Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންގްލަދޭޝް ސަފީރު މޭޔަރާއި ބައްދަލުކުރެއްވުން

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ބަންގްލަދޭޝްގެ ސަފީރު ވަނީ ދާދިފަހުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތިބި އެކޮމޮޑޭޝަން ބްލޮކްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ފެބުރުއަރީ 2023 | ބުދަ 02:05
ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް އަށް ނިސްބަތްވާ މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވެދެއްވޭނެ އެހީތެރިކަމާއި މާލެ ސިޓީ ކައުންސިލްގައި ވަޒީފާ އަދާ ކުރަމުންދާ އެ ޤައުމުގެ މުވައްޒަފުންނަށް ލުއިފަސޭހަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ގޮތްތަކާމެދު ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދާދިފަހުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތިބި އެކޮމޮޑޭޝަން ބްލޮކްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް ވިދާޅުވީ ދާއިމީ ހައްލެއް ގެނެވެންދެން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭގެ ވަގުތީ ހިޔާގައި ތިބި މުވައްޒަފުންނަށް ޒިޔާރަތް ކުރެއްވިކަމަށާއި، އެކޮމޮޑޭޝަނާމެދު އެ މުވައްޒަފުން ހިތްހަމަޖެހޭކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މޭޔަރު މުޢިއްޒު ވަނީ މި ހާދިސާގައި ވަގުތީ ހިޔާގައިތިބި އެ ޤައުމުގެ މުވައްޒަފުންނަށް ވީހާވެސް އަވަހަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމުގައި ވިދާޅުވެފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ވަޒީފާގައިތިބި ބަންގްލަދޭޝްގެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ލުއިފަސޭހަގޮތްތައް ހަމަޖެހިފައިވާކަމުގެ ޔަޤީންކަންވެސް މޭޔަރު މުޢިއްޒު ވަނީ ދެއްވާފައެވެ.

މާލެ ސިޓީގެ މޭޔަރާއި ބަންގްލަދޭޝް ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު