Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޓެން ހާގާއި ކުޅުންތެރިންގެ ފޯކަސް ހުރީ ދަނޑު މައްޗަށް

ޓެން ހާގް ބުނީ ޔުނައިޓެޑާ ގުޅިގެން ކުރިއަށްދާ ކަމެއް ނަމަ، އެކަމެއް ފޮލޯ ކުރަމުން ދާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ފެބުރުއަރީ 2023 | ހޮނިހިރު 06:24
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިންނާއި އޭނާގެ ފޯކަސް ހުރީ ދަނޑު މައްޗަށް ކަމަށް، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ޓެން ހާގް މިހެން ބުނީ ޔުނައިޓެޑު ވިއްކާލުމަށް އެ ކުލަބުގެ މިހާރުގެ ވެރިން ނިންމާފައި ވަނިކޮށެވެ. އަދި ޔުނައިޓެޑު ގަތުމުގެ ޝައުގުވެރިކަން އެކި ފަރާތްތަކުން ފާޅުކަމުން ދިޔަ ވަގުތެއްގައެވެ. ޓެން ހާގް ބުނީ ޔުނައިޓެޑާ ގުޅިގެން ކުރިއަށްދާ ކަމެއްނަމަ، އެކަމެއް ފޮލޯ ކުރަމުން ދާނެކަމަށެވެ. ޓެން ހާގް ބުނީ އެއީ އެމީހުން އެންމެންގެވެސް ކުލަބު ކަމަށާއި، ފޯކަސް ކުރަނީ ފުޓުބޯޅައަށް ކަމަށެވެ. ޓެން ހާގް ބުނީ މިވަގުތަށް ބަލާއިރުވެސް ވަރަށް އުފާވާ ކަމަށާއި، އެކުގައި މަސައްކަތް ކުރުމުންވެސް އަންނަނީ އުފާވެރިކަމެއް ކަމަށެވެ. ޓެން ހާގް ބުނީ ހަތަރު ލީގެއްގައި ވާދަކުރާ ކަމަށެވެ. އޭނާ ބުނީ ކުލަބުގެ ނިންމުންތައް ނިންމާނީ އެކަމުގެ މަސްއޫލިއްޔަތު އޮތް ފަރާތްތަކުން ކަމަށާއި، އެއީ ކުޅުންތެރިންނާއި ކޯޗިން އޮފިޝަލުންގެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން މި ސީޒަންގެ ޕްރިމިއާ ލީގު ޔުނައިޓެޑަށް ހޯދިދާނެތޯ ސުވާލު ކުރުމުން ޓެން ހާގް ބުނީ، އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި އެކަން ނުވެދާނެ ކަމަށެވެ. ނަމަވެސް މިހާރުން ފެށިގެންވެސް މަސައްކަތްކުރަންވީ އޭޕްރީލް މަހުގައި ޔުނައިޓެޑު ރަނގަޅު ހިސާބެއްގައި ބޭއްވުމަށް ކަމަށެވެ. ޓެން ހާގް ބުނީ އަބަދުވެސް ވިސްނުން ބަހައްޓަން ޖެހޭނީ ކުރިއަށް އޮތް މެޗަށް ކަމަށާއި، އެ މެޗުގައި ފާއިތުވި މެޗަށްވުރެ ރަނގަޅަށް ކުޅެން މަސައްކަތްވެސް ކުރަން ޖެހޭނެ ކަމަށެވެ.

ޔުނައިޓެޑު މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލްގެ ތިން ވަނަ މަގާމުގައެވެ. އެއީ ކުޅުނު 23 މެޗުން 46 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު