Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރިޔާސީ އިންތިހާބު އެމްޑީޕީ ކާމިޔާބުކުރާނީ އެއްބުރުން: ރައީސް ޞާލިހު

17 ފެބުރުއަރީ 2023 | ހުކުރު 17:40

ރައީސް ވިދާޅުވީ މިިއީ ހިޔާލުތަފާތުވުންތައް ދޫކޮށް އެއްބައިވާންވީ ވަގުތުކަމަށް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 17 ފެބުރުއަރީ 2023 | ހުކުރު 17:40
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ --

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ --

ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ﷲގެ ވާގިފުޅާއެކު އެމްޑީޕީން ކާމިޔާބުކުރާނީ އެއްބުރުން ކަމަށް އެ ޕާޓީގެ ރިޔާސީ ލީޑަރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް އެރުވުމަށް ޓަކައި މިރޭ ކާނިވަލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިރެއަކީ އަނެއްކާވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ ކާމިޔާބުކުރުމަށް ޓަކައި ކުރިއަށް ފިޔަވަޅެއް އަޅާ ރޭ ކަމަށެވެ. އަދި ހުސްވި ޖަނަވަރި 28 ވަނަ ދުވަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު އެމްޑީޕީގެ މެންބަރުން ކަނޑައެޅި ކަމަށާއި، އެ ދުވަހު ދައްކައިދިނީ އެމްޑީޕީއަކީ ޑިމަކްރަސީއަށް ފައްކާވެފައި އޮތް ޕާޓީއެއްކަމާއި ހިޔާލުތަފަތުވުންތަކަށް ޖާގައޮތް ޕާޓީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީން އެ ދުވަހު ދައްކައިދިނީ އެއްބަސް ވުމަށް ޓަކައި ދެބަސްވާ ގޮތުގެ ނަމޫނާއެއްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އެ ދުވަހު ދެ ބަސްވީ މިއަދު އާދެވިފައި މިވާ އެއްބަސްވުމަށް ވާސިލުވުމަށް،" ރައީސް ޞާލިހު ވިދާޅުވިއެވެ.

މިއީ ހިޔާލުތަފާތުވުންތައް އެހަކެރި ކޮށް ނުވަތަ ހިޔާލުތަފާތުވުން ހުއްޓަސް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މުޅި ޕާޓީ އެއްވާންވީ ވަގުތުކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަގުސަދާއި ބޭނުން ވަރަށް ސާފު ކަމަށާއި ބޭނުމީ ރާއްޖެއަކީ ސުލްހަ ގާއިމުވެފައި އޮތް ތަނަކަށް ވުމާއި އިސްލާމްދީނުގެ ސާފު އަގީދާގައި ދެމި ތިބޭ ބަޔަކަށްވުމާއި ރާއްޖެއަށް ގެނެވޭ ތަރައްގީއާއެކު ކުރިއަށް ދާން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ވާނީ ޖަޒީރާ ގައުމެއްގެ ގޮތުގައި ކަމަށައި ކުދި ރަށްރަށުގައި ވެސް ދިރިއުޅެން ބޭނުންވާ މީހުނަށް ހަމަޖެހިލައިގެން އާއިލާއާއެކު އެ ރަށެއްގައި އުޅެވެން ވާނެ ކަމަށެވެ. އަދި މާލޭގެ ތޮއްޖެހުން ކުޑަކޮށް ހަމަނޭވާ ލެވޭ ތާކަށް މާލެ ވާންވާނެ ކަމަށާއި މި ސަރުކާރުން ރަށްތައް ތަރައްގީކުރަނީ އެ ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއެކު ދިރިއުޅެވޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ބޭނުން ލިބެން ފަށާފަ، ކަރަންޓާއި ދަތުރުފަތުރާއި ސިއްހީ ހިދުމަތް މިދަނީ ތަރައްގީކުރަމުން،" ރައީސް ވިދާޅުވިއެވެ.

"ނަތީޖާއަކީ އެއިން ކޮންމެ ރަށަކީ ދިރިއުޅުން ފަށައިގަންނަން ރަނގަޅު ރަށަކަށްވުން،"

މި ފަސް އަހަރު ތެރޭ ކާމިޔާބީ ހާސިލުކުރެވެމުން މިދަނީ ހުރަސްތަކާ ގޮންޖެހުން ނެތިއެއް ނޫން ކަމަށާއި ބައެއް ފަހަރަށް ނުހަނު ދައްޗާ ތުރާލާ ގޮންޖެހުންތަކުގެ ތެރެއިން ކާމިޔާބީއަށް ވާސިލުވެވުނީ ވެސް ރައްޔިތުންގެ ތާއިދާއި އެއްބާރުލުން ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަސައްކަތުގައި ކުރިއަށް ދިއުމުގައި އެމަނިކުފާނުގެ ދައުރަކީ އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުން ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަބަބަކީ ރާއްޖެ މި ބޭނުންވާ ހަމަޖެހުމާއި ހަމަހަމަކަމާއި ތަފާތު ނުކުރުމާއި ތަރައްގީ ގެނެވޭނީ އެމްޑީީޕީ ވެރިކަމުގައި އޮވެެގެންކަމަށް ވާތީ ކަމަށެވެ. އަދި މިހާރު ފަށައިގެން ކުރިއަށް ގެންދާ މަޝްރޫތައް ކުރިއަށް ގެންދެވޭނީ އެމްޑީޕީ ވެރިކަމުގައި އޮވެގެންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދަންނަވަންތޯ؟ އަޅުގަނޑަކީ ހަމަ އެމްޑީޕީ މީހެއް،" ރައީސް ވިދާޅުވިއެވެ.

ހަގީގަތުގައި އެމްޑީޕީއަކީ މީގެ ކުރިން އުފަންވި މި ރާއްޖޭގެ އާ ޒަމާން ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށްވީ ރަނގަޅާއި ދިވެހީންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލު އެކަކަަށް ވެސް އޮޅިފައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު އެމްޑީޕީ މި ދަތުރުކުރަނީ ޒަމާނަކުން އައި ޒަމާނެކޭ މިއީ ބުނާނެ ބިނާކުރަނިވި އާ ޖީލުގެ ބޮޑު މަޝްރޫއަށް ދެން އަންނަ އާ ޒަމާނަށް ބެނުންވާ އާ ޖީލު ހެދި ފޯދި ފައްކާވަމުންދާ ހިލޭ ޑިގްރީ ޕްރޮގްރާމަކީ އެމްޑީޕީގެ އަބަދުގެ ތަސައްވަރުު،" ރައީސް ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ކަރަންޓު ޔަގީންކުރެވިގެން އެ ދަނީ ކުރިއަށް އޮތް އެތައް އަހަރަކަށާއި އެކަށޭނެ މިސްރާބަކަށް ކަމަށާއި އެއްގަމާއި ކަނޑާ ވައިގެ ދަތުރުފަތުރުގެ ވިއުގަ ވެގެންދާނީ ދިވެހި އިގްތިސޯދުގއިންގިބާލު ވާ ނާރެހަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ މުދަލާއި ހިދުމަތާއި ވަޒީފާ މުޅި ރާއްޖެއަށް ފެތުރި އާމްދަނީގެ އެތައް ފުރުސަތެއް އުފެދި ޖީބަށް ވަންނަ ފައިދާ ގުނަވެގެން ދާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މީހަކަށް ނުވާ ރަނގަޅެއް ގައުމަކަށް ނުވާނެ. ދުނިޔޭގެ އެންމެ މަތީ ފަޑިއަށް ދިވެހި ފަތުރުވެރިކަން އުފުލައިދިން ރިސޯޓް މުވައްޒަފުންގެ އުޖޫރައިގައި ނެތް ރަނގަޅެއް އެ ސިނާއަތަކު ނޯންނާނެ. މިނިމަމް ވޭޖު ކަށަވަރު ނުކޮށްދީ މެކްސްމިމަމް ތަރައްގީ ނުހޯދޭނެ ކަން ދަންނަނީ އެމްޑީޕީ. އެއީ މި ޕާޓީ ގަބޫލުކުރާ ގޮތް. މި ދައުރުގައި އެ އޮތީ އެކަން ކޮށްފަ،" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަޑުއެހުމާއި މަޝްވަރާގެ ޕާޓީ ކަމަށާއި އަބަދުވެސް ރައްޔިތުން އެދޭ ގޮތަށް އެ އެދޭ ކަންކަން އެމްޑީޕީން ސާފުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަޑު އެހުމުގެ ގާބިލުކަމާއި ކެތްތެރިކަމާއި އެ ހިކުމަތް އިސްކުރަން ޖެހޭކަން އެމްޑީޕީގެ ކޮންމެ މެންބަރެއްގެ ހިތުގައި ބިންވަޅުނެގިފައިވާ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން މިއަދު ކަން ކުރަންވީ ގޮތައި މާދަމާ ކަންތައް ވާނެ ގޮތާ އެމްޑީޕީއަށް އަބަަދުވެސް ސާފު ކަމަށެވެ.

"މި ފަހަރު ވެސް އަޅުގަނޑުމެން ރައްޔިތުންގާތު އަހާނަން. ދެން ހަދަންވީ ކިހިނެއްތޯ ދެން ހިންގާންވީ ކޮން މަސައްކަތެއް ތޯ އޮޅުން ފިލުވާނަން. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަޅުގަނޑު ނުކުންނާނީ ތިޔަ ބޭފުޅުން ދެއްވާ މަޝްވަރާ އާއި ހިޔާލާއެކު ތައްޔާރުކުރާ މެނިފެސްޓޯ ހިފައިގެން،" ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް