Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވިލިމާލޭ ފްލެޓުތަކުގެ ޖޫރިމަނާ މައާފު ކުރުން

ވިލިމާލޭ ފްލެޓްތަކުގެ ޖޫރިމަނާ މައާފުކޮށް، އަމިއްލަ ކުރެވޭ ގޮތް ހަދައިފި

ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކުން ވެސް އަލުން އެއްބަސްވުމުގައި ސޮއި ކުރަން ޖެހޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2023 | ބުދަ 12:25
ވިލިމާލެ

ވިލިމާލެ

ވިލިމާލޭގައި ހުރި ސިނަމާލެ 4ގެ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށް އަމިއްލަ ކުރެވޭނެ ގޮތް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މިގޮތަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ 4 ވަނަ ދައުރުގެ ބައްދަލުވުމެއްގައި މަޝްވަރާކޮށް، އެގޮތަށް ހަމަޖެއްސުމަށް ފާސްކުރުމަށްފަހުއެވެ. މިގޮތަށް ނިންމީ ވިލިމާލޭ ފްލެޓްތައް އަމިއްލަކުރެވޭނެ ގޮތް ހަމަޖައްސައިދޭން އެދި ބައެއް ފަރާތްތަކުން ހުށަހެޅުމާ ގުޅިގެން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މި ނިންމުމާއެކު ފްލެޓް އަމިއްލަ ކުރެވެނީ ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމުން ކަމަށް ވެސް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ،

Advertisement - newsAdvertisement

އެ ކައުންސިލުން ބުނީ މާލެއާއި ވިލިމާލޭގައި ކުރިން ބިނާކޮށްފައިވާ ފްލެޓްތަކުގެތެރެއިން ސިޓީ ކައުންސިލުން ބަލަހައްޓާ ފްލެޓްތަކަށް ފައިސާ ދެއްކުމަކީ އެކި ދުވަސްވަރު އެކި މުއައްސަސާއިން ކުރަމުން އައިކަމަކަށްވެފައި ބައެއް ދުވަސްވަރު އިދާރީ މައްސަލަތަކާގުޅިގެން ފައިސާ ބަލައިގަތުން މަޑުޖައްސާލައި އެކަމުގެ ސަބަބުންނާއި އަދި ބައެއްފަރާތްތަކުން ފައިސާ ނުދެއްކުމުގެ ސަބަބުން ބޮޑަތި އަދަދުތަކުން ޖޫރިމަނާވެފައިވާ ތަންތަން އެބަހުރި ކަމަށެވެ. މިކަމާ ގުޅިގެން ކައުންސިލްގެ މަޝްވަރާއާއެކު ވިލިމާލޭ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކުރުމަށް ސަރުކާރަށް ހުށަހަޅައި އެ ޖޫރިމަނާ މިހާރު ވަނީ މައާފުކޮށްފައެވެ.

ފްލެޓް ޖޫރިމަނާ މައާފްވެފައިވުމާއެކު އަމިއްލަކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ދައުވަތު ފްލެޓްތަކުގެ ވެރިފަރާތްތަކަށް ސިޓީ ކައުންސިލުން ދިނީ ކުރިން އޮތް އެއްބަސްވުމަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށްފަހު އަލުން އެއްބަސްވުމެއްގައި ސޮއިކުރުމުން އަމިއްލަ ވާގޮތަށެވެ. އެގޮތުން ގެނައި ބަދަލުގެ ތެރޭގައި ފްލެޓްގެ ޖުމްލަ އަގު ދެއްކުމުން ފްލެޓް މިލްކުކުރެވޭ ބަދަލާއި ޖޫރިމަނާ ފައިސާ މައާފްކުރުމުގެ ބަދަލު ވަނީ ގެނެސްފައެވެ.

މި ބަދަލާއެކު ވިލިމާލޭގެ ފްލެޓްތަކުގެ ވެރިންގެ ތެރެއިން ގިނަ އަދަދެެއްގެ ބަޔަކު މިހާތަނަށް ފްލެޓް މިލްކުކުރެވޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި މިހާތަނަށް ސޮއިނުކުރެވޭ ފަރާތްތަކުންވެސް ސިޓީ ކައުންސިލާ ވާހަކަދެއްކުމުން ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ފްލެޓްތަކުގެ އެއްބަސްވުންތައް ކުރިން ހަދާފައިވާގޮތުން މިލްކުކުރެވޭނެ މާއްދާއެއް ނެތުމުން މިހާތަނަށް ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކުންވެސް ފްލެޓް މިލްކުކުރަން ބޭނުންވާނަމަ މި އެއްބަސްވުމުގައި ސޮއިކުރަންޖެހެއެވެ.

މާލޭގައި ބިނާކޮށްފައިވާ ފްލެޓްތަކުގެތެރެއިން ސިޓީ ކައުންސިލުން ބަލަހައްޓާ ސިނަމާލޭ އަދި މާލޭ ހިޔާ ފްލެޓްތައް މި އުސޫލުން މިލްކުކުރުމާއި ޖޫރިމަނާ މަޢާފްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު