Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސޫރިޔާ ބިންހެލުން

ތުރުކީ-ސޫރިޔާ ބިންހެލުން: "ޢިމާރާތް ތަކުގެ ބައިތައް ނެގުން ހުއްޓާލައިފި... އެކަމަކު، އެކެއްގެ ހިލަމެއް، ނިޝާނެއް ނެތް"

15 ފެބުރުއަރީ 2023 | ބުދަ 10:59

ރުމޭސާމެން ދިރިއުޅެމުން ދިޔަ ކަހްރަމަންމަރާސްގެ ބައެއް ހިސާބުތަކުގައި މީހުން ހޯދުމަށް ހިންގި ރެސްކިއު އޮޕަރޭޝަންތައްވެސް މިހާރު ވަނީ ހުއްޓާލާފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 ފެބުރުއަރީ 2023 | ބުދަ 10:59
ތުރުކީ-ސޫރިޔާ ބިންހެލުން: ޢިމާރާތުގެ ބައިތައް ނެގުން ހުއްޓާލައިފި

ތުރުކީ-ސޫރިޔާ ބިންހެލުން: ޢިމާރާތުގެ ބައިތައް ނެގުން ހުއްޓާލައިފި

ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު މުޅި ދުނިޔެ ސިއްސުވާލީ ތުރުކީވިލާތާއި ސޫރިޔާ ހިއްސާ ކުރާ ބޯޑަރު ސަރަޙައްދަށް، ރެކްޓަރ މިންގަނޑުން 7.8ގެ ބާރު މިނުގައި އައި ވަރުގަދަ ބިންހެލުމުގެ ޚަބަރާއެކުގައެވެ. ތުރުކީވިލާތާއި ސޫރިޔާއިން ލިބެމުންދާ މަރުގެ ރިޕޯޓްތަކުގެ ޢަދަދު، ހާސްހާހުން އިތުރު ވަމުން ދާ އިރު، އެއަށް ވުރެ ބޮޑު ސިހުމެއް ލިބެއެވެ. ފެބުރުއަރީ 14 ވަނަ ދުވަހަކީ، ބިންހެލުން އައިތާ 8 ވަނަ ދުވަހެވެ. މަރުވިކަން ކަށަވަރުވި މީހުންގެ ޢަދަދު 35000 އަށް އަރާފައި ވާ އިރު، އަސްލު ޢަދަދުތައް އެއަށްވުރެ މަތިވާނެކަމީ ޤަބޫލު ކުރަންޖެހޭ ހިތްދަތި ޙަޤީޤަތެކެވެ. ނަމަވެސް، ކޮންމެ މީހަކުވެސް ހިތުގެ އެންމެ އަޑިން އެދެމުންދަނީ، ވީނުވީއެއް ނޭނގި ގެއްލިފައި ވާ މީހުން ދިރިހުއްޓާ ފެނުމަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ބިންހެލުމުގެ ކާރިޘާގައި އޭނާގެ ފުރާނަ ސަލާމަތްވި އެކަކީ ނިޖްމިތިން ދިމިރްޖީއެވެ. އޭނާ މިއަދު މަޑުކޮށްލައިގެން އެ ހުރީ، ބިންހެލުން އައި އިރު، އޭނާއަށް ބޮޑުބެކިއާ އަންހެން ދަރިފުޅާ، އެ ކުއްޖާގެ ރޫމްމޭޓުން ހިއްސާ ކުރަމުން ދިޔަ އެޕަރޓްމަންޓް ހުރި ސަރަޙައްދުގައެވެ. އެއީ ކަހްރަމަންމަރާސްގައި އިރެއްގައި ގެއެއް ނަމަވެސް، މިއަދު އެ އިމާރާތަކީ ބިމާހަމަވެފައިވާ ގައު ކުނޑިތަކެކެވެ.

އެތައް މިލިއަން ބަޔަކު ރެފިއުޖީންނަށް ހަދާލި ބިންހެލުމުގެ ކާރިޘާއަށް ފަހު ބޮޑުބޭބެ ދަރިފުޅާއި އޭނާގެ ރޫމްމެޓުންގެ އެއްވެސް ޚަބަރެއްނުވެއެވެ.

ނިޖްމިތިންއަށް ބޮޑުބޭބެ ކިއާ، ޢުމުރުން 18 އަހަރުގެ ރުމޭސާ ކިލިޗްއަކީ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ ދަރިވަރެކެވެ. އެ ފްލެޓެއްގައި 8 ދަރިވަރަކު ދިރިއުޅެމުން ދިޔައެވެ. އެ ޢާއިލާތަކުން މިހާރު ވަނީ ހޮސްޕިޓަލަށް ގޮސް، ޑީއެންއޭ ސާމްޕަލްވެސް ދީފައެވެ. ގެއްލިފައިވާ މީހުން ދެނެގަންނަން ފަސޭހަވާނެތީއެވެ.

ރުމޭސާމެން ދިރިއުޅެމުން ދިޔަ ކަހްރަމަންމަރާސްގެ ބައެއް ހިސާބުތަކުގައި މީހުން ހޯދުމަށް ހިންގި ރެސްކިއު އޮޕަރޭޝަންތައްވެސް މިހާރު ވަނީ ހުއްޓާލާފައެވެ. ބައެއް ސައިޓްތަކުގައި ހުރި ބަރު ގައު ކުނޑިތައް ނެގުމުގެ މަސައްކަތަށް އެކްސްވޭޓަރުތައްވެސް ވަނީ ބޭނުން ކުރަން ފަށާފައެވެ. ބިންހެލުން އައިތާ 220 ގަޑިއިރު ފަހުންވެސް ދިރިހުއްޓާ ފެނިދާނެ ކަމުގެ ޢުއްމީދު ނަގާނުލާ ތިބި ބަޔަކީ ޢާއިލާ މެންބަރުންނެވެ. އެމީހުން ދަނީ އެކްސްކަވޭޓަރު ބޭނުން ކުރުން ފަދަ ކަންކަން ކުރަމުންދާތީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ގެއްލިފައިވާ މީހުން ފެނޭތޯ ހޯދާ ދިނުމަށް އާދޭސް ކުރަމުންނެވެ.

ސުންނާފަތިވެ ބިމާހަވެފައިވާ ޢިމާރާތްތަކުގެ ކުރިމަތީގައި ހުރި ގަހުގައި އެލުވާފައި ވަނީ، އަދިވެސް ޚަބަރެއް ލިބިފައިވާ ނުވާ ކުދިންގެ ފޮޓޯތަކެވެ. ޢުއްމީދަކީ އެމީހުން ދެނެގަނެވުމެވެ.

ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމާ ގުޅިގެން ކުރިމަތިވި ކާރިޘާގައި މަރުވި މީހުންގެ ޢަދަދުތައް މިހާރު ވަނީ 1939 ވަނަ އަހަރު ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދަށްވުރެ އިތުރުވެފައެވެ. އެ ފަހަރުގެ ކާރިޘާގައި 31643 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ފެބުރުއަރީ 6 ވަނަ ދުވަހުގެ ކާރިޘާއަކީ، ތުރުކީވިލާތުގެ މި ފަހުގެ ތާރީޚުގައި އެ ޤައުމަށް ކުރިމަތިވި އެންމެ ގެއްލުންދެނިވި ބިންހެލުމުގެ ކާރިޘާއެވެ. އަދި މި ބިންހެލުމަކީ މި ޤަރުނުގައި ކުރިމަތިވި ޤުދުރަތީ ކާރިޘާތަކުގެ ތެރެއިން 6 ވަނަށް އެންމެ ގިނަ ޢަދަދެއްގެ ބައެއްގެ ފުރާނަ ގެއްލިދިޔަ ކާރިޘާއެވެ. އޭގެ ކުރިއަށް އޮތީ 2005 ވަނަ އަހަރު ޕާކިސްތާނަށް އައި ބިންހެލުމެވެ. އެ ހާދިޘާގައި މަރުވި މީހުންގެ ޢަދަދު، 73000 އަށްވަނީ އަރާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

އިތުރު ރޮހިންޖާ މުސްލިމުންދަނީ ބަންގްލަދޭޝް ބޯޑާ ސަރަހައްދަށް ޖަމާވަމުން،ގައުމުތަކުގެ އެހީތެރިކަންވަނީ ބޭނުންވެފައި!

14 ސެޕްޓެމްބަރު 2017
އިތުރު ރޮހިންޖާ  މުސްލިމުންދަނީ ބަންގްލަދޭޝް ބޯޑާ ސަރަހައްދަށް ޖަމާވަމުން،ގައުމުތަކުގެ އެހީތެރިކަންވަނީ ބޭނުންވެފައި!
07 އޯގަސްޓު 2017

އެމެރިކާ އިސްވެ އޮވެ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އެޅި ފިޔަވަޅުތަކުގެ ރައްދު ދޭނަން: އުތުުރު ކޮރެއާ

07 އޯގަސްޓު 2017
އެމެރިކާ އިސްވެ އޮވެ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އެޅި ފިޔަވަޅުތަކުގެ ރައްދު ދޭނަން: އުތުުރު ކޮރެއާ
12 ޖޫން 2017

ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

12 ޖޫން 2017
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
25 މެއި 2017

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި

25 މެއި 2017
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
29 ޖެނުއަރީ 2017

އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ

29 ޖެނުއަރީ 2017
އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް