Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ ޑޯމިޓަރީ ހެދުން

އަތޮޅު ތެރޭގައި ބިދޭސީންގެ ޑޯމިޓަރީ ހަދަން އެހެން ކުންފުނިތަކަށް ހުޅުވާލުމަކީވެސް އޮތް ފުރުސަތެއް: އިޙްސާން

އޮންނަ އުސޫލުގެ ތެރެއިން ހަދަންޖެހޭ ޑިއު ޑިިލިޖެންސް ހަދާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖުލައި 2024 | ބުދަ 06:47
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން : ރާއްޖެއެމްވީ

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން : ރާއްޖެއެމްވީ

މާލެ އޭރިއާ ނޫން އެހެން ސަރަޙައްދުތަކުގައި ބިދޭސީންގެ ޑޯމިޓަރީ ހަދަން އެހެން ކުންފުނިތަކަށް ހުޅުވާލުމަކީވެސް އޮތް ފުރުސަތެއްކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިޙްސާން އެހެން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ބައިތިއްބާ އެކޮމޮޑޭޝަންގެ ޚިދުމަތް ހަމައެކަނި މެލޭޝިއާ ކުންފުންޏަކަށް ކުރެވޭ ގޮތަށް ހަދާ އެ ކުންފުންޏަށް މަހަކު 12 މިލިއަން ޑޮލަރު ލިބޭ ވިޔަފާރި އަކަށް ބިޑް ކުރުމަކާ ނުލާ ސަރުކާރުން ފުރުސަތު ދޭން މަސައްކަތް ކުރަމުންދާކަމަށް އަޑު ފެތުރިފައިވާތީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މެލޭޝިއާއިން އަންސޮލިސިޓަޑް ޕްރޮޕޯސަލްއެއް ފޮނުވުމުން އޮންނަ އުސޫލުގެ ތެރެއިން ހަދަންޖެހޭ ޑިއު ޑިިލިޖެންސް ހެދުމަށްފަހު އިކޮނޮމިކް ކައުންސިލަށް ފޮނުވި ކަމަށެވެ.

އެހިސާބުން އިކޮނޮމިކް ކައުންސިލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެމީހުންގެ ޕްރޮޕޯސަލްއަށް ޝައުޤު ހުރިކަން ބަޔާންކޮށް، އެވޯޑް ލެޓަރ އެއް ފޮނުވާފައިވާ ކަމަށާއި، ބޭރުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވަނީ އެ ސިޓީގެ ވާހަކަ ކަމަށް އިޙްސާން ވިދާޅުވިއެވެ.

އެހެންނަމަވެސް އެއީ ރާއްޖެއިން އެ މަޝްރޫއުގައި ޤާނޫނީ ގޮތުން ބަނދެވޭ ފަދަ ސިޓީއެއް ނޫން ކަަމަށާއި، އެ މަޝްރޫއާ ގުޅޭ ކަންކަމުގައި ދެފަރާތުން އެއްބަސްވެ ސޮއި ކުރަން ޖެހޭނެކަމަށް އިޙްސާން ވިދާޅުވިއެވެ.

އަދި އެގްރީމަންޓަކާ ހިސާބަށް ދިއުމާމެދު އަދި މިހާތަނަށް ވަކި ގޮތެއް ނިމިފައި ނުވާކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ، މިއީ އެ ކުންފުނިން ކުރާ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި، ފުރަތަމަ މަރުޙަލާގެ ސެޓަޕްތައް ޤާއިމު ކުރުމަށްވެސް 4 އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. އެ ކުންފުނިން މި މަޝްރޫއުގެ އެކްސްކްލޫސިވީޓީ ބޭނުންވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީވެސް އެ ސަބަބުކަމަށް އިޙްސާން ވިދާޅުވިއެވެ.

މިފަދަ މަޝްރޫއެއް އާންމުކޮށް ހުޅުވާނުލެއްވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އިޙްސާން ވިދާޅުވީ، މިއީ ބީލަމަށް ހުޅުވާލި މަޝްރޫއެއް ނޫން ކަމަށާއި، މި މަޝްރޫއަށް ފުރަތަމަ ޝައުޤުވެރިކަން ފާޅުކުރީ ބޭރުގެ ކުންފުނިން އަމިއްލައަށް ކަމަށެވެ.

އެހެންނަމަވެސް، މި ހިނގާ މަރުޙަލާގެ ތެރެއިން އެކްސްކްލޫސިވިޓީއާމެދު ގޮތެއް ނުނިމިއްޖެނަަމަ، ހުޅުވާލުމަކީވެސް އޮތް ފުރުސަތެއްކަން އިޙްސާން ފާހަގަ ކުރެއްވިއެވެ.   

މިނިސްޓަރ އިހްސާން ވިދާޅުވީ މެލޭޝިއާގެ ކުންފުނިން ހުށަހަޅާފައިވަނީ އެ ކުންފުނީގެ އެކަމަޑޭޝަން ގައި ތިބޭ ކޮންމެ ބިދޭސީ އަކަށް ބޮލަކަށް 120 ޑޮލަރު ކޮންމެ މަހަކު ޗާޖް ކުރާ ގޮތަށެވެ. އަދި މާލޭގެ ސަރަހައްދުގައި 100،000 އެއްހާ ބޭރުގެ މަސައްކަތްތެރިން އުޅޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު