Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔޯގާ ހަމަނުޖެހުން

ޔޯގާ ހަމަނުޖެހުން: ދިފާއުން އެދެނީ ހަމަހަމަކަން ގާއިމުކުރެވޭގޮތަށް ދައުލަތުން ދައުވާތައް އުުފުލުމަށް

ދައުވާލިބޭ ބައެއް ފަރާތަކުން އަދިވެސް ވަކީލަކު ހަމަޖައްސާފައެއްނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2023 | އާދީއްތަ 10:13
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ދަނޑުގައި ބޭއްވި އެއްވުމުގެ ތެރެއިން, ގަލޮޅު ދަނޑަށް ވަދެ ޓެރަރިޒަމްގެ އަމަލު ހިންގާފައިވާކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ މި އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން 7 މީހެއްގެ މައްސަލައެވެ. އެއީ މުހައްމަދު ޒިވްޔާން، އަބްދުﷲ ރިފާއު، އަބޫބަކުރު ފާރިއު، އަހުމަދު އަކްސަމް، އަހުމަދު ނަސޫހު، ހަސަން ޝިފާޒް އަދި ޝަބިމް އާދަމްއެވެ.

މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، މި މައްސަލައިގައި ދައުވާލިބޭ ބައެއް ފަރާތަކުން އަދިވެސް ވަކީލަކު ހަމަޖައްސާފައި ނުވާކަމަށެވެ.

އެ އެންމެންވެސް ވަނީ ވަކީލަކު ހަމަޖެހިފައި ނުވާ ސަބަބު ބަޔާންކޮށް، މި މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނެފައެވެ.

ވުމާއެކު ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް އެމީހުންނަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މި އަޑުއެހުމުގައި މި މައްސަލައިގެ ދައުވާލިބޭ ބައެއް ފަރާތްތަކުގެ ދިފާއީ ވަކީލުން ވަނީ، މި މައްސަލައާގުޅޭ ލިޔެކިއުންތައް ތަފްސީލީ ގޮތެއްގައި ދިފާއަށް ނުލިބޭކަމަށް ބުނެފައެވެ. އެގޮތުން ދައުލަތުން ލިޔެކިއުންތައް ހުށައަޅާފައިވާ ގޮތާ ގުޅޭގޮތުން ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރެވޭ ގޮތަށް ދައުލަތުން ދައުވާތައް އުުފުލުމަށްވެސް ދިފާއީ ވަކީލު ވަނީ އެދިފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މާރޗު މަހުގެ ތެރޭގައެވެ.

ޔޯގާ ހަރަކާތް ހުއްޓުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޝެއިހް ނިޝާނާއި ފަޒްލޫން އަށް ވަކީލަކު އައްޔަނުކުރަން 10 ދުވަސް ދީފި

ޝެއިހް ނިޝާނާއި ފަޒްލޫން އަށް ވަކީލަކު އައްޔަނުކުރަން 10 ދުވަސް ދީފި

17 އޮކްޓޯބަރު 2022
ޔޯގާ މައްސަލައިގައި ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް 2 ދައުވާއެއް ހުށަހަޅައިފި

ޔޯގާ މައްސަލައިގައި ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް 2 ދައުވާއެއް ހުށަހަޅައިފި

03 އޮކްޓޯބަރު 2022
ޔޯގާ ހަމަނުޖެހުން: ޝެއިހް ފަޒްލޫނާއި ނިޝާން ހިމެނޭހެން 18 މީހަކަށް ދައުވާކޮށްފި

ޔޯގާ ހަމަނުޖެހުން: ޝެއިހް ފަޒްލޫނާއި ނިޝާން ހިމެނޭހެން 18 މީހަކަށް ދައުވާކޮށްފި

03 އޮކްޓޯބަރު 2022
ޔޯގާ ޑޭގެ ހަމަލާއާ ގުޅޭގޮތުން ހެދި ރިޕޯޓާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި

ޔޯގާ ޑޭގެ ހަމަލާއާ ގުޅޭގޮތުން ހެދި ރިޕޯޓާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި

30 އޯގަސްޓު 2022
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހު ނިޝާން ބަންދުކުރީ ރަނގަޅަށް: ހައިކޯޓު

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހު ނިޝާން ބަންދުކުރީ ރަނގަޅަށް: ހައިކޯޓު

04 އޯގަސްޓު 2022

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު