Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޯގާ ޙަރަކާތުގެ ހަމަނުޖެހުން

ޔޯގާ ޙަރަކާތުގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

އެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ޖޫން 2022 | ހޯމަ 06:05
ނެޝަނަލް ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ނެޝަނަލް ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ޖޫން 21 ވަނަ ދުވަހުގެ ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އިތުރު 2 މީހަކު ހައްޔަރު ކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އެމީހުން ހައްޔަރުކުރީ ޔޯގާ ދުވަހާއި ގުޅިގެން ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

Advertisement - newsAdvertisement

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން 2022 ޖޫން 25 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު (25އ) އާއި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް (31އ) އެވެ. އެމީހުންގެ ތެރެއިން އަބޫބަކުރު ފާރިޢު 60 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވާއިރު ޝަބިމް އާދަމް ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ 10 ދުވަހަށެވެ.

ފުލުހުން ފާހަގަކުރާ ގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް 21 މީހަކު މިވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން، 2022 ޖޫން 21 ވަނަ ދުވަހު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެ ހަ މީހުންނަކީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

އޭގެ އިތުރުން، 2022 ޖޫން 22 ވަނަ ދުވަހުވެސް ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަ މީހުންނަކީ، ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް (48އ) އާއި ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަސޫޙް (26އ) އާއި ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އަދި ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދު (33އ) އެވެ.

2022 ޖޫން 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ކ. މާލެ، މ. ފަޅުމަތީގެ، އަޙްމަދު ޢަލީ (26އ) އާއި ކ. މާލެ، ގ. ކޮލަމްބިއާ، މުޙައްމަދު ޒީޝާން ނާޞިރު (30އ) އެވެ.

2022 ޖޫން 24 ވަނަ ދުވަހު، ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު (25އ) އާއި އއ. މާޅޮސް، ލަކީސްޓަރ، ޢަލީ މިރުޝާދު (31އ) އާއި ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން (32އ) އާއި ކ. މާލެ، ގ. ފީނިކްސް، ޢަބްދުﷲ ނިޔާޒު (41އ) އަދި ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު (36އ) ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ. 

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޔޯގާ ހަރަކާތް ހުއްޓުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު