Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައީދުގެ މައްޗަށް ކުރާ ތުހުމަތުތައް

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ، މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ފައިދާވާނެގޮތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް - ސައީދު

17 ޖުލައި 2024 | ބުދަ 10:03

މަސައްކަތް ކުރައްވާފައިވާނީ ޒަމާނުއްސުރެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާ އަސާސީ ހިދުމަތްތައް ރައްޔިތުން ހިތްހަމަ ޖެހޭ މިންވަރަށް ހަރުދަނާ ކަންމަތީ ގާއިމްކޮށްދިނުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖުލައި 2024 | ބުދަ 10:03
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ފެނަކަ އެމްޑީ އަހްމަދު ސައީދު މުހައްމަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ފެނަކަ އެމްޑީ އަހްމަދު ސައީދު މުހައްމަދު

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ، މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ފައިދާވާނެގޮތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކަމަށް ފެނަކަ ކޯރަޕޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އާދަޔާ ހިލާފަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާތީ ޚާއްސަ ސަމާލުކަމެއްދީގެން މިދިޔަ އަހަރު މައްސަލަތައް ބަލަން ފަށާފައިވާނެކަމަށެވެ. އެގޮތުން މިހާރުވެސް ފެނަކައިގެ ވެރިންނަށް ތުހުމަތުކުރެވޭ 6 މައްސަލައެއް އޭސީސީން ބަލަމުން އަންނަކަމަށް ޝާމިލު ވިދާޅުވިއެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން ފެނަކަ ކުރީގެ އެމްޑީގެ މައްޗަށް ތުހުމަތުކުރާ މައްސަލަތާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ސައީދު ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގައިފައި ނުވާނެކަމަށެވެ. އަދި އެފަދަކަމަށް މަގުފަހިވާ ފަދަ ކަމެއް ވެސް ކުރައްވާފައި ނުވާނެކަމަށެވެ. ސައީދު ވިދާޅުވީ މަސައްކަތް ކުރައްވާފައިވާނީ ޒަމާނުއްސުރެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާ އަސާސީ ހިދުމަތްތައް ރައްޔިތުން ހިތްހަމަ ޖެހޭ މިންވަރަށް ހަރުދަނާ ކަންމަތީ ގާއިމްކޮށްދިނުމާއި، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ބޭނުންވާ ގޮތަށް އަދި ރައްޔިތު މީހާއަށް ހެވާ ލާބައާއި މަންފާ ކުރާ ގޮތަށް ކަމަށެވެ.

ސައީދު ވިދާޅުވީ އެކަންކަން ތަންފީޒުކުރުމާއެކު މުވައްޒަފުންނަށް ރަނގަޅު މަސައްކަތު މާހައުލެއް ގާއިމްކުރުމަށްވެސް މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. ސައީދު ވަނީ ތަހުގީގީ އިދާރަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ވެފައިވާ ވައުދުތައް ނުފުއްދި ރައްޔިތުންނާއި ހަމައަށް ކަންކަން ނުގެނެވޭތީ އެކަންކަން ފޮރުވުމަށް ކުރީ ސަރުކާރު ބަހަނާއަކަށް ދައްކާ ވާހަކަތައް އޮޅުވާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުރީ ސަރުކާރުގެ އިސްފަރާތްތަކުގެ މައްޗަށް ސާބިތު ނުވާކަންކަމުގެ ކޮރަޕްޝަންގެ ވާހަކަތައް ދައްކަ މި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަން ފޫބައްދަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފެނަކައިގެ ކުރީގެ ވެރިންގެ ކޮރަޕްޝަންގެ މައްސަލަތެއް އެބަހުރިކަމަަށް ބުނަމުންދާއިރު، އެ މައްސަލަތަކުގެ މައުލޫމާތުތައް ހޯދަން އެދިގެން މިހާތަނަށްވެސް އެ މައުލޫމާތެއް ފޯރުކޮށްދެވިފައިނުވެއެވެ. އެޕްރީލް މަހު ހުށަހެޅި ކަންކަން އަދިވެސް ނުލިބޭކަމަށް ވެސް އޭސީސީން ބުނެއެވެ. އެހެންކަމުން އޭސީސީން އެ މައުލޫމާތު ނުދީ ލަސްވުމަކީ އެފަދަ ކަންކަން ނެތި އެކަންކަން އުފައްދަންވެގެން ކުރާ މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

4

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

5

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް