Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

އިތުރު ރޮހިންޖާ މުސްލިމުންދަނީ ބަންގްލަދޭޝް ބޯޑާ ސަރަހައްދަށް ޖަމާވަމުން،ގައުމުތަކުގެ އެހީތެރިކަންވަނީ ބޭނުންވެފައި!

14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 14:36

ހަތަރު ލައްކަ ރޮހިންޖާ މުސްލިމުންވަނީ ބަންގްލަދޭޝްއަށް ޖަމާވެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 14:36
ބޯޑާ ހުރަސްކުރި ބައެއް ރޮހިންޖާ މުސްލިމުން

ބޯޑާ ހުރަސްކުރި ބައެއް ރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންގެ ތެރެއިން ގާތްގަނޑަކަށް 4 ލައްކަ މުސްލިމުން ބަންގްލްދޭޝްއަށް ގޮސްފައިވާ ކަމަށާއި ނަސްލެއް ނައްތާލުމަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ހުއްޓުމެއް ނާންނަ ނަމަ މި އަދަދު އިތުރުވެގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އދ އިން ހާމަކޮށްފި އެވެ.

ރޮހިންޖާ މުސްލިމުން މިޔަންމާގެ ރަޚައިނު ސްޓޭޓް ދޫކޮށް، ބަންގްލަދޭޝް ބޯޑާ ސަރަހައްދަށް ޖަމާވަމުން ދަނީ އޮގަސްޓް 25 ން ފެށިގެންނެވެ. ބަންގްލަދޭޝްއަށް ޖަމާވަމުން އަންނަ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އދ އިން ކެނޑިނޭޅި މަސައްކަތްތައް ކުރަމުންދާ އިރު ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކުން މިހާރަށް ވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ އިން ވަނީ ގޮވާލައްވާފަ އެވެ.

" އިންސާނިއްޔަތަށްޓަކައި މިޔަންމާގެ ރައްޔިތުންނަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އެހީތެރިކަން އެބަޖެހޭ ފޯރުކޮށްދޭން." ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް އެންޑް އެމަރޖެންސީސް ފޯ ދި އިންޓަރނޭޝަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން މުހައްމަދު އަބްދިކަރު ވިދާޅުވި އެވެ.

ރަޚައިނު ސްޓޭޓްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ، މިޔަންމާގެ ލީޑަރު އަން ސަން ސޫ ކީއަށް ހައްލުކުރަން އެންމެ އުނދަގޫވެފައިވާ، އަދި ބައިނަލްއަގްވާމި ދުނިޔޭގެ އެންމެ ބޮޑު ފާޑުކިޔުންތައް ދިމާވެފައިވާ މައްސަލައެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓީނިއޯ ގުޓެރެސް އާއި އދގެ ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ މިޔަންމާގައި ހިނގަމުންދާ ލާއިންސާ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ އަމަލުތައް ހިންގަމުން ނުދާ ކަމަށާއި އެމީހުން ހަމަލާދެމުންދަނީ އެ ސަރަހައްދުގެ ހަނގުރާމަވެރި ޓެރަރިސްޓުން ކަމަށް މިޔަންމާގެ މިލިޓަރީންދަނީ ބުނަމުންނެވެ. އަދި ރޮހިންޖާ މުސްލިމުން ދިރިއުޅޭ ގެތަކުގައި ރޯކުރަމުންދަނީ، ހަނގުރާމަވެރި ޖަމާއަތުން ކަމަށް ވެސް މިޔަންމާގެ ސަރުކާރުންދަނީ ބުނަމުންނެވެ.

ބުރާސްފަތި ދުވަހު ވެސް މިޔަންމާގެ ފަސް ސަރަހައްދަކުން ދުން އަރަމުންދިޔަ މަންޒަރު ފެނިފައިވާ ކަމަށް ބަންގްލަދޭޝް ބޯޑާ ސަރަހައްދުގައި ތިބި ރިޕޯޓަރުން ބުނެ އެވެ. އަލިފާން ރޯވެފައިވަނީ ކޮންތަނެއްގައި ކަމެއް ނުވަތަ ކޮންބައެއް ރޯކޮށްލި އަލިފާންގަނޑެއް ކަމެއްވެސް ސާފު ނުވާކަމަށް ރޮއެޓާސްގެ ރިޕޯޓްގައި ބުނެއެވެ..

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް