Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯ ނޭޝަންސް ކަޕް

މިހާރު މިސްރާބު ހުރީ އިންޑޯ ވޮލީގައި ރިހި ނުވަތަ ލޯގެ ބަދަލުގައި ރަން މެޑައްޔެއް ހޯދަން: ރަނޭ

13 ފެބުރުއަރީ 2023 | ހޯމަ 02:42

ފޯ ނޭޝަންސް ކަޕަކީ މިދިޔަަ އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ ބަލާލަން ލިބޭ ރަނގަޅު ފުރުސަތެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ފެބުރުއަރީ 2023 | ހޯމަ 02:42
ފޯ ނޭޝަންސް ކަޕް ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި ވީއޭއެމްގެ ރައީސް ރަނޭ

ފޯ ނޭޝަންސް ކަޕް ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި ވީއޭއެމްގެ ރައީސް ރަނޭ

މިހާރު މިސްރާބު ޖަހާފައި ހުރީ އިންޑޯ ވޮލީގައި ރިހި މެޑަލް ނުވަތަ ލޯ މެޑަލްގެ ބަދަލުގައި ސީދާ ރަން މެޑައްޔެއް ހޯދުމަށް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.

ރަނޭ މިހެން ވިދާޅުވީ ފޯ ނޭޝަންސް ކަޕް އިފްތިތާހު ކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ. ރަނޭ ވިދާޅުވީ މިދިޔަ އަހަރުގެ ފަހު ކޮޅުގައި ހުރި ވަރަށް ގިނަ ބައިނަލްއަޤުވާމީ މުބާރާތްތަކެއް އެކިއެކި ސަބަބުތަކާ ހުރެ ނުބޭއްވި ދިޔައީ ކަމަށެވެ. އެހެންކަމުން މިއަަހަރުގެ ބައިނަލްއަޤުވާމީ މުބާރާތްތަކަށް ކުރިމަތިލީއިރު، އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސް އަދި ސެންޓްރަލް ޒޯން މުބާރާތް އޮތް ކަމަށެވެ. އެހެންކަމުން މި މަހު އޮންނަ ފޯ ނޭޝަންސް ކަޕަކީ މިދިޔަަ އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ ބަލާލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މުބާރާތް ރޭވީ ދިވެހިން ފަޚުރުވެރިވާ ފަދަ ނަތީޖާއެއް ލިބޭނެ ކަމުގެ އުންމީދުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަނޭ ވިދާޅުވީ މި މުބާރާތް ވެގެންދާނީ ކުރިއަށް ހުރި ބައިނަލްއަޤުވާމީ އެހެނިހެން މުބާރާތްތަަކަށް ވެސް އިތުރަށް ތައްޔާރުވުމަށް އެހީވެގެންދާނެ މުބާރާތެއް ކަމަށެވެ. މުބާރާތުގައި ބައިވެރިވާ އަފްޣާނިސްތާނަކީ ރާއްޖެ ހިމެނޭ ސެންޓްރަލް އޭޝިއާގެ ޤައުމެއް ކަމަށާއި، އެ ޤައުމަކީ ވާދަވެރި ގޮތެއްގައި ކުޅެމުން އަންނަ ޤައުމެއް ކަމަށް އަދި، އޭގެ ޕޮސިޓިވް ނަތީޖާ ކުރިއަށް އޮތް އެހެން މުބާރާތްތަކުގައި ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަަށް ވެސް ރަނޭ ވިދާޅުވިއެވެ. ހަމައެއާއެކު މެއި މަހު ނޭޕާލްގައި އޮންނަ ސެންޓްރަލް އޭޝިއާ މުބާރާތުގެ ކުރިން މިއީ އަންހެން ޤައުމީ ވޮލީ ޓީމަށް ވެސް ލިބިގެންދާނެ ރަނގަޅު ތައްޔާރީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރަނޭ ވިދާޅުވީ އެންމެން އެކުވެގެން ކުރެވުނު މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އަންހެން ޓީމު ވަނީ ސެންޓްރަލް އޭޝިއާ މުބާރާތުގައި ރިހި މެޑަލް ހާސިލްކޮށްފައި ކަމަށާއި، އޭގެ ފަހުން މިދިޔަ މަހުގެ ތެރޭގައި ޤައުމީ ބީޗު ވޮލީ ޓީމުން ރަން މެޑައްޔެއް ހޯދާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ވީއޭއެމްގެ މިސްރާބު ޖަހާފައި ވަނީ އިންޑޯ ވޮލީގެ ކޮންމެ ވެސް އެއް މުބާރާތެއްގައި ރިހި މެޑަލް ނުވަތަ ލޯ މެޑަލްގެ ބަދަލުގައި ރަން މެޑައްޔެއް ހޯދޭނެ މަސައްކަތްތަކެއް ކުރަން ކަމަށެވެ.

މީގެ އިތުރުން ރަނޭ ވަނީ ޔޫތް މިނިސްޓްރީ އާއި ގުޅިގެން ވޮލީ ބޯޅަ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެ މިނިސްޓްރީގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލީ ކޯޓުތައް ޤާއިމު ކުރެވެމުން އަންނަ ކަމަށާއި، އެކަމުން ނުކުންނަ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ވޮލީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި، އެކުއެކީ ކުރެވޭ މަސައްކަތުން ކާމިޔާބު ހާސިލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 މެއި 2017

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!
04 މެއި 2017

ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

04 މެއި 2017
ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި
02 މެއި 2017

މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން

02 މެއި 2017
މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން
01 މެއި 2017

ޗެމްޕިއަންސްލީގު ކަށަވަރުކޮށް ލީގު ހޯދުމަށް ޗެލްސީ މިސްރާބު ހިފައިފި

01 މެއި 2017
ޗެމްޕިއަންސްލީގު ކަށަވަރުކޮށް ލީގު ހޯދުމަށް ޗެލްސީ މިސްރާބު ހިފައިފި
30 އެޕްރީލު 2017

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އެޕްރީލު 2017
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް