Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އެސްޓަން ވިލާ މެޗުން ޚާއްސަ ފިލާވަޅުތަކެއް ލިބުނު: ޒިންޗެންކޯ

19 ފެބުރުއަރީ 2023 | އާދީއްތަ 02:16

ހުރިހާ އެންމެން ވެސް އެންމެ ފަހު ވަގުތާ ހަމައަށް އުންމީދު ކަނޑާނުލައި ތިބެން ވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2023 | އާދީއްތަ 02:16
އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ޒިންޗެންކޯ

އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ޒިންޗެންކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ޚާއްސަ ފިލާވަޅުތަކެއް ލިބުނު ކަމަށް އާސެނަލަށް ކުޅެމުން އަންނަ ޔޫކްރެއިންގެ އޮލެކްސަންޑާ ޒިންޗެންކޯ ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 4-2 އިންނެވެ. އެ މެޗުގައި އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިދިނީ ވެސް ޒިންޗެންކޯ އެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޒިންޗެންކޯ ބުނީ، މެޗާ ގުޅޭ ގޮތުން އޭނާ ބުނަން ބޭނުންވަނީ ދެ ވާހަކަ އެއް ކަމަށެވެ. އެގޮތުން މެޗުގައި ނެގީ ޤަބޫލު ކުރަން ވެސް ދަތި ފިލާވަޅެއް ކަމަށާއި، ހުރިހާ އެންމެން ވެސް އެންމެ ފަހު ވަގުތާ ހަމައަށް އުންމީދު ކަނޑާނުލައި ތިބެން ވާނެ ކަމަށެވެ. ޒިންޗެންކޯ ބުނީ ކުރިން ވެސް އޭނާ ފާހަގަ ކޮށްފައިވާ ގޮތަށް އާސެނަލްގައި ތިބި ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން ތަކެއް ކަމަށެވެ. އަދި އެ ކުޅުންތެރިންނާއެކު ބޭނުންވާ ހުރިހާ ކަމެއް ވެސް ހާސިލް ކުރެވޭނެ ކަމަށާއި، އެއީ އުންމީދު ގެއްލުވާ ނުލައި މަސައްކަތް ކުރާ ނަމަ ވާނެ ކަމެއް ކަމަށެވެ. އޭނާ ބުނީ މެޗުގެ ދެ ވަނަ ހާފުގައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނު ކުޅުމަކީ ކުރިއަށް ދާން ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

މީގެ އިތުރުން ޒިންޗެންކޯ ބުނީ މިއީ ޕްރިމިއާ ލީގު ކަމަށާއި، އެ ލީގަކީ ދުނިޔޭގައި އޮތް އެންމެ ވާދަވެރި ލީގު ކަމަށެވެ. އަދި އެސްޓަން ވިލާ މެޗު ވެގެންދިޔައީ ވަރަށް މުހިންމު މެޗަކަށް ކަމަށާއި، ނަމަވެސް އެ މެޗުގެ ފެށުން ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. ޒިންޗެންކޯ ބުނީ ކުޅުންތެރިންނަށް ފުރަތަމަ ހާފުގައި އެންމެ ބޭނުންވާ ގޭމު ވެސް ނުކުޅެވުނު ކަމަށާއި، އެކަން ބަދަލުވެގެން ދިޔައީ ހާފް ޓައިމްގައި ކުޅުންތެރިން ދެކެވުނު ވާހަކަ އާއި، ކަނޑައެޅި އަޒުމުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ ދެ ވަނަ ހާފަށް ނުކުމެ އެތައް ކަމެއް ރަނގަޅު ކުރުމަށް އަޒުމު ކަނޑައެޅި ކަމަށާއި، އެކަން ފެންނަން ވެސް ފެނުނު ކަމަށެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި އާސެނަލް އޮތީ ކުޅުނު 23 މެޗުން 54 ޕޮއިންޓާއެކު އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް