Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީންގެ ޖަލު ހުކުމް

ރައީސް ޔާމީން އަށް ކުރި ވަރުގެ ހަލާލު ހުކުމެއް ރާއްޖޭގެ ތާރީހުގައި ވެސް ނުކުރޭ: ރޮޒޭނާ

ރޮޒޭނާ ވިދާޅުވީ ދައުލަތުގެ ވެރިއަކަށް ހުންނަވާ ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވުމަކީ ޖަލަށް ލާން ޖެހޭ ކަމެއް ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ފެބުރުއަރީ 2023 | ހުކުރު 18:13
ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މެމްބަރު ރޮޒައިނާ ވާހަކަދައްކަވަނީ

ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މެމްބަރު ރޮޒައިނާ ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަށް ކުރި ވަރުގެ ހަލާލު ހުކުމެއް ރާއްޖޭގެ ތާރީހުގައި ވެސް ކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭނާ އެފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް އެރުވުމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރިޝްވަތު ހިފުމާއި މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ރައީސް ޔާމީން އަށް ކޮށްފައި ވަނީ ހަރާމް ހުކުމެއް ކަމަށް ބުނާތީ ރޮޒޭނާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރޮޒޭނާ ވަނީ އެއީ ބޮޑު ޖޯކެއް ކަމަށް ސިފަކުރައްވާފައެވެ.

Advertisement - newsAdvertisement

ރޮޒޭނާ ވިދާޅުވީ ދައުލަތުގެ ވެރިއަކަށް ހުންނަވާ ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވުމަކީ ޖަލަށް ލާން ޖެހޭ ކަމެއް ކަމަށެވެ. ކުދި ވަގުން ހޯދުމުގެ މަސައްކަތް ކުރަން ޖެހޭނީ އެފަދަ ޚިޔާނާތް ވާ މީހުން ހޯދާ ޖަލަށް ލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ރޮޒޭނާ ވަނީ ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރޮޒޭނާ ވަނީ ރައީސް ޔާމީން ޖަލަށް ލައިގެން ޕީޕީއެމް އިން ވެސް ހަގީގަތުގައި ކަންބޮޑުވެގެން ނޫޅޭ ކަމަށް ވިދާޅުވެފައެވެ. ލަދެއް، ބިރެއް ނެތި މެމްބަރުން ގަންނަން ލާރި ދިނީމޭ، ވައްކަން ކުރިޔަސް ތަރައްޤީ ގެންނަމޭ ވިދާޅުވާ ބޭފުޅަކަށް ކުރާ ހުކުމެއް ހަރާން ވާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވެސް ރޮޒޭނާ ވިދާޅުވިއެވެ. ރޮޒޭނާ ވަނީ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ ކުރާ މުޒާހަރާ އަކީ ޕާޓީގެ ރޫހު ރަނގަޅުކުރަން ކުރާ މަސައްކަތެއް ކަމަށް ވެސް ސިފަކުރައްވާފައެވެ.

އަދި ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ވެރިން ހައްޔަރުކޮށް މެމްބަރުން މަޖިލީހުން ބޭރުކޮށްފައިވާ ކަން ފާހަގަކުރައްވާ އެކަމަށް ވެސް ރޮޒޭނާ ފާޑު ވިދާޅުވިއެވެ. އެއާއި ޚިލާފަށް މިއަދު ރައީސް ޞާލިހު ކުރައްވަނީ ރީތި ވެރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ސިޔާސީ ވެރިއަކު ހައްޔަރު ކުރި މަންޒަރު މި ސަރުކާރުގެ ތެރެއިން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރޮޒޭނާ ވަނީ މިހާރު ސަރުކާރު ޖަވާބު ދާރީކުރުވަން ވެސް މަޖިލީހަށް ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި އޮތް ގުޅުން ބަދަހިކުރުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ޔާމީނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ޙުކުމް ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު