Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބޮޑެތި މެޗުތަކަށް ޕީއެސްޖީގެ ކުޅުންތެރިން ފަރިތަވާނެ: ގަލްޓިއޭ

14 ފެބުރުއަރީ 2023 | އަންގާރަ 07:04

ޕީއެސްޖީގެ ދަނޑުގައި އެ ޓީމުން ބަޔާނާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2023 | އަންގާރަ 07:04
ޕީއެސްޖީގެ ފަރިތަކުރުމުގައި ކޯޗު ގަލްޓިއޭ

ޕީއެސްޖީގެ ފަރިތަކުރުމުގައި ކޯޗު ގަލްޓިއޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުޅުންތެރިންނަކީ ބޮޑެތި މެޗުތަކަށް ފަރިތަ ކުޅުންތެރިންތަކެއް ކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފި އެވެ.

ގަލްޓިއޭ މިހެން ބުނީ މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ގަލްޓިއޭ ބުނީ ކުރިއަށް އޮތް މެޗަށް ނުކުންނާނީ އެންމެ ފަހު ފްރާންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ނުކުތް ޓީމާ މުޅިން ތަފާތު ޓީމެއް ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީގައި އޭނާގެ ކުޅުންތެރިން ބޮޑެތި މެޗުތަކަށް ފަރިތަވާނެ ކަމަށާއި، އިދިކޮޅަށް އޮތީ ވަރުގަދަ ޓީމެއް ކަމަށެވެ. ގަލްޓިއޭ ބުނީ ބަޔާންގައި ތިބި ކުޅުންތެރިންނަަކީ ވަރަށް ވަރުގަދަ ކުޅުންތެރިންތަކެއް ކަމަށާއި، މެޗަށް ނުކުންނަނީ އެކަން ދެނެގަނެ، ކަންތައް ކުރަންވީ ގޮތް އެނގިތިބެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ، އެކަހަލަ މެޗުތަކުގައި ގޭމު ގެންގުޅެންވީ ގޮތާއި، މޮޅުވާނެ އުކުޅުތައް ވެސް ޕީއެސްޖީގެ ކުޅުންތެރިންނަށް އިނގޭނެ ކަމަށެވެ.

މީގެ އިތުރުން ގަލްޓިއޭ ވަނީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ކީލިއަން އެމްބޭޕޭގެ ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާ ބުނީ ޕީއެސްޖީގެ ޑޮކްޓަރުންނާއި ވާހަކަ ދެއްކުމަށްފަހު، އެމްބާޕޭ ފަރިތަކުރުންތަކުގައި ބައިވެރިވި ކަމަށެވެ. އަދި އެމްބާޕޭ ފަރިތަކުރީ އެކަނި ނޫން ކަމަށާއި، ޓީމުގެ އެހެނިހެން ކުޅުންތެރިންނާއެކު އޭނާގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ހަމައެއާއެކު އެ ފަރިތަކުރުންތައް ކުރިއަށް ގެންދެވުނީ ވަރަށް ރަނގަޅަށްކަން ފާހަގަކޮށް ގަލްޓިއޭ ބުނީ، އެމްބާޕޭ މެޗުގެ ފުރަތަމަ 11 ގައި ހިމެނުމާދު ގޮތެއް ނިންމާނީ އަންގާރަ ދުވަހު ކަމަށެވެ. އަދި އިދިކޮޅު ޓީމު ބިރުގެންނެވުމުގެ ނިޔަތުގައި އެމްބާޕޭ ބެންޗުގައި ނުބައިންދާނެ ކަމަށެވެ. އޭނާ ބުނީ މެޗުގެ ޝީޓުގައި އެމްބާޕޭގެ ނަން އޮވެއްޖެ ނަމަ، މެޗުގައި އެމްބާޕޭ ކުޅޭނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ ވަގުތަކަށް ކަމެއް އަދި ބުނަން ނޭންގޭ ކަމަށެވެ. ގަލްޓިއޭ ބުނީ އޭނާ އަށް ދެވޭނެ ޔަޤީން ކަމަކީ ބެންޗުގައި އިނދެއްޖެނަމަ، އެމްބާޕޭ މެޗުގައި ނުކުޅެ ނުދާނެ ކަމަށެވެ.

ޕީއެސްޖީގެ ދަނޑުގައި އެ ޓީމުން ބަޔާނާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް