Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޯގާ ހަމަނުޖެހުން

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހު ނިޝާން ބަންދުކުރީ ރަނގަޅަށް: ހައިކޯޓު

މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހުޒައިފާ މުޙައްމަދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 އޯގަސްޓު 2022 | ބުރާސްފަތި 06:07
ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހު އާދަމް ނިޝާން

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހު އާދަމް ނިޝާން

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ އަމުރު އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުގައި ކުރިއަށްދާ މައްސަލައެކެވެ. ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އަޑުއެހުމަކީ މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބާއްވާ އަޑުއެހުމެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހުޒައިފާ މުޙައްމަދުއެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު ހުސައިން ޝަހީދެވެ.

ފަނޑިޔާރު ހުޒައިފާ މުޙައްމަދު ޙުކުމް އިއްވަވަމުން ވިދާޅުވީ، ބަންދާމެދު ގޮތެއް ނިންމުމަށް ހުށައެޅި ފޯމުގައި އޭނާއަކީ އެކަން ރާވައި ހިންގުމުގައި އިސްކޮށް އުޅުނު އެކަކުކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެއީ މުޖުތަމައުގެ އަމާންކަމަށް ގެއްލުންވާ ކަންކަން ކަމަށް ބަޔާންކޮށް އޭނާއަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއްކަމަށް ޤަބޫލު ކުރެވޭކަމަށް ތަހުގީގު ކުރި ފަރާތުން ބުނެފައިވާކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ވުމާއެކު، އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އޭރު ނިންމިއެވެ.

ބަންދާއި ގުޅިގެން ދެ ފޯމެއް ހިމެނުނު ނަމަވެސް ޤާނޫނީ އިންޒާރުން ބޭރުން އައު ތުހުމަތެއް އުފައްދާފައިވާކަމަށް ބެލެވެން ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ އަމުރު ނެރެފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ހުށައެޅިފައިވާ އިންޓެލް ރިޕޯޓުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވާކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އިންޓެލް ރިޕޯޓުގެ އިތުރުން، ވީޑިއޯއާއި ފުލުހުންގެ ބަޔާންވެސް އޭނާއާ ދެކޮޅަށް ހުށައެޅިފައިވެއެވެ. މި ހެކިތަކަށް ބަލާއިރު، އޭނާ ގަލޮޅު ދަނޑު ބޭރު ސަރަޙައްދުގައި ޙަރަކާތްތެރިވިކަމާއި، އެމީހުންނާ މުއާމަލާތުކޮށް ހެދިކަން އެނގޭކަމަށް ކޯޓު އަމުރުގައިވެސް ފާހަގަކޮށްފައިވެއެވެ.

އެ ސަބަބުތަކަށް ރިއާޔަތް ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ ޤާނޫނީ އުސޫލުތަކުން ބޭރުންކަމަށް ނިންމެވެން ނެތް ކަމަށެވެ.

އެ އަމުރަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް 3 ފަނޑިޔާރުންވެސް އިއްތިފާޤުވެލައްވައެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް އެތަނަށް ވަދެ ބަޔަކު ވަނީ އެތަނުގައި ހުރި ތަކެއްޗާއި ހަރަކާތުގައި ތިބި މީހުންނަށް ހަމަލާ ދީފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށް އެއިދާރާއިން ވަބީ ބުނެފައެވެ.

މި ޙަރަކާތުގެ ތެރެއިން ހަމަނުޖެހުން އުފެއްދި ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން، ފުލުހުންގެ އޮޕަރޭޝަންތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްވެސް މަސައްކަތް ކުރާނެކަން ފުލުހުން ބުނެފައިވެއެވެ.

ޔޯގާޔޯގާ ހަރަކާތް ހުއްޓުވުންކްރިމިނަލް ކޯޓްހައި ކޯޓު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު