Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސިޓީ ކައުންސިލް

ރައްޔިތުންގެ އިތުބާރު ހޯދުމަށް ދެ ފުށްފެންނަ ގޮތަށް މަސައްކަތްތައް ކުރަންޖެހޭ: މޭޔަރ ޢާޒިމް

26 ޖޫން 2025 | ބުރާސްފަތި 04:28

މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ، ދެ ފުށްފެންނަ، ރައްޔިތުން އެންމެ އިތުބާރުކުރާ ރާއްޖޭގެ އެންމެ ނަމޫނާ ކައުންސިލަށް މާލެ ސިޓީ ކައުންސިލް ހެދުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖޫން 2025 | ބުރާސްފަތި 04:28
މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް

މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް

މާލެ ސިޓީ ކައުންސިލާ މެދު، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް ޓަކައި، މިހާރު ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ދެ ފުށްފެންނަ ގޮތަށް މަސައްކަތްތައް ކުރުން ކަމަށް، މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ވިސްޓްލްބްލޮވިންގް އަށް، މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން އަހުލުވެރި ކުރުމަށް ކުރިއަށް ދިޔަ ސެޝަނަށް ފަހު ދެއްކެވި ވާހަކައިގައެވެ.

މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ، ދެ ފުށްފެންނަ، ރައްޔިތުން އެންމެ އިތުބާރުކުރާ ރާއްޖޭގެ އެންމެ ނަމޫނާ ކައުންސިލަށް މާލެ ސިޓީ ކައުންސިލް ހެދުންކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ. އަދި ވިސްޓްލްބްލޮވިންގ އަށް ކައުންސިލްގެ މުވައްޒަފުން އަހުލުވެރި ކުރުމަށް، ވިސްޓްލްބްލޮވަރ ޕްރޮޓެކްޝަން ޔުނިޓުގެ މެމްބަރުން، މި ކަހަލަ ސެޝަނެއް އިންތިޒާމް ކޮށްދެއްވީތީ، ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ވިސްޓްލްބްލޯ ކުރުމަކީ ކޮބައިކަން، ކައުންސިލްގެ މުވައްޒަފުންނަށް މިހާރު އެނގިފައިވުމުން، ކައުންސިލްގެ އެއްވެސް ކަމެއް ގޯސްކޮށް ހިނގާނަމަ، އެ ކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށާއި، ގޯސްކޮށް ކަމެއް ހިނގާނަމަ ލަސްނުކޮށް އެ ކަން ރިޕޯޓް ކުރެއްވުމަށް މޭޔަރ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދައި، އެ އިތުބާރު ދެމެހެއްޓުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގެ މުހިއްމު އިދާރާ ތަކުގެ އިތުބާރު، ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވުމެވެ. އެހެންކަމުން ޢާއްމު ރައްޔިތުންނާއި އިދާރަތަކުގެ މުވައްޒަފުން ވެސް، މައްސަލައެއް ހުށަހަޅައިފި ނަމަ، އެ މައްސަލަ، އިންސާފުވެރިކަމާއެކު ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެވެން ޖެހޭ ކަމަށެވެ. މި ގޮތަށް ޢަމަލުކުރަން ފެށުމުން، ދިވެހިރާއްޖޭގެ އިދާރާ ތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްއާދަމް ޢާޒިމްވިސްޓްލްބްލޯވިންގރައްޔިތުންގެ އިތުބާރު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް