Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

މެސީ އަށް އަނިޔާވެ، މޮނާކޯއާ ދެކޮޅަށް ނުކުޅެވޭނެ

މޮނާކޯ މެޗު މެސީ އަށް ގެއްލެނީ އޭނާގެ ފައިގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ފެބުރުއަރީ 2023 | ހޮނިހިރު 06:23
ޓޫލަސްއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި މެސީ

ޓޫލަސްއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި މެސީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް އަނިޔާވެ މޮނާކޯއާ ދެކޮޅަށް ނުކުޅެވޭނެ އެވެ.

ފްރާންސް ލީގުގައި ޕީއެސްޖީން މޮނާކޯއާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. މޮނާކޯ މެޗު މެސީ އަށް ގެއްލެނީ އޭނާގެ ފައިގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ޕީއެސްޖީން އެކަން ޔަގީންކޮށްދީފައިވާއިރު، ޕީއެސްޖީން އެންމެ ފަހުން މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މެސީ ވަނީ ކުޅެފަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ މެޗަށް މެސީ ފިޓުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޕީއެސްޖީއާ ހަވާލާދީ މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުތައް ކުރިއަށް އޮތްއިރު މެސީ އަށް އަނިޔާވުމަކީ ޕީއެސްޖީން ކަންބޮޑުވާނެ ކަމެކެވެ. މެސީގެ އިތުރުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ ވެސް ހުރީ އަނިޔައިގަ އެވެ. އަނިޔާގެ ސަބަބުން އެމްބާޕޭ އަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން ބަޔާނާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ އެވެ.

މެސީ އަށް އަނިޔާވީއިރު، ފީފާ ވޯލްޑް ކަޕަށްފަހު އޭނާ ހުރީ ރަނގަޅު ފޯމެއްގަ އެވެ. މި ސީޒަންގައި ޕީއެސްޖީ އަށް ކުޅެދިން 10 މެޗުން 10 ލަނޑު ޖަހައިފަ އެވެ. މިވަގުތު ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ވެސް ޕީއެސްޖީ އެވެ. އެއީ ކުޅުނު 22 މެޗުން 54 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތީ ވާދަވެރި މާސޭ އެވެ. މާސޭ އާއި ޕީއެސްޖީއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު