Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ލީގު

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

މެޗުން މޮޅުވެ ބަޔާނުން ވަނީ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގާފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 01:17
ބަޔާން އަދި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ބަޔާން އަދި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ޑޯޓްމަންޑު މައްޗަށް ކުރިހޯދައި ބަޔާނުން ތާވަލުގެ އެއްވަނިއިގައި ހަމަޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗް ބަޔާނުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މުޅި މެޗު ކަހަލަ ގޮތަކަށް ބަޔާނުން ކޮންޓްރޯލް ކުރަމުން ދިޔައިރު، އެޓީމުން ވަނީ ވަރަށް ކުރީކޮޅުގައި ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފަ އެވެ. މެޗުގެ 4 ވަނަ މިނެޓުގައި ލާމް ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރޭންކް ރިބެރީ އެވެ. އޭރިއާގެ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސީދާ ގޯލަށެވެ.

އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން އެޓީމުން ވަނީ އަނެއްކާވެސް ލަނޑެށް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 9 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޯވްސްކީ އެވެ. މިގޯލަށް ފަހު ބަޔާނަށް ވަނީ އަނެއްކާވެސް ލަނޑެށް ކާމިޔާބުކުރަން ފުލު ފުލުގައި ދެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް ރޮބެން ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ބަޔާނުން ފުލުފުލުގައި ބޭކާރުކޮށްލި ދެ ފުރުސަތައްފަހު ޑޯޓްމަންޑުން ވަނީ މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައި ސުން ކަނޑުވާލާފަ އެވެ. މެޗުގެ 20 ވަނަ މިނެޓުގައި ބަޔާނުގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ބޭނުން ހިފައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގުރެއިރޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބަޔާނުގެ ޑިފެންޑަރަކު ސާފުކޮށްލަން އުޅުނު ބޯޅައެއް ލިބުމުން އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ބޯޅައަކުންނެވެ.

އޭގެ ފަހުންވެސް ބަޔާނަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ބަޔާނުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ދެވަނަ ހާފު ފެށިތާ ތިންވަނަ މިނެޓުގައި ބަޔާނުން ވަނީ އަނެއްކާވެސް ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 48 ވަނަ މިނެޓުގައި ޑޯޓުމަންޑުގެ 3 ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ރޮބެން ފޮނުވާލި ހަމަލާ އަމާޒުވީ ސީދާ ގޯލުގެ ތިރީ ކަނަށެވެ.

ބަޔާނުން އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން 68 ވަނަ މިނެޓުގަ އެވެ. އޭރިއާގެ ތެރެއިން ލެވަންޑޯވްސްކީއަށް ކުރި ފައުލާ ގުޅިގެން ޑޯޓްމަންޑު ކީޕަރަށް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. ފައުލުކުރި ވަގުތުގައި ލެވަންޑޯވްސްކީ ވެއްޓި ޖެހުނު ގޮތުން އޭނާގެ ކޮނޑުހުޅަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާ ވެފަ އެވެ. ލެވަންޑޯވްސްކީ މި ޕެނަލްޓީ ކާމިޔާބުކުރީ ވަރަށް ހަމަޖެހިލައިގެން ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މެޗުން މޮޅުވެ ބަޔާން މިއުނިކުން ވަނީ 10 ޕޮއިންޓުގެ ލީޑެއް ނަގާ ތާވަލުގެ އެއްވަނައިގައެވެ. އެޓީމަށް ކުޅުނު 28 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. ދެވަނައިގައި އޮތް ލީޕްޒިންގް އަށް ކުޅުނު 28 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު