ބްރޯޑްކޮމްއަށް ރައީސް ހުށަހެޅުއްވި ނަންތަކަށް އާއްމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި
އެއްވެސް ފަރާތަކާ ގުޅޭ ގޮތުން އާއްމުންގެ ޝަކުވާއެއްވާނަމަ އެކަން 19 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭ


ބްރޯޑްކާސްޓިންގ ކޮމިޝަން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތަކަށް އާއްމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ހުޅުވާލައިފިއެވެ.
މަޖިލީހުން ހޯމަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ މެމްބަރަކު 8 ޖެނުއަރީ 2023ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމެއް ހުސްވެފައިވާތީ ބޮރޯޑްކާސްޓުކުރުމުގެ ޤާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސް އެ ކޮމިޝަނަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ނަންތައް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ނަންތައް ދިރާސާކޮށް، ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ނަންތައް ދިރާސާ ކުރުމުގެ މަރުހަލާގެ ތެރެއިން މަޖިލީހުން މިހާރު ވަނީ އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފައެވެ. އެގޮތުން، ރައީސް ހުށަހަޅުއްވާފައިވާ ނަންތަކުގެ ތެރެއިން އެއްވެސް ފަރާތަކާ ގުޅޭ ގޮތުން އާއްމުންގެ ޝަކުވާއެއްވާނަމަ އެކަން 19 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް ވަނީ ބުނެފައެވެ.
ބްރޯޑްކޮމްއަށް މެމްބަރުން އައްޔަންކުރުމަށް ރައީސް އިސްކަން ދެއްވާ ތަރުތީބަކީ:
މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ 6 މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި އަމްޖަދު ވަހީދާއި އަލީ ޔޫސުފާއި އާމިނަތު އަމީނާއާއި މުހައްމަދު ފަޒީންގެ އިތުރުން ޝިފްލާ އިބްރާހީމެވެ.








