Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރުޓީއެލް ހައިސްޕީޑް ފެރީގެ ހިދުމަތް

އާރުޓީއެލްގެ ފޭސް 2 އަދި 3ގައި ބޭނުންކުރާނެ އުޅަނދުގެ ޓްރައަލް ދަތުރު ބާއްވައިފި

13 ފެބުރުއަރީ 2023 | ހޯމަ 09:21

ފޭސް 2-3 ގައި 17 އަތޮޅު ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ފެބުރުއަރީ 2023 | ހޯމަ 09:21
ފޭސް 2-3 ގައި ބޭނުންކުރާ ފެރީތައް ޓެސްޓްކުރަނީ

ފޭސް 2-3 ގައި ބޭނުންކުރާ ފެރީތައް ޓެސްޓްކުރަނީ

އާރުޓީއެލްގެ ހައިސްޕީޑް ފެރީ ނެޓްވޯކްގެ ފޭސް 2 އާއި 3 ގެ ޓްރައަލް ދަތުރު ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓަރަކްޗަރ އިން ބުނީ އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން ފޭސް 2 އާއި 3 އަށް ބޭނުން ކުރާނެ އުޅަނދުގެ ފުރަތަމަ ޓްރައިލް ދަތުރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގެ ފޭސް 2 އަދި ފޭސް 3 ގައި 17 އަތޮޅަށް ޚިދުމަތް ދޭންފެށި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ފައިދާތަކެއް ކުރާނެ ޚިދުމަތެކެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޙިދުމަތް 6 ޒޯނުގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ޙިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. 188 ފެރީ ޓާރމިނަލް ހުންނާނެއެވެ. އަދި މި އުޅަނދުތަކަށް ޙިދުމަތް ދޭނެ ބޯޓުޔާރޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމުކުރެވިފައި ހުންނާނެއެވެ.

މި އަހަރުގެ އޮގަސްޓް މަހުގައި އިތުރު 5 އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ގެ ފެރީގެ ޚިދުމަތް ފެށޭނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދަވަނީ އަންނަ އަހަރުގެ އޮގަސްޓާއި ހަމައަށް އައުމުގައި ގއ. ގދ. ޏ، ސ، ނ އަށް ޚިދުމަތް ދެވޭތޯ ކަމަށެވެ. އަދި ހުވަދު އަތޮޅަށް ބޭނުންވަނީ 11 އުޅަނދު ކަމަށެވެ.

މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ދޭން ފެށިފައެވެ. މީގެ އިތުރުން ޅ އަތޮޅުގައި ވެސް މި ހިދުމަތްވަނީ ދޭން ފަށާފައެވެ.

މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހުގެ ވަޢުދުފުޅެކެވެ. މިގޮތުގެ މަތިން، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 ޖުލައި 2018

ރައީސް ޔާމިން އަމާޒު ކުރެއްވި ސުވާލުތަކުގެ ޖަވާބު ސެޕްޓެމްބަރު 23ގައި ލިބޭނެ: އިބޫ

30 ޖުލައި 2018
ރައީސް ޔާމިން އަމާޒު ކުރެއްވި ސުވާލުތަކުގެ ޖަވާބު ސެޕްޓެމްބަރު 23ގައި ލިބޭނެ: އިބޫ
08 ޖޫން 2018

އެމްޑީޕީން ރިޔާސީ އިންތިޚާބުގައި އެޕާޓީން ބޭނުންކުރާނެ ޖަޒީރާ ޕޯސްޓަރު ތައާރަފްކޮށްފި

08 ޖޫން 2018
އެމްޑީޕީން ރިޔާސީ އިންތިޚާބުގައި އެޕާޓީން ބޭނުންކުރާނެ ޖަޒީރާ ޕޯސްޓަރު ތައާރަފްކޮށްފި
07 ފެބުރުއަރީ 2018

ފޭސްބުކް ސްޓޭޓަސްއެއްގެ މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަޖިސްޓްރަރ ވަކިކޮށްފި

07 ފެބުރުއަރީ 2018
ފޭސްބުކް ސްޓޭޓަސްއެއްގެ މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަޖިސްޓްރަރ ވަކިކޮށްފި
30 ޖެނުއަރީ 2018

ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި

30 ޖެނުއަރީ 2018
 ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި
21 ޑިސެމްބަރު 2017

ޖިނާއީ މައްސަލަތަކާ ގުޅިގެން 49 އެކައުންޓެއްގެ މައުލޫމާތު ހޯދަން ދިވެހި ސަރުކާރުން އެދުނު: ފޭސްބުކް

21 ޑިސެމްބަރު 2017
ޖިނާއީ މައްސަލަތަކާ ގުޅިގެން 49 އެކައުންޓެއްގެ މައުލޫމާތު ހޯދަން ދިވެހި ސަރުކާރުން އެދުނު: ފޭސްބުކް
08 އެޕްރީލު 2017

ނޫސްވެރިންނާ ދެކޮޅަށް ގަސްތުގައި ފުލުހުން ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލެއް ނުކުރަން: ފުލުހުން

08 އެޕްރީލު 2017
ނޫސްވެރިންނާ ދެކޮޅަށް ގަސްތުގައި ފުލުހުން ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލެއް ނުކުރަން: ފުލުހުން
05 މާރިޗު 2017

ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

05 މާރިޗު 2017
ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް