Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޑޯޓްމަންޑް އޮތީ ހުރިހާ ކަމަކަށް ތައްޔާރަށް: ޓާޒިކް

ޓާޒިކް ބުނީ މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމާ ދެކޮޅަށް ނުކުންނައިރު، ހުރިހާ ކަމަކަށް ތައްޔާރު ކަމަށާއި، ބޭނުންވަނީ މެޗައިގެން ކުރިއަށް ދާން ކަމަށެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2023 | ބުދަ 02:11
ޑޯޓްމަންޑުގެ ކޯޗު ޓާޒިކް

ޑޯޓްމަންޑުގެ ކޯޗު ޓާޒިކް

ބޮރޫޝިއާ ޑޯޓްމަންޑް އޮތީ ހުރިހާ ހާލަތަކަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު އެޑިން ޓާޒިިކް ބުނެފި އެވެ.

ޓާޒިކް މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޗެލްސީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެގޮތުން ޗެލްސީ އަށް ދެކޮޅަށް ނުކުންނައިރު ޑޯޓްމަންޑުން ހުރިހާ ކަމަކަށް ތައްޔާރުވާނެ ކަމަށާއި، އަބަދުވެސް ފޯކަސް ބަހައްޓާނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ. އޭނާ ބުނީ ޑޯޓްމަންޑުން ބޭނުންވާ ގޮތަކީ ވެސް އެއީ ކަމަށެވެ. އަދި އެކަމުގެ ތެރޭގައި އެންމެ ފަހު ހަފްތާގައި ޑޯޓްމަންޑަށް ރަނގަޅަށް ކުރެވުނު ކަންކަމާއި، ގޯސްކޮށް ކުރެވުނު ކަންކަން ވެސް ހިމެނޭނެ ކަމަށެވެ. އަދި މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމާ ދެކޮޅަށް ނުކުންނައިރު، ހުރިހާ ކަމަކަށް ތައްޔާރު ކަމަށާއި، ބޭނުންވަނީ މެޗައިގެން ކުރިއަށް ދާން ކަމަށެވެ. އޭނާ ބުނީ ފުރަތަމަ މެޗު ވެސް ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށާއި، އެ މެޗުން އަދި ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ. ނަމަވެސް ދެ ވަނަ މެޗަށް ނުކުންނައިރު، ފުރަތަމަ މެޗުގެ ހިތްހަމަޖެހުން އޮންނަން ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން ޓާޒިކް ބުނީ އޭނާ ޤަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް ބުރަށް ދިޔުމަށް ކުޅުންތެރިން ހަމައެކަނި އަޒުމު ކަނޑައަޅާނީ ނޫން ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން އެކަމަށް އަޒުމު ކަނޑައަޅައި، އެކަމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް ވެސް އުންމީދު ކުރާ ކަމަށެވެ. އަދި ސަބެސްޓިއަން ހާލާ އަކީ ޑޯޓްމަންޑަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް އޭނާ ގެއްލުނު ކަމަށެވެ. ޓާޒިކް ބުނީ ބޭނުންވަނީ ހަމައެކަނި ހާލާ ނޫން ކަމަށާއި، ޓީމުގައި ތިބި އެންމެހާ ކުޅުންތެރިން ވެސް ބޭނުންވާ ކަމަށެވެ. ޓާޒިކް ވަނީ ޗެލްސީން ނިމުނު ޓްރާންސްފާ މާކެޓުގައި ގިނަ ކުޅުންތެރިންތަކެއް ހޯދާފައިވާކަން ވެސް ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ޑޯޓްމަންޑުން އެކަމާމެދު މާބޮޑަށް ވިސްނުމުގެ ބޭނުމެއް ނެތް ކަމަށާއި، ބޭނުންވަނީ މެޗުން މޮޅުވާން ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ މެޗުގައި ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ބޮރޫޝިއާ ޑޯޓްމަންޑް ދަތުރުކުރަމުން ދިޔަ ބަސް ކަރީގައި އެއްޗެށް ގޮވައި ކުޅުންތެރިއަކަށް އަނިޔާ ވެއްޖެ

12 އެޕްރީލު 2017
ބޮރޫޝިއާ ޑޯޓްމަންޑް ދަތުރުކުރަމުން ދިޔަ ބަސް ކަރީގައި އެއްޗެށް ގޮވައި ކުޅުންތެރިއަކަށް އަނިޔާ ވެއްޖެ
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
09 އެޕްރީލު 2017

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

09 އެޕްރީލު 2017
ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު