Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ

ސެންޓޭގެ ސޮއި ހޯދައި މާޒިޔާ އިތުރަށް ވަރުގަދަކޮށްފި

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ މާޒިޔާ އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2023 | އަންގާރަ 02:41
މާޒިޔާ އަށް ސޮއި ކުރުމަށް ފަހު ސެންޓޭ

މާޒިޔާ އަށް ސޮއި ކުރުމަށް ފަހު ސެންޓޭ

ކުލަބް ވެލެންސިއާ އަށް ކުޅެމުން އައި އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެ އެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ހޯދަމުން އަންނަ މާޒިޔާ އިން ސެންޓޭ އެ ކުލަބާ ގުޅުނުކަން އިއުލާން ކުރީ ހޯމަ ދުވަހުގެ ރޭގަ އެވެ. އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ މާޒިޔާ އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މާޒިޔާ އާއި ވާދަވެރި ވެލެންސިއާ އިން މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރިއިރު ސެންޓޭ ވަނީ މޮޅު ކުޅުމެއް ދައްކައި، އިސް ދައުރެއް އަދާކޮށްފަ އެވެ. ސެންޓޭ ވަނީ ފާއިތުވި އަހަރުތަކުގައި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. ސެންޓޭގެ ސޮއި ހޯދުމަށް ފަހު މާޒިޔާ އިން ބުނީ، ޤައުމީ ލެވެލްގަ އާއި ބައިނަލްއަޤުވާމީ ލެވެލްގައި ސެންޓޭ ދައްކާފައި ކުޅުމާއި، އޭނާގެ ތަޖުރިބާއާއެކު މާޒިޔާގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.

ކުލަބް އީގަލްސް އިން ސީނިއާ ކެރިއަރު ފެށި ސެންޓޭ ވަނީ ރާއްޖޭގެ ބޮޑެތި ކުލަބުތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ވެލެންސިއާގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަދި ވިކްޓްރީ ހިމެނެ އެވެ. މިއީ ސެންޓޭ މާޒިޔާ އަށް ކުޅޭ ފުރަތަމަ ފަހަރެވެ. ސެންޓޭ އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ސެންޓޭ ވަނީ ޤައުމީ ޓީމާއެކު 2018 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގެ ފައިނަލްގައި 2-1 އިން އިންޑިއާގެ މައްޗަށް ރާއްޖެ އިން ކުރި ހޯދިއިރު، ރާއްޖޭގެ ދެ ވަނަ ލަނޑު ޖެހީ ވެސް ސެންޓޭ އެވެ. ސެންޓޭ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 61 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ.

އައު ސީޒަނަށް މާޒިޔާ އިން ތައްޔާރު ވަމުން އަންނަ އިރު މިހާރު އެ ޓީމުން ވަނީ ބިދޭސީ ކޯޗެއް ވެސް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެެހެން ކުލަބުތަކަށް ކުޅެމުން އައި މަޝްހޫރު ކުޅުންތެރިން މިހާރު ވަނީ މާޒިޔާ އަށް ސޮއި ވެސް ކޮށްފަ އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަލީ ފާސިރު (ސެންޓޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް

ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް

22 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު