Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަކުދިންގެ ތައްޔާރީ ކާނާ

ފޯމިއުއްލާ އުފައްދާ ކުންފުނިތަކުން ޅަދަރިމައިންގެ ސިކުނޑިތަކާ ކުޅެމުންދާކަން އެނގޭތަ؟

ސައެންސްގެ އަލީގައި ހެކި ދައްކައިގެން، ކުންފުނީގެ ވިޔަފާރި މެކުހަށް ޖެހުމަކީ މަޤްޞަދު ކަމަށް ދިރާސާގައި ބުނެފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2023 | ހޮނިހިރު 05:13
ކުޑަކުދިންނަށްދޭ ތައްޔާރީ ކިރު

ކުޑަކުދިންނަށްދޭ ތައްޔާރީ ކިރު

ތުއްތު ދަރިފުޅު މި ދުނިޔެއަށް އުފަންވުމާއެކު މައިމީހާގެ ހިތުގައި އެ ދަރިފުޅުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޖަހަމުން ދިޔަ ވިންދު އިތުރަށް ގަދަވެގެން ދެއެވެ. ހުރިހާ ގޮތަކުން ދަރިފުޅަށް އެންމެ އުޖާލާ މުސްތަޤުބަލެއް ހޯދާ ދިނުމަށް ކުރާ ދަތުރުގެ ފެށުން އަންނަނީ އެންމެ ފުރަތަމަވެސް މައި މީހާގެ ގާތުން އެ ދަރިފުޅަށް ދޭ ކިރުފޮދާ ހިސާބުންނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި، ދިމާވާ އެކި ކަހަލަ ސަބަބުތަކާ ހެދި އެންމެ ފުރަތަމަ ދުވަހުވެސް މައިމީހާގެ ގާތުން ދަރިފުޅަށް ކިރު ފޮދެއް ދެވޭ ގޮތް ނުވާ ފަހަރު އާދެއެވެ.

ކިތަންމެ މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް ކާމިޔާބު ވާ ގޮތް ނުވެ، ފޯމިއުލާ ދޭން ފަށަން ޖެހެއެވެ. ފޯމިއުލާ ދިނުމަކީ އެއްވެސް ހާލެއްގައި ދެރަ ކަމެއް ނޫން ކަން، ދާއިރާގެ ތަޖުރިބާކާރުން ދަނީ އަންގައި ދެމުންނެވެ. ކަން މިހެން އޮތް އިރު، ބަޔަކު، އެކަމުގެ ނާޖާއިޒު ފައިދާ ނުނަގައޭވެސް ބުނެވޭކަށް ނެތެވެ.

ދާދި މިދާކަށް ދުވަހު، ދަ ލޭންސެޓްގައި ޝާޢިއު ކުރި ދިރާސާއެކެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި، ތުއްތު ދަރިފުޅަށް ދޭ ފޯމިއުލާ ކިރު އުފައްދާ ކުންފުނިތަކުން ދަނީ ޅަ ދަރިމައިންގެ ޖަޒުބާތުތަކާ ކުޅެމުންނެވެ. ސައެންސްގެ އަލީގައި ހެކި ދައްކައިގެން، ކުންފުނީގެ ވިޔަފާރި މެކުހަށް ޖެހުމަކީ މަޤްޞަދު ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާގެ އެނަލިސިސް ތައްޔާރު ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޕްރޮފެސަރެއް ކަމަށް ވާ ނައިޖެލް ކޮލިންސް ވިދާޅުވީ، ބޭބީ ފޯމިއުލަރ އުފެއްދުމުގެ ސިނާޢަތުން، އުފެއްދުންތަކުގެ މޮޅުކަން ދައްކައިދިނުމަށް ކުރަމުންދާ ދަޢުވާތައް ކޮންމެވެސް ހައްދެއްގައި ކޮންޓްރޯލް ކުރަން ޖެހިފައި ވާ ކަމަށެވެ.

ނިމިދިޔަ 2022 ވަނަ އަހަރަކީ، މުޅި ދުނިޔެއަށްވެސް ފޯމިއުލާގެ ސަޕްލައިގެ ދަތިކަމާ ކުރިމަތިލާން ޖެހުނު އަހަރެކެވެ. ދަރިފުޅަށް ދޭނެ ކިރުފޮދެއް ހޯދުމަށް އެތައް މަޔަކާއި ބަފައަކު، ހީވެސް ނުކުރާ އެތައް ހުރަހެއް ގިރާ ކުރި އަހަރެކެވެ. ފޯމިއުލާއަށް ޑިމާންޑް ކުރަމުންދާ މައިންގެ ތެރޭގައި، ގާތުން ކިރުދެވޭ މައިންވެސް ހިމެނެއެވެ. ފޯމިއުލާގެ ސަޕްލައިއަށް އައި ހީނަރުކަމުގެ އެންމެ ބޮޑު އެއް އަސްލަކީ އެބޮޓް ކުންފުނިން އުފައްދަމުން ދިޔަ ކިރުގައި މައްސަލައެއް ޖެހި 2 ކުއްޖަކު މަރުވި ހާދިޘާއާ ގުޅިގެން، ގިނަ ޢަދަދެއްގެ ދަޅުތައް އަނބުރާ އެ ކުންފުންޏާ ހަވާލު ކުރުމަށް އެންގުމެވެ.

ދިރާސާގެ ކޯ-އޯތަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ޖޯންސް ހޮޕްކިންސް ސްކޫލް އޮފް ނަރސިންގގެ އެސޯސިއޭޓް ޕްރޮފެސަރ، ޑރ ސިސީލިއާ ޓޮމޯރީ ވިދާޅުވީ، ފޯމިއުލާ ވިއްކާ ކުންފުނިތަކުން، އުފެއްދުންތައް މަރކެޓް ކުރުމުގައި އަނެކާގެ ހިތް އެ އުފެއްދުންތަކުގެ މައްޗަށް ލެނބުމަށް ބޭނުން ކުރާ މީގެ ކުރިން ހީކުރެވިފައި އޮތް މިންވަރަށް ވުރެ ވަރުގަދަ ބާރެއް ކަމަށެވެ.

ގާތުން ކިރު ދިނުމަކީ އިސްލާމް ދީންވެސް އެކަމަށް ބާރު އަޅާ ކަމެކެވެ. ކީރިތި ޤުރުޢާނުގެ ޢަލީގައި މުސްލިމު މައިން، އެމީހުންގެ ދަރިންގެ ޢުމުރުން މީލާދީ ގޮތުން 2 އަހަރު ވަންދެން ގާތުން ކިރުދެވޭތޯ ބަލައެވެ. ދަރިފުޅަށް 2 އަހަރު ފުރުމުގެ ކުރިންވެސް، ދެމަފިރިން މަޝްވަރާކޮށް، ގާތުން ކިރު ދިނުން ހުއްޓާލުމުގެ އިޚްތިޔާރު އޮވެއެވެ. ގާތުން ކިރު ދިނުމަކީ މައިމީހާއާއި ދަރިފުޅަށްވެސް އެކަމުގައި ފައިދާތަކެއް ހުރި ކަމެކެވެ.

އެމެރިކާގެ ސެންޓަރޒް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނާ ގޮތުގައި، މައި މީހާގެ ގާތުން ކިރު ލިބޭ ކުދިންނަކީ ނޭވާހިއްލުމާއި، އާދަޔާ ޚިލާފަށް ފަލަވުން ނުވަތަ އޮބީސިޓީއާއި، ޓައިޕް1 ޑައެބީޓީޒް އަދި ޅަފަތުގައި ކުއްލި ގޮތަށް މަރުވުން ނުވަތަ ސިޑްސްގެ ނުރައްކާ، ވަރަށް ބޮޑުތަނުން ކުޑަ ބައެކެވެ. މީގެ އިތުރުން މައިމީހާގެ ގާތުންދޭ ކިރުގައި އެކުލެވޭ އެންޓިބޮޑީޒް، ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ވާސިލުވެއެވެ. އެކަމުގެ ސަބަބުން ތަފާތު އެކި ބަލިތަކުން ދިފާޢު ހޯދުމަށް، ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ބާރު ލިބިދެއެވެ.

ހަމަ މިފަދައިން ގާތުން ކިރު ދޭ މައިންނަށް އުރަމައްޗާއި އޯވަރީއަށް ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ. އަދި ޓައިޕް2 ޑައެބީޓީޒްއާއި ލޭ މައްޗަށް ދިއުން ފަދަ ބަލިތައް ޖެހުމުގެ ނުރައްކާވެސް ކުޑަކޮށްދެއެވެ.

އަލަށް ދަރިއަކު ލިބޭ ގިނަ ދެމަފިރިންނަކީ، މައިމީހާގެ ގާތުން ތުއްތު ދަރިފުޅަށް ކިރު ދިނުމަށް އިޚްތިޔާރު ކުރާ ބައެއް ކަމަށާ، ހަމަ އެހާ ގިނަ ޢަދަދެއްގެ ބަޔަކު، އެކަން އެހެން ނުކުރުމަށްވެސް ނިންމާ ކަމަށް، ދިރާސާގެ މުސައްނިފުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި 2 އިޚްތިޔާރަކީވެސް އިޚްތިރާމް ކުރަން ޖެހޭ އިޚްތިޔާރުތަކެއްކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެނަލިސިސްގައި ފާހަގަ ކޮށްފައި ވާ ބައެއް ކަންކަމަށް ބަލާއިރު، ފޯމިއިލާ ކިރު އުފައްދާ ކުންފުނިތަކުން، ބެލެނިވެރިންގެ ސިކުނޑިތަކާ ކުޅެލަނީ، ތުއްތު ދަރިފުޅުގެ ސިއްހަތާއި ހެދިބޮޑުވުމާ ގުޅޭ ކަންކަމުން ޙުއްޖަތް ދައްކައިގެންނެވެ. އެގޮތުން ހަމަ ނިދިން ކުއްޖާ މަޙްރޫމުވުމާއި ހުއްޓުމެއް ނެތް ރުއިމުން ކުއްޖާ ދުރު ކުރުމަށްޓަކާ ފޯމިއުލާ ކިރު އެހީވެދޭ ކަމަށް ބެލެނިވެރިންނަށް ވިސްނާދޭ ކަމަށާ، އެއާއެކު ވިސްނާ ދެވިފައި އޮންނަނީ މައިމީހާގެ ގާތުން ލިބޭ ކިރުފޮދު، ދަރިފުޅަށް ނުފެދޭ ކަމުގެ އިޙްސާށް ކަމަށްވެސް ދިރާސާގައި ބަޔާން ކޮށްފައިވެއެވެ.

ދިރާސާގެ ކޯ-އޯތަރއެއް ކަމަށް ވާ ޕްރޮފެސަރ ލިންޑާ ރިޗަރ ވިދާޅުވީ، ފޯމިއުލާ ކިރު އުފައްދާ ކުންފުނިތަކުން ހެކީގެ ގޮތުގައި ބޭނުން ވަނީ ޟަޢީފު ނުވަތަ ބަލިކަށި ހެކިތަކެއް ކަމަށެވެ. ބައެއް ކުންފުނިތަކުން ކޮށްފައިވާ އިޝްތިހާރުތަކަށް ބަލާއިރު، އެ ކުންފުނިތަކުގެ ފޯމިއުލާ ކިރު ބޭނުން ކުރުމުން ތުއްތު ދަރިފުޅުގެ ބޮޑާހޭކުމުގެ ރުއިންތަކާއި، ވައިގެ އުނދަގޫ ވުމުން ދުރުކޮށްދެއެވެ. އަދި ރޭގަނޑުގެ ގިނަ ވަގުތުގައި ނިދާފަ އޮތުމަށް އެހީވެދީ، އާދަޔާ ޚިލާފަށް ތޫނުފިލިކޮށްދޭ ކަމަށްވެސް ބުނެފައި ވާ ކަމަށް ޕްރޮފެސަރ ރިޗަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ތުއްތު ދަރިފުޅުގެ ޅަފަތުގެ ދުވަސްވަރުގެ ހެދިބޮޑުވުމާ ގުޅިފައިވާ "ބްރެއިން" (ސިކުނޑި)، "ނިއުރޯ" އަދި "އައިކިއު" ފަދަ ބަސްތަކަކީ ލޭބަލްތަކުގައި ބޭނުން ކޮށްފައިވާ ބަސްތަކެއް ކަމަށާ، ނަމަވެސް ފޯމިއުލާ ކިރުގައި ބޭނުންކޮށްފައި ހުންނަ މާއްދާތަކުން އެފަދަ ފައިދާއެއް އާދަޔާ ޚީލާފަށް ލިބިދޭ ކަމުގެ ޢިލްމީ ހެއްކެއް ފެނިފައި ނުވާ ކަމަށްވެސް ޕްރޮފެސަރ ރިޗަރ ވަނީ ވިދާޅުވެފައެވެ.

މި ހުރިހާ ކަމެއްގެ އިތުރުން ފޯމިއުލަރ ކިރަކީ، މަސައްކަތުގެ މައިދާނުގައި މައިންނަށް އިތުބާރު ކޮށްދެނިވި އެއްޗެއްގެ ގޮތުގައި އިޝްތިހާރު ކޮށްގެންވެސް ކުންފުނިތަކުން މައިންގެ ސިކުނޑިތަކާ ކުޅެމުންދާ ކަމަށް އެނަލިސިސްގައި ފާހަގަ ކޮށްފައިވެއެވެ. ވިހެއުމަށްފަހު އެންމެ އެކަށީގެންވާ ގޮތުގައި ދަރިފުޅާއެކު ވަޤުތު ހޭދަ ކުރުމަށް، މައިންނަށް ޗުއްޓީ ނުލިބޭ ކަމުގެ ޝަކުވާއަކީ ގިނަ ޤައުމުތަކެއްގައި ހައްލު ނުލިބި އޮތް، ބޮޑު މައްސަލައެކެވެ.

ދިރާސާގެ މުސައްނިފުން ވަނީ ތުއްތު ކުދިންނަށް ފޯމިއުލާ ކިރު އުފައްދާ ކުންފުނިތަކުން ކުޅެމުންދާ މި ކުޅިއަށް މުޖުތަމަޢު ފާރަވެރިވެ، ޙަޤީޤަތަށް ލޯހުޅުވުމަށް ގޮވާލައްވާފައެވެ. އަދި މިފަދަ ކަންކަމުގައި މުޖުތަމަޢުން ދެކޭ ގޮތް ބަދަލު ކުރުމަށްވެސް ދިރާސާގެ މުސައްނިފުން ވަނީ ގޮވާލައްވާފައެވެ.

އިސްލާޙީ ބަދަލުތަކެއް ގެނައުމަށްވެސް ދިރާސާގައި ވަނީ ގޮވާލާފައެވެ. އެގޮތުން ސަރުކާރާއި ވަޒީފާދޭ ފަރާތްތައް އެކުގައި މަސައްކަތްކޮށް، ގާތުން ކިރުދިނުމުގެ އަގު ވަޒަންކުރުމަށް ދިރާސާގައި ބާރު އަޅައެވެ. އެކަން ކުރުމަށްޓަކާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ފުރަތަމަ 6 މަސް ދުވަހުގެ މުއްދަތަށް، މުސާރަ ހިނގާ ގޮތަށް މެޓަރނިޓީ ލީވްގެ ކަންކަން ހަމަޖެއްސުމަށް ދިރާސާގައި ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ސިއްހީ ފަރުވާގެ ނިޒާމުގެ ތެރެއިންވެސް ގާތުން ކިރު ދިނުމުގެ މުހިންމުކަން ޕްރޮމޯޓްކޮށްދިނުމަށާ، މާބަނޑު ދުވަސްވަރާއި ދަރިފުޅު އުފަންވުމަށް ފަހުގައިވެސް ގާތުން ކިރުދޭ މައިންނަށް ދޭންޖެހޭ އެހީ، ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދިނުމަށް ދިރާސާގައި ވަނީ ލަފާ ދީފައެވެ.

އެސޯސިއޭޓް ޕްރޮފެސަރ ޓޮމޯރީ ވިދާޅުވެފައި ވާ ފަދައިން، ގާތުން ކިރު ދިނުމާ ގުޅޭ ކަންކަމީ އިޖުތިމާޢީ ޒިންމާއެއް ކަމުގައި ހަދަން ޖެހެއެވެ. އެއީ އިންސާނީ ޙައްޤެކެވެ. ސިޔާސަތުތައް އެކުލަވާލާ މީހުންނާއި މުޅި މުޖުތަމަޢުވެސް ގުޅިގެން، ގާތުން ކިރު ދިނުމުގެ ކަންކަން ލުއިފަސޭހަކޮށްދޭން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިތުނަ އުފައްދާ ފިތުނަ ފަތުރާ އޭގެ މައްޗަށް ފިތުނަ ހަދަނީއެވެ.

ފިތުނަ އުފައްދާ ފިތުނަ ފަތުރާ އޭގެ މައްޗަށް ފިތުނަ ހަދަނީއެވެ.

25 ސެޕްޓެމްބަރު 2023
"ސުވާލު އުފައްދާނެ ޖާގައެއް ނެތް، އަހަރަމެން މި ތިބީ އާ، ފިނި ހަނގުރާމައެއްގެ ތެރޭގައި"

"ސުވާލު އުފައްދާނެ ޖާގައެއް ނެތް، އަހަރަމެން މި ތިބީ އާ، ފިނި ހަނގުރާމައެއްގެ ތެރޭގައި"

14 ފެބުރުއަރީ 2023
މައިކަލް ޓެޓޭ: އުކާލެވޭ ބިއްލޫރުކުނިން ތަފާތު ރީތި އުފެއްދުންތައް އުފައްދާ ފަރާތެއް

މައިކަލް ޓެޓޭ: އުކާލެވޭ ބިއްލޫރުކުނިން ތަފާތު ރީތި އުފެއްދުންތައް އުފައްދާ ފަރާތެއް

11 އެޕްރީލު 2022
އަލަށް އުފައްދާ ޕާޓީތަކަށް ކުރިއަށް ދެވިދާނެތަ؟

އަލަށް އުފައްދާ ޕާޓީތަކަށް ކުރިއަށް ދެވިދާނެތަ؟

28 ޖުލައި 2021
ސެރަމްއިން އުފައްދާ އެސްޓްރަޒެނެކާ ވެކްސިން - މެދުފަންތީގެ ގައުމުތަކަށް އޮތް އުންމީދު

ސެރަމްއިން އުފައްދާ އެސްޓްރަޒެނެކާ ވެކްސިން - މެދުފަންތީގެ ގައުމުތަކަށް އޮތް އުންމީދު

20 ޖެނުއަރީ 2021

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު