Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ

މާޒިޔާގެ ކޯޗުކަމަށް ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ހަމަޖައްސައިފި

އިވާން ބުނީ އޭނާގެ ޒިންމާ އަކީ މާ ގިނަ ވާހަކަތަކެއް ދެއްކުން ނޫން ކަމަށާއި، ޒިންމާ އަކީ ދަނޑު މަތިން ޖަވާބު ދިނުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ފެބުރުއަރީ 2023 | ހޯމަ 08:27
މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި އިވާން

މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި އިވާން

އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމަށް ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ހަމަޖައްސައިފި އެވެ.

އައު ސީޒަނަށް ތައްޔާރުވަމުން އަންނަ މާޒިޔާ އިން އެ ޓީމުގެ ކޯޗަކަށް އިވާން ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހޯމަ ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އުމުރުން 65 އަހަރުގެ އިވާން މާޒިޔާއާ ހަވާލުވީއިރު، އޭނާ އަކީ 1982 ވަނަ އަހަރުން ފެށިގެން ކޯޗިންގައި މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރު ކޯޗެކެވެ. މިއީ ފުރަތަމަ ޑިވިޝަންގައި މާޒިޔާ އަށް އިރުޝާދު ދޭނެ ހަތަރު ވަނަ ބިދޭސީ ކޯޗެވެ. ނިމުނު ސީޒަންގައި މާޒިޔާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރީ ސާބިއާގެ މިއޮޑްރަގް ޖެސިކް އެވެ.

މާޒިޔާގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން އިވާން ބުނީ، މާޒިޔާގެ މެނޭޖްމަންޓުން އޭނާާ އަށް ފުރުސަތު ދިން ކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ. އޭނާގެ ޒިންމާ އަކީ މާ ގިނަ ވާހަކަތަކެއް ދެއްކުން ނޫން ކަމަށާއި، ޒިންމާ އަކީ ދަނޑު މަތިން ޖަވާބު ދިނުން ކަމަށެވެ. އޭނާ ބުނީ ކުރިން ރާއްޖޭ ކުޅުންތެރިންގެ ކުޅުން ފެނިފައިވާ ކަމަށާއި، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ރާއްޖޭގައި ތިބީ ރަނގަޅު ކުޅުންތެރިން ކަމަށެވެ. އެ ކުޅުންތެރިންގެ މޮޅު ހުނަރުތަކެއް ހުރިކަން ފާހަގަ ކުރަމުން އިވާން ބުނީ، އެންމެން އެކުގައި ރަނގަޅަށް މަސައްކަތް ކޮށް، ޓީމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އިވާން ބުނީ، އޭނާ އެންމެ ފުރަތަމަ ބަލަން ބޭނުންވަނީ ޓީމުގައި ތިބި އެންމެ މޮޅު ކުޅުންތެރިންނަކީ ކޮބައިތޯ އެވެ. އަދި ކުޅުންތެރިން ދެނެގަނެ އެކުގައި ކުރިއަށް ދާން އޭނާ އަށް އެކަށީގެންވާ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.

އިވާން ވަނީ ބަލްގޭރިއާގެ 19 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް އިރުޝާދު ދީފަ އެވެ. އެއަށްފަހު އޭނާ ވަނީ އިންޑޮނޭޝިއާ އަދި މިޔަންމާގެ ޤައުމީ ޓީމުގައި ވެސް މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ވެސް އިވާން ވަނީ ކުލަބް ލެވެލްގައި ވެސް ގިނަ ކުލަބުތަކަށް ކޯޗުކަން ކޮށްދީފަ އެވެ.

އިވާން ވެންކޯވް ކޮލޭވްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު