Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓް ލިބޭ މީހުން ކަނޑައެޅުން

އޭސީސީ އިން ދީފައިވާ ލަފަޔާ އެއް ގޮތަށް 4000 ފްލެޓް ލިސްޓްގެ ކަންތައް ނިންމަން ފެންނަ ކަމަށް ސިޓީ ކައުންސިލުން ފާސްކޮށްފި

އެއްވެސް ފަރާތެއްގެ ނަން އުނިކުރާނަމަ އެކަން ސާފުކޮށްދޭން ޖެހޭ ކަމަށްވެސް ރެކޮމެންޑް ކުރަންވެސް ވަނީ ފާސް ކޮށްފައި

ރާއްޖެ އެމްވީ | 17 ޖުލައި 2024 | ބުދަ 12:30
މިހާރު ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އެއްވެސް މައްސަލަ އެއް ނެތް ކަމަށް ފާހަގަ ކުރެވޭ ފަރާތްތަކަށް ފްލެޓް ދިނުން އަވަސް ކުރުމަށް ވަނީ ފާސްކޮށްފަ

މިހާރު ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އެއްވެސް މައްސަލަ އެއް ނެތް ކަމަށް ފާހަގަ ކުރެވޭ ފަރާތްތަކަށް ފްލެޓް ދިނުން އަވަސް ކުރުމަށް ވަނީ ފާސްކޮށްފަ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ދޫކޮށްފައިވާ 4000 ފްލެޓްގެ ގެ ހައްގުވެރިން ކަނޑައެޅުމުގައި، އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިންގ މިނިސްޓްރީ އަށް ދީފައިވާ ލަފަޔާ އެއް ގޮތައް ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލް އިން ފާސް ކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 154 ވަނަ ރަސްމީ އާއްމު ޖަލްސާގައި ރައީސް ސޯލިހް ގެ ސަރުކާރުން 4000 ފްލެޓް ދޫކޮށްފައި އޮތް ގޮތާ ގުޅޭ ގޮތުން ހުރި މައްސަލަތައް ދެނެގަނެ އެއަށް ގޮތެއް ނިންމުމަށްޓަކައި ސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީއަށް ލަފާ ދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލް ގައި އުފެއްދި ކޮމިޓީގެ ރިޕޯޓް ބައްދަލުވުމަށް ހުށަހަޅުއްވަމުން ލަފާދޭ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވިދާޅުވީ، ކޮމިޓީން ގޮތެއް ނިންމުމުގައި ބަލާފައިވާނީ އޭސީސީން ކޮށްފައިވާ ތަހުގީގީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަށާއި، ގެދޮރުވެރިކަމުގެ މައްސަލައިގައި ބައްދަލު ކުރަން އައި އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާ ތަކުގެ މައްޗަށް ކަމަށެވެ.

ކޮމިޓީގެ ރިޕޯޓު ފާސްކުރި އިރު މިހާރު ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އެއްވެސް މައްސަލަ އެއް ނެތް ކަމަށް ފާހަގަ ކުރެވޭ ފަރާތްތަކަށް ފްލެޓް ދިނުން އަވަސް ކުރުމަށާއި، އަދި އެއްވެސް ފަރާތެއް ލިސްޓުން އުނި ކުރާނަމަ، އެ ފަރާތެއް އުނިވި ސަބަބު ސާފުކޮށް ބުނެދޭން ޖެހޭ ގޮތައް ރެކޮމެންޑޭޝަންގައި ހިމެނުމަށްވެސް ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ފާސް ކޮށްފައެވެ.

ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް އުފެއްދި ކޮމިޓީއަށް މާލެ ސިޓީ ކައުންސިލަރުން ހިމެނޭ އިތުރު ލަފާދޭ ކޮމިޓީއެއް އުފެއްދީ ޖޫން މަހުގެ މެދުތެރޭގައެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުގެ ލަފާދޭ ކޮމިޓީއެއް އުފެއްދީ "ހައުސިން ކޮމިޓީ"ގެ މުހިއްމު ނިންމުންތައް ނިންމުމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމަނަން ބޭނުންވާތީ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ ފަހު ދުވަސް ކޮޅުގެ ތެރޭގައި، ސަރުކާރުން ފްލެޓަށް ޕޮއިންޓު ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމުގެ ތުހުމަތު ކޮށް ފްލެޓު ހަވާލުކުރުން ހުއްޓުވައި އޭސީސީ އިން ތަހުގީގެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޭސީސީން ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 އިން ސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް ކަމަށް އޭސީސީން ބުނެފައިވަނީ އެންމެ 20.7 އިންސައްތަ ފޯމުގައި ކަމަށެވެ. އަދި އަނެއް 19.7 އިން ސައްތަ އަކީ ޝަރުތު ހަމަވި ނަމަވެސް މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތައް ކަމަށް ބުނެފައިވެއެވެ.

އޭސީސީން ހާމަ ކުރި ކެޓަގަރީ ތަކަށް ފެތެނީ އެ ލިސްޓުން ކޮންކޮން ފަރާތްތަކެއް ކަމެއް މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ފްލެޓް ހަވާލު ކުރުން ލަސްވުމާއެކު އެތައް ބައެއްގެ ކަންބޮޑުވުން އެކަމުގައި އުފުލަމުން ދަނިކޮށް، އަދި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި، ކުރީ ސަރުކާރުން ފްލެޓް އާއި ގޯތީގެ ރަސްމީ ލިޔުން ދީފައިވާ ހުރިހާ ފަރާތަކަށްވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތަސް އެ ލިޔުމާ އެއްގޮތައް އަމަލު ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާ ގޮތައް ހަމަ ޖައްސަވާ "ފްލެޓް ކޮމިޓީ" އުފައްދަވާފައެވެ.

މިދިޔަ މާޗު މަހުގެ ކުރީ ކޮޅު، ދެ ހަފްތާއެއްގެ ތެރޭގައި ފްލެޓް ހަވާލުކޮށް ނިމޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް މިހާތަނަށް އައި އިރު އަދިވެސް މިކަމުގައި ޝަކުވާ ކުރާ ފަރާތްތަކަށް ސާފު ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. ފްލެޓް ދޫކުރުން ލަސްވާ މައްސަލައިގައި ހައުސިންގ މިނިސްޓްރީގައި އާންމުން ޝަކުވާ ކުރުމުން މި ފަހަކަށް އައިސް ބުނަމުން އައިސްފައިވަނީ ސިޓީ ކައުންސިލްގެ ލަފާދޭ ކޮމިޓީ އިން ވަކި އެއްޗެއް ނާންގައިގެން ގޮތެއް ނުނިންމި ދިގުލަނީ ކަމުގައެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން ތިބި އިރު އޭގެ ތެރެއިން 4،000 ފްލެޓް ލިބޭ މީހުން ވަނީ ކަނޑައަޅާފައެވެ. ކުރީ ސަރުކާރުން ހަމަ ޖައްސާފައި އޮތީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށް ތިން ކޮޓަރީގެ ފްލެޓް ދިނުމަށެވެ. އަދި 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށް 2 ކޮޓަރީގެ ފްލެޓް ދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު