Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޯގާ ހަމަނުޖެހުމާ ގުޅިގެން މީހުން ހައްޔަރުކުރުން

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މީހުން ހައްޔަރުކުރަނީ ވަކި ޚިޔާލެއް ފާޅުކޮށްގެނެއްނޫން: ފުލުހުން

ހައްޔަރުކުރަނީ ޔޯގާއާ ގުޅިގެން ޚިޔާލުފާޅުކުރުމުން ކަމަށް ބުނެ ޚަބަރު ފަތުރަމުންދާކަން ފާހަގަކުރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 ޖޫން 2022 | ހޯމަ 12:34
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން

ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމާގުޅިގެން މީހުން ހައްޔަރުކުރަނީ ވަކި ޚިޔާލެއް ފާޅުކޮށްގެން ނޫންކަމަށް ފުލުހުން ބުނެފިއެވެ.

ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މި މައްސަލައާ ގުޅިގެން މީހުން ހައްޔަރުކުރަނީ ޔޯގާއާ ގުޅިގެން ޚިޔާލުފާޅުކުރުމުން ކަމަށް ބުނެ ޚަބަރު ފަތުރަމުންދާ ކަމަށާއި، ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މީހުން ހައްޔަރުކުރަނީ ޔޯގާ ހަރަކާތް ކުރިއަށްދިޔައިރު ދައުލަތުން ހިމާޔަތް ދޭންޖެހޭ ބަޔަކު ތިބި ތަނަކަށްވަދެ، ހަމަނުޖެހުން ހިންގައި ބިރުދެއްކުމާއި އަނިޔާކުރުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައިގައިކަމަށެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރުމަށް، އެކަމުގައި އިސްކޮށް އުޅުނު ބައެއް ފަރާތްތަކުން ބާރުއަޅާފައިވާ ކަމަށާއި، މިހާރު ހައްޔަރުގައި ތިބި މީހުންގެ ތެރެއިން 4 މީހުން އޭގެ ތެރޭގައި ހިމެނޭކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. އަދި ޔޯގާ ހަރަކާތް އޮތް ދުވަހުގެ ކުރީ ރެއިން ފެށިގެން، އެ ހަރަކާތް ހުއްޓުވުމަށް ތައްޔާރުވިކަމަށާއި، އެއިރުވެސް ހަރަކާތް ހުއްޓުވުމަށް އެކި ކަންކަން ރާވާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 21 މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 2 މީހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މި މައްސަލައިގައި އިތުރު މީހުންތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ މިހާރު ވެސް ކުރަމުންނެވެ. އަދި މިއީ ސީރިއަސް މައްސަލައެއްގެގޮތުގައި ބަލާނެކަމަށްވެސް ފުލުހުން ބުނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޔޯގާ ހަރަކާތް ހުއްޓުވުން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު