާގެ ކުރީގެ ސެނެޓަރެއް ކަމަށްވާ ޖޭސަން ކާޓަރ ވަނީ ކާފާފުޅުގެ ދެކަނބަލުން މިވަގުތު ތިއްބެވީ ހަމަޖެހިގެން އުފަލުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެދެކަނބަލުންގެ ގެކޮޅަކީ އަބަދުވެސް ލޯތްބާއި އުފާވެރިކަމުން ފުރިގެންވާ ތަނެއްކަމަށް ވިދާޅުވެ ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ފާޅުކުރަމުން ގެންދާ ހެޔޮއެދުމުގެ ޝުއޫރުތަކަށް ޖޭސަން ޝުކުރު އަދާ ކުރައްވާފައި ވެއެވެ.

ޖިމީ ކާޓަރ އާއި އަނބިކަނބަލުން ރޮސްލީން ވަނީ 2021 ގައި ކައިވެނިފުޅަށް 75 އަހަރު ފުރުން ފާހަގަ ކުރައްވާފައެވެ. އެދެކަނބަލުންނަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

ޖިމީ ކާޓަރ އަށް ވަނީ މިފަހުން ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައެވެ. މިގޮތުން މެލަނޯމާ ކިޔާ ހަމުގެ ކެންސަރު ޖެހިވަޑައިގެން ބަލީގެ އަސަރު ލިވަރ އަދި ސިކުނޑި ހިމެނޭހެން ހަށިކޮޅުގެ އެހެން ބައެއް ގުނަވަންތަކަށް ވެސް ވަނީ ކޮށްފައެވެ.

އުމުރުފުޅުން 98 އަހަރުގެ ކާޓަރ އަކީ މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ އުމުރުފުޅުން ދޮށީ ކުރީގެ ރައީސް އެވެ. ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ކާޓަރ އެމެރިކާގެ ރައީސް ކަން ކުރެއްވީ އެއް ދައުރުގައެވެ. އެއީ 1977 އިން 1981 އަށެވެ. ދެވަނަ ދައުރަކަށް ކުރިމަތި ލެއްވި ނަމަވެސް އެފަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވީ ރޮނަލްޑް ރޭގަން އެވެ.

1924 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޖިމީ ކާޓަރ ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވީ ފަސްދޮޅަހުގެ އަހަރުތަކުގައި ސްޓޭޓް ސެނެޓަރަކަށް ހޮވިވަޑައިގެންނެވި ހަމައިންނެވެ. އެއަށް ފަހު 1971 ވަނަ އަހަރު ގަވަރުނަރަކަށް ހޮވިވަޑައިގެންނެވިއެވެ. އޭގެ ހަ އަހަރު ފަހުން ބޭއްވުނު އިންތިޚާބްގައި އޭރު ރައީސް ކަމުގައި ހުންނެވި ގެރަލްޑް ފޯޑް ބަލި ކުރައްވާ ރައީސް ކަމަށް، އަދި 39 ވަނަ ކޮމާންޑަރ އިން ޗީފް ކަމަށް ވަޑައިގެންނެވި އެވެ.

ވައިޓް ހައުސް އިން ނުކުމެވަޑައިގެންނެވުމަށް ފަހު ވެސް ޖިމީ ކާޓަރ ގެންދެވީ ތަފާތު އިޖްތިމާއީ މަސައްކަތްޕުޅު ތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރެއްވުމަށް ކާޓަރ ކުރެއްވި މަސައްކަތް ޕުޅަށް 2002 ވަނަ އަހަރު ނޯބެލް ޕީސް ޕްރައިސް ވެސް ލިބިވަޑައިގެންފައިވެއެވެ.

ޖިމީ ކާޓަރ އެންމެ ފަހުން އުފަން ދުވަސް ފާހަގަކުރައްވާފައިވަނީ އޭނާ އާއި އަނބިކަނބަލުން ވެސް އުފަންވެވަޑައިގެންނެވި ކުޑަ އަވަށެއް ކަމަށްވާ ޕްލެއިންސްގައެވެ.  

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟
17 އޮކްޓޯބަރު 2017

ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

17 އޮކްޓޯބަރު 2017
ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟
11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
11 ޖޫން 2017

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
21 ފެބުރުއަރީ 2017

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
15 ޖެނުއަރީ 2017

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

15 ޖެނުއަރީ 2017
ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް